ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ކުޑަކުދިންގެ ޙަވާލުގައި އަބަދު ވެސް ބެލެނިވެރި ފަރާތެއް ހުރުން ވަރަށް މުހިންމު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވެވި ޓްވީޓެއްގައެެވެ.

ޝިދާތާ މިހެން ޓްވީޓް ކުރައްވާފައިވަނީ ކ.މާފުށީ މޫދުގައި ނިޔާވެފައި އޮތް 4 އަހަރުގެ ފިރިހެން ކުއްޖަކު ފެނުނު ހާދިސާއާ ގުޅިގެންނެވެ.

ޝިދާތާ އިތުރަށް ވިދާޅުވެފައިވަނި ގެނބިގެން ހަތަރު އަހަރުގެ ކުޑަކުއްޖަކު ނިޔާވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މާފުށްޓަށް ދަތުރު ގޮސްތިބި، އާއިލާއެއްގެ ކުއްޖެކެވެ. އަދި ނިޔާވެފައިވާ ކުއްޖާއަކީ މާލޭ ކުއްޖެކެވެ

އެކުއްޖާ މޫދުގައި ނިޔާވެފައި އޮއްވާ ފެނުނީ އާއްމުންގެ މީހަކަށެވެ. އޭރު އެސަރަހައްދުގައި ޢާއިލާގެ އެއްވެސް މީހަކު ނެތެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ މޫދަށް ދިޔަކަން އާއިލާ މީހުންނަށް ނޭނގޭ ކަމަށެވެ. އަދި ގެސްޓް ހައުސް އިން އެކަނި ނިކުމެގެން ގޮސްފައިވާ ކަމަށްވެއެވެ. އެކުއްޖާގެ ހަށިގަނޑު މިހާރު އޮތީ ސިއްޙީ މަރުކަޒުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މުހައްމަދު

  ނޭނގޭ ކަމެއް ތިވިދާޅުވީ. ސުކުރިއްޔާ.

  12
  2
 2. ހާލާ

  ސިދައިތަ މިކަހަލަ ވާހަކަ ދައްކަން ހެޔޮނުވާނެ.

  15
 3. ދދދދދދ

  ސަންތިމަރިޔަނބާ ހަވާލު ކޮށްފަ އޮތް ކަމެއްނު ތީ. ކަމުން ރެކެން އުޅޭނެ ކަމެއް ނެތް.

 4. މައިނާ

  މިނިސްޓަރުކަންދިނީ އަނދިރި މީހެއްތަ. އަވަސް ގޮތަކުން ރަޖައެއްހޯދާފަ ނިންދަވަން ބާއްވާ.

 5. މުހައްމަދު

  ކަނބުލޮކުޑަތަ ބެލެނިވެރި ފަރާތަކަށް (ޖެންޑަރ ކަމަނާވިއްޔަ ) ވީމާ އިތުރު ފަރާތެއް ހުންނާކަށް ނުޖެހޭ މިއުޅެނީކީ ގައުމުގެ ހުރިހާ ކުދިންބަލަހައްޓަން ޖެހިގެނެއް ނޫންވިއްޔަ 1000ވެސް ހަމަނުވާ މަދުކުދިންކޮޅެއް ކަމަނާގެ ބެލުމުގެ ދަށަށް ދާންޖެހެނީވެސް ބަލަދުވެރިން ނެތިގެންނޭ ތިބިނަމަ ކާކުތޯ ތިކަހަލަ ދޮގުވެރި ބޮޑުއަނގަޔަކާ ހަވާލުކުރާނީ އެކުދިންގެ ޙައްފުގައި ކިހާފައިސާއެއްތޯ ޖީބައްލައްވަނީ އެކަން ހަނދާން ބަހައްޓަވާ ވާނުވާނޭގޭ މީހުން ކަންކަމާ ހަވާލުނުވާންވީ ކަނބުލޮރަގަޅުވާނީ ސިޔާސީ ޕޯޑިއަމްތަކުގަ ރޯބުހުތާން ދޮގުހަދަން އެނޫންކަމެއް ކުރާކަށް ނޭގޭނެ އެކަން ކުރޭ ހެހެހޭ