ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ބޭނުން ކުރާ ޖަނަރޭޓަރުން ޑީސަލް ހުސްވެގެން އެހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތް މެދުކެނޑިއްޖެއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް ޑިޕާޓްމަންޓަށް ބޭނުން ކުރާ ކަރަންޓް ފޯރުކޮށްދެނީ އެހޮސްޕިޓަލްގައި ހުންނަ ޖަނަރޭޓަރަކުން ކަރަންޓް ދީގެންނެވެ. ނަމަވެސް މިއަދު ޖަނަރޭޓަރުން ޑީސަލް ހުސްވުމުން ޑައިލިސިސް ހަދަން ދިޔަ އެއްވެސް މީހަކަށް ޑައިލިސިސް ހެދިފައެއް ނުވެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިލިސިސް ހަދަން ގަން ރީޖަނަލް ހޮސްޕިޓަލަށް ގޮސް މިއަދު ވެސް ތިން މީހަކު އެބަތިއްބެވެ. އެހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތް ދާއިމީކޮށް ހޯދާ އަށެއްކަ މީހުން ތިބޭ ކަމަށް ވެއެވެ.
ހޮސްޕިޓަލުން ބަލި މީހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ތެޔޮ ލިބިގެން ޑަޔަލިސިސް ހެދޭނެ އިރެއް ނޭނގެއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލް ހިންގުން ދާދި ފަހުން ވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓަކާއި ހަވާލުކޮށްފައެވެ.
ގަން ރީޖަނަލް ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ދޭން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
މިއަދު ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ޖަނަރޭޓަރަށް އަޅާނެ ތެޔޮ ނެތިގެން ޑަޔަލިސިސް ޚިދުމަތް ހުއްޓުނު ނަމަވެސް އެރަށުގެ ތެޔޮ ވިއްކާ ތަންތަނުން މިހާރު ވެސް ތެޔޮ ލިބެން އެބަހުރި ކަމަށެވެ.
"ރަށުގެ ޕެޓްރޯލް ޝެޑްތަކުން ތެޔޮ ލިބެން އެބަހުރި. ކީއްވެގެން ކަމެއް ނޭނގެ ހޮސްޕިޓަލުން ތެޔޮ ހުސްވާންވީކީ." އޭނާ ބުންޏެވެ.
ތެޔޮ ނުލިބިގެން ގަން ރީޖަނަލް ހޮސްޕިޓަލުން ޑަޔަލިސިސް ޚިދުމަތް މެެދުކެނޑިފައިވާ މައްސަލައިގައި އެހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.
މިކަމުގެ ޒިންމާވެސް ނަގަންޖެހޭނީ ކުރީގެ ސަރުކާރުން ހެއްޔެވެ؟
ސައީދަށް ވަރަށް ސަލާމް.
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދަތުގެ ޚިދުމަތް ނުލިބޭތާ އަހަރެއްވަނީ މިއޮއް.. ނިކަން ހަބަރުގަ ޖަހާލަދީބަލަ. އެއޯ 4 އަތޮޅުގެ ރައްޔިތުން ދާ ތަނެއް
އެހެންވެދާނެތާދޯ މޫސުން ގޯސްވީމަ ތެޔޮ ފޯރުކޮށްދިނުމުގައި ހުރަސްއެލޭނެތާ
ތިކަމުގެ ޒިންމާ ނަގަން ޖެހޭނީ ސައިދު. އިސްތިޢުފާ ދީ ސައިދު
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހުރިހާ މަސްރޫޢު ތަކަށް ބަލާއިރު ސޯލިޙުކަލޭފާނުގެ ސްޕީޑު ބާރުކަމަށްވަނީ ލ. ގަން ރީޖަނަލްހޮސްޕިޓަލް ޖަނަރޭޓު ޑީސަލް ހުސްވެގެން ޑައިލްސެސްނުހެދިފަ 18/7/2019
ތިޔަ ކަހަލަ މައްސަލަތައް އާންމު ރައްޔިތުންނަން މި ތިލަވަނީ، ރީތި ބޮޑު އިމާރާތެއް ހުރިކަމަކު ތަނުގެ މެނޭޖްމަންޓް ފެއިލް ވެފައި އޮންނަތަނެއް ތިޔަ ހޮސްޕިޓަލަކީ ޔާމީނުގެ ސަރުކާރުން އެ ހޮސްޕިޓަލަށް ކަތުރު ފަންޏެއް ވެއްދީ މުޅި މެނޭޖްމަންޓް ކައި ހުސްކޮށްލައިފި މިހާރު އެތަނުގައި އޮންނަނީ އެމީހަކާ އެމީހެއް ހަމަ އަތު ޖެހުނީ ކާލީ...ބޮޑު ސޯބަ އެނބުރޭގޮތަށް ކުޑަ ސޯބުތައްވެސް އެނބުރެނީ..
އިސްތިޢުފާ ސައިދު ކަންކަން ނުކުރެވޭ ކަމަށް ވާނަމަ އެހެން މީހުންގެ ވާހަކަ ނުދައްކާ ހުރެބާ
ހާދަ ދެރަވަރު ކަންކަމޭ ކިޔާލިޔަކަސް.
ނާޤާބިލު މީހުންގެ އަތްމައްޗަށް ކަންކަން ދިއައީމަ ވާނެ ހައެތި ތިއަވަނީ .ހުރިހާ ކަމެއް ބޮއްސުންލައިފި.ކޮންމެ ކަމެއްގައިވެސް މިގޮތަށް ކަންކަން .އިސްތިއުފާ ދޭންވީ ކަންކަން ރަނގަޅު ނުކުރެވެންޔާ. ކުރަންއެނގޭ މީހުން ، ކުުރަން ކެރޭ މީހުން ، ކުރެވޭނެ މީހުން މިޤައުމުގައި އެބަތިބި.
މީ ކުއްލިއަކަށް ދިމާވި ކަމެއް ނޫންދޯ..؟ ތިބޭނެ ވަރުވަރުގެ މުވައްޒަފުން... މިކަމުގައި ޒިންމާވާންޖެހޭ ފަރާތެއް ހޯދާ މަޖިލީހަށް ހާބިރު ކުރަންވީ... މީ ރައްޔިތުންނަށް ދިމާވާ ކިޙާބޮޑު ތަކުލީފެއްތޯ.. މޮިވަރުކަމެއް ހިނގާގެން ނުވާނެ..މީ ގުދުރަތީ ކާރިޝާއެއް ނޫން. އިހުމާލް ޏުނީ ފަރުވާކުޑައީ ، ޒިންމާ ނުނަގަނީ...
މީ ކުއްލިއަކަށް ދިމާވި ކަމެއް ނޫންދޯ..؟ ތިބޭނެ ވަރުވަރުގެ މުވައްޒަފުން... މިކަމުގައި ޒިންމާވާންޖެހޭ ފަރާތެއް ހޯދާ މަޖިލީހަށް ހާބިރު ކުރަންވީ... މީ ރައްޔިތުންނަށް ދިމާވާ ކިޙާބޮޑު ތަކުލީފެއްތޯ.. މޮިވަރުކަމެއް ހިނގާގެން ނުވާނެ..މީ ގުދުރަތީ ކާރިޝާއެއް ނޫން. އިހުމާލް ޏުނީ ފަރުވާކުޑައީ ، ޒިންމާ ނުނަގަނީ... ވަގުތު ހޫނުގެ ހުރިހާ މުވައްޒަފުންނަށް ވވވވވ ޝުކުރު ދަންނަވަން... މައުލޫމާތު އާއްމުރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ތިކުރާ މަސައްކަތައް. ފަލަސުރުހީއަކަށް ޖަހާލަދީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެންޓަލްގެ ވާހަކަވެސް. 4 އަތޮޅުގެ އާއްމު ރައްޔިތުން.. ނުވިތާކަށް އެތައް ރިސޯޓެއްގެ ސްޓާފުން....
ތިޔައީ ޔާމީނުސަރުކާރުން މާމަދުން ޖަނަރޭޓަރަށް ތެޔޮއަޅާފާހުރީމާ ދިމާވިމައްސަލައެއް.
ޔާމީން މާ ކުދި ޓޭންކް ބަހައްޓައިދިނީ ކަންނޭގެ!
ތީ ޕެޓްރޯލް އަޅައިގެން ހިންގާ ޖަނެރޭޓަރެއްތަ. ރަށުން ޑީސަލް ނުލިބޭ. ދެން ކިހިނެއް ހަދާނީ. ޢަދުރޭ އަށް އޮތީ ތެލުގެ ކަންތައް ހަވާލު ކޮށްފަ. ލިޓަރެއް 28 ރުފިޔާ އަށް.
ނަސީބެއްނު ހަންނާނު ތި ހޮސްޕިޓަލް އެއްކޮށް ކައިނުލާހުރިކަން.
ކޮބާ މަތިގަނޑު އަވަހަށް ބޮލުގައަޅާ ބާރުކުރޭ ކުރީސަރުކާރު ތަކުގެވިޔާނުދާކަމޭ އޭއްޗެކޭ މީއްޗެކޭ ކިޔަމުންގޮސް ކުރީގެ ރ.ޔާމީނޭކިޔައިގެން ދޮގު ރިޕޯޓްތަށްނެރި ނޫސްވެރިން ކުރިމަތީ އޮރިޔާންވޭ ކީކޭބުނާނީ ނުވަންޏާ ނުކުރެވެންޏާ ސަލާންބުނެ އިސްތިއުފާދީބަލަ އޭރުންތާ ތިޔަކަން ކުރެވޭ ވަރުގެ މީހަކާވެސް ހަވާލުކުރެވޭނީ ނުވާވަރުން ބަގުޑިބައްދައި ގެންހުއްޓަކަސް ނުވަތަ ޔާމީނޭކިޔަކަސް ރައްޔިތުންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ ކުރީސަރުކާރުތަކުން ކަންކަން ގޯސްކޮށް ކޮށްފަހުރެގެން އެކަންކަން ރަގަޅުކުރަންށޭ ހަވާލު ކުރީ ކޮންމެހެން ދޮންވެގެން ރީތިކަމަކުން ނުވަތަ އެހެން މީހުންނޭ ކިޔަށްތިބޭކަށް ނުވަތަ ރައްޔިތުންގެ ރައުސުލްމާލު ކައިހުސްކުރާކަށްނޫނޭ ހަވާލުކުރީކީ ރަގަލޫއެއްކަމެއް އަހަރު ދެބައިވެގެން ދިޔައިރުނެތޭކުރެވިފައެއް ނުވަންޏާ ކުރިން ތިބިހެން މުޒާހިރާކުރަން މީހުންގެ މެދުގަ ރުޅިވެރިކަން އުފައްދައިގެން ބޭރުދުނިޔެއަށް ދޮގުޚަބަރު ފަތުރަން ތިބެބަލަ
ސާބަހޭ ޖަޒީރާ ރާއްޖެ.
ކުރީ ސަރުކާރުތަކުން ޖަނަރޭޓަރަށް ތެޔޮ ނާޅާ ދިޔައިމަ ވާނީ އެހެނެއްނު.
މިތާގައި މުހިންމެއް ނޫން ސަރުކާރުގެ ބޮލުގައި އަޅުވާކަށް ، މީ ސީދާ ސަރުކާރަށް ޖެއްސުން ކުރާ މުވައްޒަފުން ތިބީމަ އާއި ، އިންވެސްޓިގޭޓް ޖާނަލިޒަމްގެ އެއްވެސް ސިފައެއް ނެތީމަ
ޙއ ވަށަފަރު ސިިއްހީމަރުކަޒުގަ ޑަކްޓަރެއް ނެއްތާ ހަފްތާއެެް ވެއްޖެ
ތިހެންގޮވަނީރީތިކޮށްހަޔާއި ގަނަރޭޓަރުންތެޔޮހުސްވީމަ ޖަނަރޭޓަރުނިވޭނީ ދެންތިބުނާއެއްޗެއްވާނީ ކަލޯ
ތިހެންގޮވަނީރީތިކޮށްހަޔާއި ގަނަރޭޓަރުންތެޔޮހުސްވީމަ ޖަނަރޭޓަރުނިވޭނީ ދެންތިބުނާއެއްޗެއްވާނީ ކަލޯ ކީއްވެ