މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން އިއުތިރާފުވެއްޖެއެވެ.
ހޯމް މިނިސްޓްރީ އިން މިރޭ ވިދާޅުވީ މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ އާގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް، މިހާދިސާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށެވެ.
"އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާނުބައްދަލުމިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި" ހޯމް މިނިސްޓްރީ އިން ވިދާޅުވިއެވެ.
މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ ތަރަހައިގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ވިދާޅުވެއެވެ.
މާފުށި ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއްކޮށްފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމަކަށްފަހު ޖަލުވެސް ވަނީ އެލާޓަށް ގެނެސްފައެވެ.
އެނގިފައިވާގޮތުން ޔުނިޓް ދޭއް ބަލާފާސް ކުރުމުގެ ތެރޭގައި ހަމަނުޖެހުން އުފެދުނީ ޖަލު އޮފިސަރަކުގެ ގައިގާ ގައިދީ އަކު ޖެހުމުންނެވެ. އެ ހަމަނުޖެހުމުގައި ޖަލު އޮފިސަރަކަށް އަނިޔާވިއެވެ. އެކަން ކަރެކްޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ގައިދީންއަށް އަނިޔާކުރި އޮފިސަރުން ތިބީ މާސްކް އަޅައިގެން ކަމަށް ގައިދީންނާއި ވާހަކަދައްކާފައިވާ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ބުނެފައި ވެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ގައިދީންނަށް ގިނަ އިރުތަކެއް ވަންދެން ޖަލު އޮފިސަރުންތަކެއް އަނިޔާކުރި ކަމަށް ވެއެވެ.
ގައިދީންނަށް އަނިޔާ ކުރި ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަޅުގަނޑުހީކުރީ ޔާމީނުސަރުކާރުގައެކަނިކަމަށް ޖަލުގައި ޤައިދީންނަށްއަނިޔާކުރަނީ ޚަބަރުތަކުން ހައްތަހާވެސްފެންނަނީއެގޮތަށް ކުރީގައަނިޔާކުރަނީ މައުމޫނާއި ޔާމީނު ދެންމިހާރުކާކުބާ؟؟؟؟؟
ގާނޫނައްވުރެ މަތީ ބަޔަކަށް ގާނޫނުގެ ތަރަހައިގެ ތެރެއިން ކަންކަން ކުރެވޭނެތަ، މިއަދު އެކަހަލަ ޝަރީޢަތެއްވެސް މިގައުމުގެ ކުރިޔަށް ދިޔަ، މިގައުމުގެ ކަރާމާތްގެއްލުވާލައިފި،
ދެންކިޔާ މޑޕ މީހުން ހަވާޔައް ފަޒާޔައް
ޓަރައްޤީ އަށް ފުރުސަތު ދެއްވާ ، ކޮންމެ ފަހަރަކު މަގުމަތިން ސަރުކާރު ވައްޓާލީމައި ހުރިހާ ދެރައެއް ރައްޔިތުންނަށް
ކޮބާ ޓްރާންސް ޕޭރެންސީ
އާނ.... ރަގަޅު...... ގުޑްވޯރކް ބޯއިޒް... ސައިޒުކޮއްފަ ބަހައްޓަން ވާނީ... ތިއީ އައްޕަ ރިސޯރޓެއް ނޫން ވިއްޔަ... ގޮޅިއައްލީމަވެސް މައިތިރިވާކަށް ނޭނގޭ ވިއްޔަ... ވަގައް ފޯނު ވައްދައިގެން ބެންކޭ ދިރާގޭ ޕުރޮމޯޝަނޭ ކިޔައިގެން ނިކަމެތި އެތައްބައެއްގެ މިއްނަތުން ހޯދާ ފައިސާ މަކަރާއިހީލަތުން އަތުލަނީވެސް ތިބައިގަނޑުތައް... ...
ލާއިންސާނީ ސަރުކާރު... ގޮޅީގަ ތިބޭ މީހުނަށްވެސް އަނިޔާ ކުރަނީޔޭދޯ ؟ މިނުބައި ނުލަފާ އަންނި އާއި އިބުރޭގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައިފި.. މިދެމީހުންގެ އަނިޔާވެރިކަން. ނިމޭނީ ކޮންދުވަހަކުންބާ ؟؟؟؟
އިބޫ އާ އަންނިގެ އަނިޔާވެރިކަން މި ފެންނަނީ ، މީ ވަރަށް ރަޙުމެއް ނެތް ސަރުކާރެއް، އެހެންތާ ވާނީ. މި މީހުންގެ އެންމެ ބޮޑު އެކުވެރިޔަކީ އެތައް ހާސް މުސްލިމުންގެ ގާތިލު މޯދީ ވިއްޔަ
ތަޑި ފީ ވަނީބާ.. ތަޑި ފީ ވެއްޖެއްޔާ ވެއްޓުން ވަރަށް ކައިރި. ކުރީގައި މައުމޫން ސަރުކާރުގެ ދުވަސްވަރުގައިވެސް އީވާން ނަސީމުގެ ކަންތަކާ ގުޅިގެން ސަރުކާރުން ޙާލަތާ ނުގުޅޭ މާގަދަ ބާރު ބޭނުންކުރި ހިސާބުން އެސަރުކާރު ތަޑި ފީވަން ފަށައިފި. ކަންދިމާވި ގޮތުން ސަރުކާރު ނުވެއްޓުނެއް ކަމަކު ޖެހިގެން އައިި ރިޔާސީ އިންތިޚާބުގައި ބަލިވި.
މީގެއިން އެނގިގެން މި ދިޔައީ މީގެ ކުރިންވެސް ޖަލުތަކުގަ ކަންކަން ހިގާފަ ހުރީ ސަރުކާރުން ބުނެގެން ނޫންކަން އެހެން ކަމަށް ވާނަމަ މިވެސް ވާންޖެހޭނީ ސަރުކާރުން އަންގައިގެން ހިންގާފަ އޮތް ޖަރީމާއެއް ކަމަށް ދޯ، ޖަލުތަކުގަ އަބަދުވެސް ކަންކަން ހިނގާނެ އެއީ އެއްވެސް ހާލެއްގަ ސަރުކާރުން ކުރާކަމެއް ނޫން، މިދަނޑިވަޅަކީ ހޯމް މިނިސްޓަރ އިސްތިއުފާ ދެއްވަންވީ ވަގުތު، އެހެން ޤައުމުތަކުގަވެސް ރައްޔިތުންނަށް އިޚްލާޞްތެރިން ޢަމަލުކުރަނީ މިގޮތަށް އަދި އެހެން ނޫނަސް ހޯމް މިނިސްޓަރ ކުރިން ދައްކާފަ ހުރި ވާހަކަ ތަކަށް ބަލާއިރު މިކަން ކުރާނީ އެމަނިކުފާނުގެ އޯޑަރަށް
ބޯގޯސް ވެރިއެއް ލުމުގެ ނަތީޖާބާ
ސަކރުކާރު ގޮސްގެން ތަ އަނިޔާ ކުރީ.. މމިގައުމުގަ ކަމެއްވާ އިރަށް ސަރުކާރު.. ސްކޫލް އަށްް ދާކުދިން ގޯސް ވީމަ ޓީޗަރު. ފާމަސީ ނުވަތަ ހޮސްޕިޓަލް އަކުން މުއައްޒަފުން ގެ އިހްމާލުން ގެންނަން ޖެހޭ އެއްޗެއް ނުގެނެސް ބަލިމީހަކަށް ގޮތެއް ވީމަ ސަރުކާރު. ރަށު ކައުންސިލް ގެ ރިސެޕްޝަން ގަ ތިބޭ ކުދިން ފަރުވާކުޑަކަމުން އައިޑީކާޑް ނުލިބުނީމަ ވެސް ސަރުކާރު.. އަތޮޅު ކައުންސިލް އައިޑިކާޑް ހަދަން ހަވާލުވެ ހުރި މުއައްޒަފު މާލެ އަށް ފޯމް މެއިލް ނުކޮއް އޮވެގެން ވެސް ސަރުކާރު.. މިހެން ބުނޔަސް ސަރުކާރުގެ އިޙްމާލުން ހިނގާ ކަންކަން ވެސް މަދެއްނޫން.
މިހާރުވެސް ގޮޅިތައްފާސްކޮށްބަލަ ފޯނުފެއްނާނެ ވަގައްފޯނުވައްދައިގެން ވައިބާއަޅައިގެންބޭނުންކުރަމުންދާކަންފަޅާއަރާނެ
ވަރަށް ކަޑަ ކަމެއް.
އަނިޔާވެރި ސަރުކާރެއް.