މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅަކު އައްޔަނު ކޮށްފި އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު މ.ތިންހިރ މާނިއު އާއި ހުޅުމާލެ ފްލެޓް 38-01-04 އަބްދުﷲ ޝަރީފް އެވެ. މިއީ މި ސަރުކާރުގައި އެ ދެ މަގާމަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅުންނެވެ.

ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި މި 2 ބޭފުޅުންނަށް ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ.

ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަގާމަށް އައްޔަން ކޮށްފައިވާ ޝަރީފް އަކީ ކަސްޓަމްސްގައި 27 އަހަރު މަސައްކަތް ކުރައްވަމުން އަންނަ މިހާތަނަށް ސީނިއާ ސުޕްރިންޓެންޑެންޓުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަން ކުރި މާނިއު ކަސްޓަމްސްގައި އުޅުއްވާތާ 16 އަހަރު ވެެފައިވާއިރު އޭނާ އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ.