އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވި ކަމަށް ބުނާ މެސެޖުތަކެއް ދައުރުވަމުން އެބަދެއެވެ.

މި މެސެޖްތައް "ވަގުތު"ގެ ނޫސްވެރިންނަށްވެސް ވަނީ ލިބިފައެވެ.

އޭޖީ ރިއްފަތުގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖުގައި ވަނީ، ބަންޑާރަ ނައިބްގެ މަގާމުގައި ހުރެގެން ޖޭއެސްސީގެ މެންބަރުކަން ކުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާކަމަށް ނުވާތީ ޖޭއެސްސީގެ މެންބަރު ކަމުން އިސްތިއުފާ ދީފައިވާކަމަށެވެ.

ހިސާން ހުސައިންގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖްގައި ވަނީ، ޖޭއެސްސީގައި އޭނާ ކުރަމުން ޖެހޭ މަސައްކަތާއި، އޭނާގެ އަމިއްލަ މަސްލަތަހު ފުށުއަރާތީ ޖޭއެސްސީގެ މެންބަރު ކަމުން އިސްތިއުފާ ދީފައިވާކަމަށެވެ.

އެހެން ނަމަވެސް ދައުރުވަމުން ދަނީ ފޭކް މެސެޖެއްކަން ވަނީ ކަށަވަރުވެފައެވެ. އަދި މި މެސެޖްތައް ދައުރުވަމުންދާއިރު ދެ ބޭފުޅުން މިވަގުތުވެސް ތިއްބެވީ ޖޭއެސްސީގެ ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަމީދު

    ތި ހުރިހާ ކަމެއްވެސް ވާނެ! ފަނޑިޔާރުގެ އިސްލާހުކުރާއިރު، އެއީ މައްސަލައެއްނޫން. އެކަމަކު ތެޅިތެޅި ތިބެންޖެހޭނީ، މިފަހަރު މިގައުމުގައި 7 އަހަރު ހިންގި ޖަރީމާތަށް ތަހުގީގުކުރެވި، ހައްގު އަދަބު ދެވޭ ވަރުގެ ފަނޑިޔާރުގެއެއް ގާއިމްކުރާނަން. ކުޅިބަލަން ތިބޭ ބިރުން ރަޖާ އަޅައިގެން އިނގޭ. ޔާމީނާއި، ވަހީދުގެ ވެރިކަމުގައި ހިންގި ބޮޑެތި ޖަރީމާތަކުގައި ބައިވެރިވެފައިވާ މީހުންނަށް ހަމަ ނިދި ނިދާ ނުލެވޭނެ.

    2
    11
  2. ع

    މަކަރު ވެރި ދެމީހުން

    14
  3. އަބްދުއްލާ

    ރިފްއަތު އާއި ހިސާން ޖޭއެސްސީގެ މެންބަރުން ކަމުން އިސްތިއުފާދެއްވި ކަމުގެ މެސެޖުތަކެއް

    ހާދަ ފުންނާބު އުހޭދޯ؟

  4. މުދައްރިސް

    777 ގެ ނަންބަރ އިން ފޮނުވި މެސަޖަކީ ފޭކް މެސެޖްތޯ ޖޭ.އެސް.އީ އިން ބަލަން ޖެހޭނެ.. 777 ގެ ނަންބަރ އެއް ގެންގުޅެން ތޯ އަަހައިގެން ފަރުޖެހޭކަށް ނެތް.. ބޭނުން މީހަކަށް ބޭނުން ނަންބަރެއްގައި މެސެޖް ކުރެވޭ ޒަމާން މީ.. 777 ގެ ނަންބަރު ދީދީ ގެންގުޅުނަސް އެ ނަންބަރުގެ ނަމުގައި އެހެން މީހަކަށް މެސެޖް ފޮނިވިދާނެ..

  5. ޢަނީސާ

    777 ގެ ނަންބަރ އިން ފޮނުވި މެސަޖަކީ ފޭކް މެސެޖްތޯ ޖޭ.އެސް.އީ އިން ބަލަން ޖެހޭނެ.. 777 ގެ ނަންބަރ އެއް ގެންގުޅެން ތޯ އަަހައިގެން ފަރުޖެހޭކަށް ނެތް.. ބޭނުން މީހަކަށް ބޭނުން ނަންބަރެއްގައި މެސެޖް ކުރެވޭ ޒަމާން މީ.. 777 ގެ ނަންބަރު ދީދީ ގެންގުޅުނަސް އެ ނަންބަރުގެ ނަމުގައި އެހެން މީހަކަށް މެސެޖް ފޮނިވިދާނެ..

  6. އައްޑޫ މީހާ

    ތިޔަ ހިސާން އަކީ މާމޮޅު މީހަކަަށް ހަދައިގެން އުޅެނީ ރާއްޖެ ހަލާކުކުރާ އޑޕ ބައިގަނޑު ސަންތިމަރިޔަނބު މާރީތިވާނެ ދަތް އުގުޅަން ދޭބަލަ ނިމިދިޔަ ސަރުކާރު ބަދަލުވީ ކޮޅުމަތީގަ އޑޕ މީހުން ކޯޓްތަކުގެ ފަނޑިޔާރުން ގަނެގެން މައްސަލަ ބައިކޮޅަށް ނިންމިއިރު އެބައިގަނޑު ތެރޭގައި ހުރި މީހެއްތީ އެހެންވެ މީނަ މާ މަޝްހޫރު މީހަކަށް ހަދައިގެން މިއުޅެނީ މިދެން ކާކު

  7. ލޫލަަ

    ތިޔައީ ހަމަ އެއްބަޔަކުކރާކަމެއް