ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގިނަ މައްސަލަތަކެއް ނުބެލި ދިގުދެމިގެންދާތީ، އެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ.
މައްސަލަ ހުށަހަޅުއްވަމުން މުހައްމަދު ވަހީދު ވިދާޅުވީ ހިނގަމުން މިދާ ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނާއި (އެމްޑީޕީ މެންބަރުން) މަޖިލީހަށް އައީ ކުރީގެ ސަރުކާރުން ހިންގާފައިވާ "ބޮޑެތި ބޮޑެތި އެތައް ޖަރީމާތަކެއް ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީގެން" ކަމަށެވެ.
ކުރީގެ ސަރުކާރުގެ މައްސަލަތައް ބަލަން ޖެހެނީ ކޮންމެހެން ވަކި ބަޔަކާއި ޒާތީ ކަމެއް އޮވެގެންނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ވަހީދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދެފަހަރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް "ބިލިއަނުން އިޤުތިޞާދަށް ވެސް ގެއްލުންވި" ކަމަށެވެ.
ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނަ ނުދިނުމަށް ބޮޑުތަޅުއަޅުވާ މެންބަރުން މަޖިލިސް ފާރުމަތިން އުކާލި މައްސަލަ އާއި ސުޕްރީމް ކޯޓުގެ "ފުރާޅުން ޓިނުނަގައިގެން އުއްތަމަ ފަނޑިޔާރާއި، އެހެން ފަނޑިޔާރަކު ގެންގޮސް ރަހީނުކުރި މައްސަލަ" ވެސް ބަލަން ޖެހޭ ކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
އޭގެ އިތުރުން އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ މައްސަލަ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކުގެ ޝަރީއަތްތަކާއި އެހެނިހެން ތަހުގީގުގެ މަރުހަލާތަށް ނުނިމި ދިގުދެމިގެން ދާތީ މިކަންކަން ބެލުން އަވަސްކުރުމަށް މުހައްމަދު ވަހީދު ގޮވާލެއްވިއެވެ.
މުހައްމަދު ވަހީދު ހުށަހެޅުއްވި މައްސަލައަށް މެންބަރުން މިހާރު ގެންދަވަނީ ބަހުސް ކުރައްވަމުންނެވެ.
ހަމައެކަނި ވައުދުވީ މައްސަލަތައް ބަލަންތަ ރައްޔިތުނައް ކަމެއްކޮއްދޭން ބުނެވުނުތަ އެއްކަމެއްވެސް ކުރެވިއްޖެތަ ބޭޒާރުނުވެ މަޑުންތިބިނަމަ މާތާހިރުވާނެ!!!
މިޔަދު ހެދުނު އޮފީހައް ދިއައިރު ރައްޔިތުންގެ މަޖިލީސް ކުރިމަގީ ބޮޑުކެރޭނެއް ބާއްވައިގެން ވަރައް ކުއްލިއަކައް އެމައްސަލަ ވެއްދިތަން ދުށިން.
الحَمْد لله ނިކަމެތި ބުއްބުތަލޯ
ކާކު ބިރުގަންނަވަންބާ މީނަ މި ތެޅި މަރުވަނީ؟ މައްސަލަތައްކުރީ 2008 ވަނައަހަރު އައި ބޯގަޅި ސަރުކާރުގައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ނަންކިޔާފަ ޖެހޭނީ މައްސަލަތަކެއް ވިހާށެވެ. އޮތްނަމަ އޮތް މައްސަލައަކީ އެމްއެމްޕީއާރުސީ ގެ ޚިޔާނަތުގެ މައްސަލައެވެ. މިމައްސަލަ ރަގަޅު ތަޙްޤީޤަކުން ބަލައިފިނަމަ މަޅިއެޅޭނީ މިހާރުގެ ވަގުސަރުކާރުގެ ޚާއިނުންނެވެ.
ޚަލޭމެން ތިޔަހާސްކަމުގެތެރޭގާ ތިއްބާ އިސާހިތަކު މިކަންތަށް ނިމިހިނގާދާނެ.
ކޮއްފަ ހުރި ހުރިހާ މައްސަލަތައްވެސް ބަލަންވީ. ރައީސް މައުމޫން ސަރުކާރުންވެސް، 3 އަހަރުގެ ވެރިކަން ކުރި ރައީސް ނަސީދުގެ ސަރުކާރުންވެސް، ޑރ ވަހީދު ގެ ސަރުކާރުންވެސް ކޮއްފަ ހުރި ކަންތައްތައް / މަށްސަލަތައް ބަލަންވީ. ދެރައީ ވަގުތު ދުއްވާލުމަށް އެކި ނަންނަމުގައި ކުއްލި މަށްސަލަގޮތުގައި މަށްސަލަތައް ވަށްދައިގެން ޒާތީވާންއުލުއްވާތީ. ރައީސުލްޖުމްހޫރީޔާ އަށް ލިބިދޭބާރުގެ ދަށުން އެ މަށްސަލަތައް ބެލުމަށް މިހާރުވަނީ ކޮމިސަންތައް އުފައްދާ ތިޔަ މަޖިލީހުން އިހަކަށްދުވަހު ފާސްވެސްކޮއްފަ. ދެން ކޮންސަކަރާތެއް ތޯ ތި ޖަށްސަވަނީ!
ހިނިަންނަނީ މިހިރަ މަރުމޯލަކު !!!!!! ބަލަ ވަގުންތައް ލޯކުރިމަތީގައި ތިބިއިރުވެސް ރައީސް ޔާމީންގެބޮލަށް ކަނޑާލަންކަމައްތޯ؟ ވަގުންނަކި ކޮބައިކަމާ މައްސަލަތައްހުރީ ކޮން ސަރުކާރެއްގަކަން އަހުރެމެންނަށް ނޯޅޭ މަރުމޯލާ!
ވައްޑޭ ކަލެއްއަށް ލާހިކެއް ނޫން ހިންދެމިލައިގެން ހުރެ ވައްކަން ކުރާކަށް! މިދިއަ ސަރުކާރުގަ އުޅުނު މީހުން ތިމީހުން ކުރާ ވައްކަން ކިތާބީ ހެއްކާ އެކު ފަޅާ އަރުވާނެ އިންޝާއަﷲ! އިއްޔެވެސް ހިޔާ ފްލެޓޭ ކިޔާފަ ކޮންކަހަލަ ބުހުތާނު ދޮގު އެހެރަ ހެދީ! ތަޅާ ލާފަ 3 ކޮޓަރިއަށް ހަދަންށޭ ކިޔާފަ ދިގު ދަންމާފަ މި 100 ދުވަސް ހަމަނުވާ ސަރުކާރުން މިއުޅުނީ އަނެއްކާ ބޮޑު ލާރިގަނޑެއް ދަމައިގަންނަން! އެންމެން ޖަލަށް ލައިގެން ވައްކަން ކުރަން އެއުޅެނީ.
ކަލޫގަޔާ، ލުތުފީގެ ކަންތަކާއި، ދީނީ މިނިވަންކަން ދޭން ޖެހޭ މައްސަލަތަކާއި އެކު، ގައުމުގެ ތަރައްގީގެ ސްޕީޑް ހުއްޓި، ރިޒާވް ދަށަސްވެއްޓި، ޖަލުގެ މައްސަލަ ހައްލުނުވެ، ކުޑަކުދިން ގެއްލި ، ވިހާ މައްސަލަ އޮބާލުމަށްޓަކާ، ކުރީ ސަރުކާރުގެ ވާހަކަޔޭ އަނެކެއްޗެކޭ ކިޔާނެކަމއްނެތް! މުޅިމަޖިލީސް ހިތަކަށްލިބި، ގައުމު ހިންގާނެ ގޮތެއްނޭގިގެން ތެޅިބާލަނީ އުތަ!
ވަޢުދުތައް ތަރުތީބުކޮށްލައިގެން އަވަހަށްކުރިއަށްގެންދަންވީ ވެރިކަމުގެފުރަތަމަ ދުވަހު ކޮށްދޭންބުނިކަންތަކުން ފަށަމަހިނގާ ކޮބާ މ ސައިންނިގސްޓަރ ރިލްވާނަށްވީގޮތް ވެރިކަމަށް 7 މަސްފުރިގެންދިޔައިރު އެހެންކަމުން ވޭތުވެދިޔަތަނުގެ ކަންތައް ނަގާފޮޅަސާފުކުރަންތިއްބައި އައުމައްސަލަތައް ގިނަވަނެ އެހެންވީމަ މިސަރުކަރުއައުމަށްވީވަޢުދުތައް ފުއްދޭތޯބަލާއެކަމަށް ފިޔަވަޅު އަޅަމާހިންގާ ވަޢުދުނުފުއްދޭކަމަށްބަލާ ރައިސްގެ އިތުބާރުނެތްކަމަށްމަޖިލިހަށް ހުށައަޅަންވީނު ކޮބާ ވެރިކަމަށްއައުމަށް އަދާލަތާއި ޖޭޕީއާއި މައުމޫނާއިއެކުވީވަޢުދުތައް ކޮބާ މަޖިލިސްއިންތިޚަބާދިމާކޮށް އެކިރަށްރަށުގައި އެޅި ބިންގާތަށް ކޮބާ އިންޑިޔާއިން ނެގި ފައިސާތަށް މިކަންކަން އިތުރަށްގިނަވިޔަނުދީ ކުރީސަރުކާރުގެ މައްސަލަތައް ބަލާމަދުކުރަމާހިނގާ
ކުއްލި ދެ ބޯގެރި އެއް ޖައްސާލީ ދޯ !
ސަގަރުލުތުފީ އެމްބަސީގައިފޮރުވައިގެން އުޅުނު މައްސަލަ ހުށައަޅާބަލަ ގަޓުހުރި އެމްޑީޕީ މެމްބަރަކު ތިމަޖިލިހުގައި ހުރިއްޔަ
ޒާތީ ވެގެންނެއް ނޫނޯ... އެކަމެއް ނޭނގެ ކުރީ ސަރުކާރާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ އިރު. ޒާތީ ނުވާ ކަމަށް ބެލޭނީ ކުރީ ހުރިހާ ސަރުކާރެއްގެ ކަމެއްވެސް ބެލެންޏާ. ކޮންމެހެން ރޔާމީން ގެ ސަރުކާރާ އަޅައިގަނެގެން ތި އުޅެނީ ކީއްވެ؟ ކަލޯ ތިޔަށް ކިޔާނީ ހަމަ ސީދާ ޒާާތީީ އެނގިއްޖެ!!!!
ގުއި ނުދެކޭ ކާޅު ގުއި ފެނިގެން އުޅޭހެން ހީވަނީ
މީ އުޑެއް ބުޑެއް ދަންނަ މީހެއް ނޫން. މިމަރުމޯލު ދުވާފަރު ކައުންސިލަރަކަށް ހުރި އިރުވެސް އޮފީހުގަ ކުރާނެ ކަމެއް ނެތިގެން ނުވަތަ ކުރާނެ ކަމެއް ނޭނގިގެން، ޓައީ އަޅައިގެން ރަށުގެ ހޮޓާތަކުން މީހުން އަތުން ކޮފީ ބުއިން ކަމަކީ. އެއީ މީނަގެ ރަސްމީ ގަޑީގެ މަސައްކަތް. ދުވަފަރު މީހުން ބޭނުން ވެގެން މިބީތާ މިހިރީ މަޖިލީހަށް ހޮވާފަ. އެރަށު މީހުން ބޭނުންވީ މިކަހަލަ މީދާކޭ އުނބެއް މިމީހުންގެ މެމްބަރަކަށއ ބަހައްޓަން. މައްސަލައެއް ނޫން. އެރަށު މީހުން ބޭނުންވި ގޮތް. !!
ވަހީދު އެމް ޑީ ޕީގެ އެެކްޓީވިސްޓަކަށް އުޅުނު އިރު އުޅުނު ހެން މަޖިލީހަށް ހޮވުނީމާ އުޅުމުން ތިމާގެ އަގު ދަނީ ވެއްޔާ މޮޑެވެމުން އަހަރެންގެ ނަސޭހަތަކީ ޒިންމާދާރު މީހަކަށް ވާށޭ މާދަމާވެސް ތިޔަ ގޮނޑި ގެއްލިދާނެ އަދި މައްސަލަތައް ބަލަން ޖޭހޭނީ ވަކި ތާރީޚަކުން ފެށިގެނެއް ނޫން އެތާރީޚް ބަދަލް ކުރަން ގާނުނަށް އިސްލާހު ހުށަހަޅާށޭ އެހެން ނޫނީ ދެންއަންނަ ސަރުކާރަކުން ހަމަ އެކަނި ބަލާނީ ވަހީދުމެންގެ މައްސަަލަ އެކަނި އޭރުން ޖެހޭނީ ރޯން
އެންމެ ފުރަތަމަ އެފްޕީ އައިޑީ ދެން އެއަރ މޯލްޑިވްސް ދެން އެމް އެމް ޕީ އާރު ސީ
ކުއްލި މަސްއަލަ މީހުން ހުށަހަޅަނީ ސުނާމީ އެރުން، ނުވަތަ އެހެންވެސް ބޮޑު ކާރިސާއެއް ދިމާވެގެން ރައްޔިތުންނަށް ބޮދު ނުރައްކަލެއް ކުރިމަތިވެގެންނެވެ. ކުއްލި މަސްއަލަ ހުށަހަޅަނީ ފިތުނަފަސާދައިގެ ހުޅުގަނޑު ހިތުތެރޭގައި ރޯވެ އަނދަންފެށީމައެއް ނޫނެވެ.
މަގުމަތީގަ އޗާތަޅަންއުޅެނިކޮއް ކުއްލިއަކައް ޤާނޫނުހަދާ މަޖިސައް އާދެވުނީމާ ގުއިނުދެކޭކާޅައް ގުއިފެނުނީމާ ވީގޮތްވާނެތާ؟
މިކާކު މާއަނގަދިޔާވެގެން މިއުޅެނީ. ކުރާނެ ދައްކާނެ އހެހެންވާހަކައެއްނެތިއްޔާ މަޖިލީހުންކޮފޭ.
މިކަލޭގެ ހޮވިބަޔަކަށްވެސް ސާބަސް. އެހެންމީހުންގެ މަސްކައިގެން އުޅެން މިދިމާކުރަނީ. ބޮޑުމަރުމޯލައެއްކަހަލަމީހެއް.
އެމީހުން ގަސްދުގައި އެކަންކަން ނުކުރުމުގެ ނިޔަތާއެކު މަޖްލިހަށް ދިޔައީވެސް. ދުލުން ހުސްދޮގު. ހިތުގައި، މަކަރުވެރިކަމާ ހީލަތްތެރިކަން. އިއްޔެ އެޗްޑީސީން، ރައީސް ޔާމީން ސަރުކާރުގައި ހަވާލުކުރި ފްލެޓް މަޝްރޫޢަށް 400 މިލިއަން ޑޮލަރު އިތުރަށް މިޚަރަދުކުރީ 140 ފްލެޓް މަދުކުރުމަށް. މިއިން ކޯންޗެއް މިއެންގިގެންދަނީ؟ މަކަރާހީލަތުން، ކުރީގެ ޕްރޮޖެކްޓުތަކުންވެސް ފައިސާ ނަގާ ޖީބުތައް ފުރަމުންދާކަމެއްނޫތޯ؟ ދިވެހިން ނިދާފަ ހަމަތިބޭނީތަ؟
ފައިނު އެއާޕޯޓް އެޅިޔަނުދިން ގަމާރު މީހެއްތީ.
މިސޮރު މިހުރީ ހިތުން މާމަތީ މީހަކަށްވެފަ! ތިއީ ފައިދަށުގައި އުނގުޅޭ ނަޖިސް ގަނޑަކަށްވެސް ދޭ ދަރަޖަނުދޭވަރުގެ ނިކަމެތި ގޮތްކުޑަ ހަޔާތްކުޑަ ބައެއް. ދޮގު ހެދުން. ރައްޔިތުންނަށް އޮޅުވާލުންނޫން ކަމެއް ނުކުރޭ. ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކުރަންނޭނގެންޏާ ރައްކާވެގެން ދޭ. ކޮންފަދަ އުނދަގުލެއްތަ، ފެންވަރެއް އަގެއްނެތް ބަޔަކު މަޖްލިހަށް ލައިގެން މިތިބެނީ.
ފެއިލްވާ ވަރަކަށް އެހެން މީހުންގެ ބޮލުގައި ދޮގުތުހުމަތު އެޅުވޭތޯ ބަލާތި. ރައްޔިތުން ބޭނުންވަނީ، ބަޔަކު ކުއްވެރިކޮށްގެން ޖަލަށްލައިގެން ތިބެން. އޭރުން ހުންނާނީ، ތަރައްޤީ ހާސިލްވެ އަތްމަތި ތަނަވަސްވެ. ހިލޭ ހުރިހާކަމެއް ސަރުކާރުން ކޮށްދެވިފަ.
ކަރުން ނާރު ނަގާފަ ހަޅޭއްލަވާ. ރައްޔިތުންގެ ބޯހިޔާވަހިކަން ލިބޭނެ ދެވަނަ ދެގޮތެއްނެތް. ކުރީ ސަރުކާރު ކިޔަކިޔައި ތިބީމަ އެނިމުނީ. މަނުދެކެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ބަދަލުގައި ބަދަލުހިފުންނޫންކަމެއް ނުކުރާބައެއް މި އެމްޑީޕީ ނޫނީ.
ކުރާނެ އެއްވެސް މަސައްކަތެއް ނެތީސް ވަޒީފާއެއްގެ ނަމުގައި ދައުލަތުގެ ބަޖެޓުން އެކްވިސްޓުންނަށް މުސާރަ ދިނުމަކީވެސް ކޯއްޗެއްތޯ؟ އެއީ ކޮރަޕްޝަން ނޫންތޯ؟