ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 އަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފިއެވެ.
ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައިވަނީ މި އިސްލާހު މި ހަފްތާގައި މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ.
މީގެ އަަހަރުތަކެއް ކުރީގައިވެސް އެ ބެންޗުގެ އަދަދަކީ 7 ފަނޑިޔާރުންނެވެ. އެކަމަކު 2014 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނެސް، އެ އަދަދު ފަހަކަށް ތިރި ކުރި އެވެ.
އެ އިސްލާހުގެ ސަބަބުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ 5 ފަނޑިޔާރުންނެވެ.
7 އަށް އިތުރުކުރީމަ ދައުލަތުން ޚަރަދުވާވަރު އިތުރުވާނީ އިސްލާހޭ ކިޔާއެއްޗެއް އެކަމަކުންނެއް ނުވާނެ 5 ތިއްބަސް އިސްލާހުވާނީ ސަރުކާރުން ޖުޑިސަރީއަށް އަތްނުބާނާ ދުވަހަކުން، ނަމަވެސް މިސަރުކާރު ބޭނުންވަނީ 3 ބާރުގެ ތެރެއިން މިހާރު ސަރުކާރަށް %100 ނުލިބިއޮތް ކޯޓުތަކުގެ ބާރު މުށުތެރެއަށްލާން
ސޮންޏޭ ޑިލެއް ހަދާލީތާ ދޯ
ސޮންނޭ ހާދަ ކާމިޔާބޭ.ޔާނު ޗޮކުން ދިޔަެީ
ބޭނުމަކީ އުއްތަމަފަނޑިޔާރަކަށް މަ ބޭނުންވާމީހާލުން.
ޙުސްނުއްސުއޫދަށް އުއްތަމަ ފަޑިޔާރުކަން ދޭން ކުރާކަމެެއް
7 ބޭކަލުން ހަމަކުރަން ބޭނުންވާ ސަބަބު ވަރަށްސާފު، އެއީ ރިޝްވަތު މިބައިގަނޑު ބޭނުންވިގޮތަށް ފެބްރުއަރީ1ގައި ރިޝްވަތު ބަނޑަށްލާފަ ޚުދުމުޚުތާރު އަނމުރުނެރި އ.ހަމީދުއާއި މީދޫ ސައީދަށް އަނބުރާ މަގާމު ދިނުމަށެވެ. މިއީ މާރިޔާ ޢަބުޅޯސަޢިދު ކާރީގަ ވިދާޅުވިފަދައިން އެމީހުން ފުއްދަންވެފައިވާ ވަޢުދެކެވެ.
ފަޤީރު އަވަށްގަނޑަކުން ޔަހޫދީ ޔުނިވަރސިޓީއަކުން ލިޔުމެއް ހޯދާފައިވާ ނުވަތަ އިސްލާމްދީނުގެ ޙުކުމުތައް ނުދަންނަ ދެމީހަކު ފަނޑިޔާރުންގެ ގޮތުގައި ބޭތިއްބުމަށް
އަވަސްކޮށްލާ ހަތަކަށް ނޫން 12 އަށް ހަދާލާ. ރަނގަޅު ރޯޅިއެއްގައި ދާނެ ބައެއްމީ. ރައްޔިތުން ވަރަށް ގާތުން ބަލަމުންދަނީ.