އެތައް ދިވެހިންގެ ލޭ އޮހޮރުވާލި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ އަބުދުﷲ ލުތުފީއަށް، ސަރުކާރުން ހިމާޔާތް ދޭކަމަށްބުނެ އޭނާއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށިން ނުކުންނަން ތައްޔާރުވާން ފަށައިފިއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ކުޅުދުއްފުށީ މާލިހާ މަގާދިމާ ބަންޑާރަމައިދާންގެ ކައިރީގައި ބާޣީ ލުތުފީއަށް ސަރުކާރުން ހިމާޔަތްދޭކަމަށް ބުނެ އެއްވުމަށް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފައި ވަނީ މި އެއްވުން އިންތިޒާމްކުރި އެރަށުގައި އިޖްތިމާއި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެން އަލީ ކޭޑީ އެވެ.

އެރަށު ނޫހެއްކަމަށްވާ "ކުޅުދުއްފުށީ އޮންލައިން"އަށް މައުލޫމާތުދެމުން ކޭޑީ ބުނެފައިވަނީ ލުތުފީއަށް ކުޅުދުއްފުށީ ރައްޔިތުން ދުވަހަކުވެސް މައާފުނުކުރާނެ ކަމަށާއި އެދުވަހު ދިވެހި ޤައުމާއި ދީނަށްޓަކައި ޝަހީދުވި ހުސެއިން އާދަމްގެ ރަށުގެ ދަރިން ސަރުކާރުން ލުތުފިއަށް ހަދާހާ ގޮތެއް ހެދިގެން ނުތިބޭނެ ކަމަށެވެ.

ޝަހީދު ހުސެއިން އާދަމްގެ ހައްގުގައި އެރަށު ރައްޔިތުން އަބަދުވެސް އަޑުއުފުލާނެކަން ފާހަގަކުރަމުން އޭނާ ބުނީ ލުތުފީ ދިވެހި ސަރުކާރުގެ ބޮޑު ހަރަދުގައި ހިމާޔަތް ހޯދައިގެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެކަމާއި ރަށު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި އެއްވުމަކީ މުޅި ބޮޑުތިލަދުންމައްޗަށް ހުޅުވާލައިގެން ބާއްވާ އެއްވުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މި އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ބާޣި ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ހަވާލުވިފަހުން އޭނާ ދިރިއުޅެމުންދަނީ އެތަނުގައި ހުންނަ ވީއައިޕީ ކޮޓަރިއެެއްގައެވެ. އޭގެ ފަހުން އޭނާ އެެޕާޓްމެންޓަކަށް ބަދަލުކޮށްފައިވާކަމަށް ވާހަކަދެކެވިގެން ދިޔައެވެ. ނަމަވެސް އެކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށްނުދެއެވެ.

އޭނާއަށް ދިވެހި ސަރުކާރުން ވީއައިޕީ ފެންވަރުގައި ހިދުމަތް ދެމުން ގެންދާތީ އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަހަރޯ

    ގަދަ ހުރިހަަ ރަށަކަުންވެސް މިގޮތަށް ނުކުންނަންވީ. ބޮޑު ބާޣީ އަރާމުގައި މިސަރުކާރުން ގެންގުޅެނީ 3 ނޮވެންބަރުގެ ޝަހީދުންނަށް މަލާމާތް ކުރުމަށް

    48
  2. ކިޔުންތެރިއެއް

    ކުޅުދުއްފުށި އެކަނައެއް ނޫން ނިކުންނަންވީ. ހުރިހާ ދިވެހިން އެއްކޮށް ނިކުންނާންވީ. ދީނަށާއަ ގައުމަށް އނިޔާވެރިވާ މާހުންނަށް ކޮންމެ ސަރުކާރަކަށް ހުުޓަސް ދެކޮޅު. އަންސާފު ހޯދަ ދޭން ޖެހޭނެ.

    40
  3. އަބްދުއްލާ

    ބާޣީ ލުތުފީ އާއި ދެކޮޅަށް ކުޅުދުއްފުށި ނުކުންނަނީ

    33 މިނެޓް ކުރިން ( ޖުލައި 2, 2019 )
    ބާޣީ ލުތުފީ ފޮނުވާލީ M D P އިން ފޮނުވާލަން ޚަރަދުވީ 3500 ރުފިޔާ

    ގެންވީ މަ M D P ނިބުނަނީ ގެނެވޭނީ
    ބާޣީ ލުތުފީ ރާއްޖެ ގެންނަން 2.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކިހާ ހެޔޮއެދޭދޯ؟

    ބާޣީ ލުތުފީ އާއި ދެކޮޅަށް ކުޅުދުއްފުށި ނުކުންނަނީ

    ( ޖުލައި 2, 2019 )

    22
  4. ...

    އެއާޕޯޓާ އެއްޗިސް އަޅާދިނީމަވެސް އަދިވެސް ލުތުފީ ޕާޓީ ހޮވައިގެން ތިބޭ. ތިއޮތީ ރަނގަޅަށް ވެފަ. ދޯކާ

    26
    1
    • ކިޔުންތެރިއެއް

      ކޮންމެ ކަމަކަށް ކޮންމެ ޕާޓީއެއް ގެނެޔަސް މި މީހާ ހިމާޔަތް ކުރެވިގެން ނުވާނެ. އެމްޑީޕީ އެއް ޕީޕީއެމް އެއް ކަމަކު.

      23
  5. ސަޓޯ ތުރާކުނު

    ސާބަހޭ ކަލޯމެނަށް... ތިއީ އަސްލު ރައްޔިތުންނަކީ

    25
  6. އދ

    އެމްޑީޕީން ކޮއްފަ ނުކުރާނެ އެއްކަމެއްވެސް ނޯންނާނެ އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭރު ކުރާނެ

    17
  7. ގަލޮޅު މީހާ

    ސާބަސް މާލޭގެ ވެސް ތިއެއްވުން ބާވަން ފެނޭ

    18
  8. ކެޔޮޅު

    ކުޅުއްފުށީމީހުންވެސް ބޭނުންވި ސަރުކާރުމިއީދޯ؟

  9. ހަސަންކޮއި

    ހިތާމައަކީ މިސަރުކާރުގެނައުމައް
    ކުޅުދުއްފުށީރައްޔަތުންވޯޓުދިންއިރު
    ތިމާމެންގެ އަޚު ޝަހީދު ހުސެއިން
    އާދަނުގެ ހަނދާންނެތީމަ