މާލޭގެ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ރައީސް ޞާލިހް ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.

މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރު ކުރުމަށް ޖާބިރު މަޖިލީހަށް ހުށަހެޅި ސުވާލު ކުރުމުގެ ނޯޓިސްގައި ބުނެފައި ވަނީ އެކަށީގެންވާ މިންވަރަށް ޕާކު ކުރާނެ ސަރަހައްދުތައް ހެދުމެއް ނެތި ޕާކިންގް ސްޓިކާ ޖަހަމުންދާ ކަމަށެވެ.

ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެއް ނަމަވެސް އެކަން ހައްލު ކުރުމަށް ސަރުކާރުން ވެސް މާބޮޑު މަސައްކަތެއް ކުރަމުން އަންނަ ތަނެއް ނުފެނެއެވެ.

ސަރުކާރަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު ވެސް ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ގާސިމު

    މަރުވީޔާ ސަރަފުގާ މަރުވާނަން. މަރުވާވަރަށްވެސް ލޯބިވޭ.

    12
    2
  2. ސަޓޯ

    އަހަރެމެންގެ އެންމެ ލޯބި މިނިސްޓަރެއް ނޫން މަޖިލީހައް ހާޒިރު ކުރަންވީކީ.... ބާގީ އިބުރޭ އާއި އޭނަ ކޮންޓްރޯލް ކުރާ ބާގީ އަންނި ތިމަޖުލީހައް ހާޒިރު ކުރަންވީ... ބޮޑުކަމެއްނު..!!!!

    23
    4
  3. ނަމަ

    މިނިސްޓަރ ނަހުލާ އަނެއްކާ ކޮންތާކުގަބާ މިސްޓިކާ ޖަހަނީ

    12
    1
  4. Anonymous

    ޢަންނިއާ ދެކުދިން ކެޔޮޅުކަމު ދިޔަ ވާހަކަ އަޑު އެހިން. ދޮގުނުހަދާ ތެދަށް ބުނޭ. އެހެންނޫނީ ދެން ދުވަހަކުވެސް ކޮމެންޓެއް ނުކުރާނަން.

    11
    1
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ސަރުކާރަށް 7 މަހޭ؟ އަދި 100 ދުވަސް ނިމުނު ކަމަށް ސަރުކާރަކުން ނުބުނޭ. އެހެންވީމަ 7 މަސްވާނެގޮތެއް މަށަކަށް ނުވިސްނުނު..

    5
    1
    • ފާއިޒު

      ކޮންމެ 30 ދުވަހަކުން ނުވަތަ31 ދުވަހަކުން މަހެއް ނިމި އާ މަހެއް ފެށޭ. ކަލަންޑަރުން ވަރަށް ރަނގަޅަށް އެކަން އެނގޭ. އެކަމަކު ކަލަންޑަރު ބަލާ ބަލާވެސް 100 ވަނަ ދުވަސް ނުފެނިގެން މިސަރުކާރުން އުޅެނީ

  6. ޖޭބިރު

    ފުލުުހުން އިސްޓިކާޖަހަންޏާ މަޖިލީހަށް ހާޒިރު ކުރަން ޖެހޭނީ ޕޮލިސް ކަމިޝަނަރއެެއްނު. ފުލުހުން ކުރާ ކަމެއްގެ ޒިންމާ ޓްރާންސްޕޯޓް މިނިސްޓަރ އުފުލަންޖެހޭގޮތަށް އެއްވެސް ގާނުނެއްގަ ނޯންނާނެ. އަނެއްކޮޅުން ދައުލަތުގެ މިނިސްޓަރުންނަކީ ތިޔަހެން އަބަދު ހިއްޕވައިގެން ހުންނަވާ އިންޑިވިޖުއަލް އެމްޕީ އެއް ކުޅެން ގެންގުޅޭ ޑޯލް އަކަށް ހެދިޔަދެވިގެން ނުވާނެ. މިނިސްޓަރަކު އާ ފަޓްލޫނެއް ނުވަތަ ހެދުމެއް ލާއިރަށްވެސް މަޖިލީހަށް ހާޒިރުކުރަންވީ ތަ؟

  7. ބެއްޔާ

    ނޫން ކަމަށް ހެދިގެން އުޅޭނެކަމެއްނެތް. ސަރުކާރުން އެދިގެން ސަރުކާރު ހިންގާނެ ލާރިނެތިގެން ކުރާކަމެއްއެއީ. ސްޓިކާ ނުޖަހާނަމޭ ބުނެ ވައުދުވެގެން ވެރިކަމަށްއައީ.100 ދުވަސް ނުވަނީސް އެނގިއްޖެ ސްޓިކާޖަހައިގެން ހާދަ ލާރިއެކޭ މިލިބެނީ. ނަހުލާއަށް ސާބަސް

  8. ދދދދދދ

    ސްޓިކާ ޖަހާ ރައްޔިތުން ފެލައިގެން ތިބެ ނަމަކަށް ވަޒީރުކަން ދީފަ ތިބޭ މީހުން ހާޒިރު ކުރަނީ ކާކަށް އޮޅުވާލަންތަ؟ ވަޒީރަކާ ބެހޭ ކަމެއް ނޫން ތީކީ. ވަގުންތައް ވެރިކަމާ ހަވާލުވީމަ ފޭރިގެންނާއި ވައްކަން ކޮށްގެންވެސް ނުފުދިގެން ތިބެގެން ތެޅިއަރުވަނީ

  9. ކަބާރަނި ކަލޭފާނު

    ދަރިން ގިނައިން ހޯދާފަ، ރައްޔިތުން ފެލުން މީ މި ވެރިިން ގެ ކަމަކީ

  10. Anonymous

    ސްޓިކާ ޖަހަންވީ މަވޯޓާ ބޮލުގަ????

  11. ރަންފައުނު

    މިމީހުންނަށް ރަނގަޅަކަށް ކަމެއް ކޮށްދިނަސް ސަލާމަތެއްނެތް. ދެއްތޯ ނަހުލާމެޑަމް!

  12. ސާރާ

    ޕޮލިހުން އިސްޓިކާޖެހުމަށް ވުރެ ކުދިގޯޅިތަކުގާ ސައިކަލު ޕާކު ކޮއްފަ ހުއްނަ ތައް ނުފެއްނަނީބާ މިކަމުން ހިގާ ކުޑަ ކުދިން ގޮވާގެން ދިއުމާ މުސްކުޅިން ހިގާބިގާ އުލެން ދަތި މިކަން ހައްލު ކުރަންވީވެސް ރައީސް ސޯލިހުތަ ހަމީދު މައްމަ ގޭ ކާރި ގޯލި ގަޑު ވެސް ނުފެނޭބަާ

  13. ސަންތި

    ކޮންމެހެން، ނަހުލާ މަޖިލީހަށް ހާޒިރު ކުރާކަށް ނުޖެހޭ. ތީހަމަ ޒާތީ ތައައްސު ނޫން ކޮން ކަމެއްތޯއެވެ؟ މިހާރުވެސް މި ސަރުކާރުގައި ކަމެއް ވެފަ އޮތީ ނަހުލާ އަށް