މިދިޔަ ޖޫން މަހުވެސް މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓު ހޮވިއްޖެއެވެ.

މިދިޔަ މެއި މަހުވެސް މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖް ދިން ރިސޯޓުގެ ގޮތުގައި ހޮވުނު ވެލާ ރިސޯޓުން މިދިޔަ ޖޫން މަސް ތެރޭގައި، މުވައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައި ދޯފައި ވަނީ، އެވްރެޖްކޮށް 740 ޑޮލަރެވެ.

މެއި މަހު އެ ރިސޯޓުން މުވައްޒަފުންނަށް ދީފައި ވަނީ 1509 ޑޮލަރެވެ.

މިދިޔަ މަހު ދެވަނަ އަށް އެންމެ ގިނައިން ސާރވިސް ޗާޖު ބަހާފައި ވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. އެއީ މީހަކަށް 620 ޑޮލަރު އެވެ. ތިންވަނައަށް އެންމެ ގިނަ ސަރވިސް ޗާޖު ބަހާފައިވާ ހުރަވަޅި އައިލެންޑް ރިސޯޓުންނެވެއެ ރިސޯޓުން މިދިޔަ މަހު ވެސް ބަހާފައި ވަނީ މުވައްޒަފަކަށް 605 ޑޮލަރެވެ.

މޯލްޑިވްސް އެސްސީއަކީ ރިސޯޓްތަކުގެ މުވައްޒިފުންގެ އެހީގައި ހިންގާ ސައިޓްއެއްކަމަށް އެސައިޓްގައި ބުނެފައިވެއެވެ. މިގޮތުން މިސައިޓްގައި އާއްމު ކުރެވެނީ މުވައްޒިފުން ފޮނުވާ މުސާރަ ސީޓްގައިވާ ސާރވިސްޗާާޖްގެ އަދަދެވެ.