އެމްޑީޕީގެ ފިކުރަށް ތާއިދު ނުކުރައްވާ ކަމަށާއި އަބަދުވެސް ފިކުރު ހުންނަނީ ޕީޕީއެމްގެ ސިޔާސަތުތަކާއި އެއްގޮތައް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑަކީ އެއްގޮތަކަށް ވެސް އެމްޑީޕީ ފިކުރުގެ މީހެއް ނޫން. އެބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އިސްލާހީ މަސައްކަތުގައި މަސައްކަތްކުރަނީ. އަޅުގަނޑު ނިސްބަތްވަނީ ޕީޕީއެމް ފިކުރަށް. އެ ފިކުރުގެ ތެރޭގައި ޖޭޕީ ވެސް ހިމެނެނީ." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ރާއްޖޭގައި ހަރުދަނާ ގޮތެއްގައި ހިނގާ ސިޔާސީ ޕާޓީތަކެއް އޮންނަން އެބަޖެހޭ ކަމަށެވެ.
"ހަރުދަނާ ގޮތެއްގައި ހިނގާ ސިޔާސީ ޕާޓީތަކެއް އޮންނަން އެބަޖެހޭ. ރަނގަޅު އޮޕޮޒިޝަނެއް އޮންނަން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެ ދައުރުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ޕީޕީއެމްއަށް. އެކަމުގައި އަޅުގަނޑު އެބޭފުޅުންނަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވާނަން،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ވަކި މީހަކަށް މަސައްކަތްކުރަން ޕީޕީއެމް އަށް ނުދާނެ ކަމަށާއި މަސައްކަތްކުރަނީ ގަބޫލުކުރާ ފިކުރަށް ކަމަށެވެ.
"އެހެންވީމާ ޕީޕީއެމަށް ހިދުމަތްކުރުމަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަކި މީހަކަށް (ޚިދުމަތް) ކުރުމެއް ނޫން. އެކަމެއް އަޅުގަނޑު ނުކުރާނަން. ސިޔާސީ ގޮތުން ދަންނަވާ ކަމުގައިވާނަމަ، އަޅުގަނޑުމެން މާ ނުތަނަވަސް މާހައުލުގައި އެހެން ފަރާތްތަކާ ވެސް ގުޅިފައި ވާނީ. ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑު އެއް ހަފްތާތެރޭ ފަސް ފަހަރު ހައްޔަރުކުރި. އޭގެ އިންސާފެއް އަދި އަޅުގަނޑަކަށް ނުލިބޭ މިއަދާ ހަމައަށްވެސް. އަދި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނައިބު ރައީސެއްގެ ހައިސިއްޔަތުން ހުއްޓައި، އަޅުގަނޑު އަޒުލު ކުރި ކުރުން ނުވަތަ ވަކިކުރި ކުރުން، ގާނޫނާ ހިލާފަށް ކުރި މަސައްކަތުގެ ތެރެއިން ވެސް އެމްޑީޕީއާއި އެހެނިހެން އިދިކޮޅު ފަރާތްތައް ގުޅިގެން އެދިޔަ ގޮތަށް ގޮސް އެކައްޗެއް ކިޔާފައި އެކަން ކުރީވެސް،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ލީޑާޝިޕް ހަވާލު ކުރާނީ ކޮންގްރެސްގައި މެންބަރުން ނިންމާ ބޭފުޅަކާއި ކަމަށެވެ.
ޖަމީލޫ ފޮނިނުކަނޑާ ޖޭޕީ ނުކުރާނެ ޖަމީލު އައް ތާއީދެއް
އިސްލާހޭތޯ! އެމްޑީޕީއަށް ވެރިކަން ހަވާލު ކޮށްގެން އިސްލާހު ކުރެވޭނެ ކަމަށް ގަބޫލުކުރި މީހުންގެ ސިކުނޑި ހަމަތޯވެސް ބަލަން އެބަޖެހޭ. މައުމޫން، ގާސިމް އަދި އެބޭފުޅުންނާ ބައިވެރިވި ތިހުރިހާ ބޭބޭފުޅުންނާމެދު އަޅުގަނޑުމެން ހިތާމަ ކުރަން. ގައުމަށް ދެވޭނެ އެންމެ ބޮޑު ކެހި ދެއްވާފަ ތިތިއްބެވީ.
ޙެހެ ތީހަމަ ޖަމީލު ޖަމީލު ވާނީ ޖަމީލު އަށް ޖަމީލު ދާކޮޅަކަށް ދާނެ ލައްކައެއްހާ މީހުން އެހެން ވީމަ ވަރަށް
ބިރުބޮޑު
މަވެސް ޖަމީލުގެ ފިކުރު ޕީޕީ އެމް ފިކުރަށް ތާއީދު ކުރަނީ .
މިވައްތަރުގެ މީހުނަށް ދިވެހި މަހާވަރާގައި ނަމެއް އޮވެއެވެ. "ތެލިކުޑަވެ އޮޑިންފޭބުން" . ތިމާ ބޭނުންވާ ގޮތް އެއީ އެންމެ ފަހުގެ ގޮތްކަމަށް ހަދާ އެގޮތަށް ޢަމަލުކުރުން އެހެންމީހުންގެ މައްޗަށް ލާޒިމުކޮށް އެގޮތަށް އަމަލުނުކުރާނަމަ ބޮޑާހޭކުން. މިމީސްމީހުން ދެން އެކަކުވެސް ބުލާނުގަތުން ރަގަޅުވާނީ!
މުޅިގައުމުންވެސް ބާކީވެފަ ހުރިމީހެއް
މީދެން ޤައުމަށް ޖެހިފަ އޮތް ކިހާ ބޮޑު ކަމެއެއް އަޅެ
ލުތުފީ އެކަންޏެއްނޫ ބާޢީ އަކީ
ތިވެސް ބާޣީއެއް ގާސިމަކީވެސް މައުމޫނަކީވެސް އީސީ ޝަރީފަކީވެސް މިޤައުމުދުއް އެއްމެބޮޑެތި ބާޢީން
Anonymousއަކީ އެންމެ ބޮޑު ބާގީ.
އެމްޑީޕީ ފިކުރުގެ އެންމެންނަކީ ހަމަ ސީދާ ބާޣީން. ގައުމަށް ޣައްދާތުވެފައިވާ ބައެއް މިބައިގަނޑަކީ.
ޕީޕީއެމަށް ތާއީދުކުރާތީދޯ ޕީޕީއެމް ވެރިކަމުގަ ފިލައިގެން ރާއްޖޭން ބޭރަށްގޮސް ހިމާޔަތް ހޯދައިގެން އިނގިރޭސިވިލާތުގަ ޕީޕީއެމްގެ ވެރިކަން ވައްޓާލަން މަސައްކަތްކުރީ..މަ ހަމަ ކޮސްވެއްޖެ...
އަވަހައްވަޑައިގެން އަޅުގަނޑުމެނާގުޅި ޤައުމު މިހާރުމިއޮތް އަނދަވަޅުން ސަލާމަތްކުރެއްވުމައް މަސައްކަތްފައްޓަވާ އަޅުގަނޑުމެންމިތިބީފަހަތްޕުޅުގަ އެއައްފަހު އޮންނައުސޫލުގެތެރެއިން ގިރާކުރައްވާ ކުރިިއައްވަޑައިގަންނަވާ
ވަޅެއްގަ ތަ ގައުމުްއޯތީ
ވަޅެއްގަ އޮތީމައެއްނު ތިކަހަލަ މީހުންނަށް މާ ތަނަވަސް ތަނެއްގަ އުޅެވޭހެން ހީވެފަ ތިތިބެނީ؟ ވަޅުން އެރީމަ އެނގޭނީ އެއީ ކުޑަކުޑަ ތަނެއްކަން
މަވެސް ޖަމީލުގެ ފިކުރު ޕީޕީ އެމް ފިކުރަށް ތާއީދު ކުރަނީ .
އޭ ޖަމީލޫ އަދި އުމަރާ ޔާމީނު ބުނީ ކޮންމެހެން ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭނުމުގަ އަންނާނެކަމެއްނެތޯ، މާގިނަދުވަހު އެތައް ޤުރުބާނީއެއްވެފަ ތިބިމީހުން ޕީޕީއެމްގަ އެބަ ތިއްބޯ! ހުރިހާ މަސައްކަތެއް ބަޔަކުކުރީމަ ފޮނިބޯލަން އަންނާނެކަމެއްނެތޯ! ތިތިބީ ހުރިހާ ކޮޅަކުންވެސް ބާކީވެފަ! ދެން ސައިޕާޓީއެއްހަދާ!!
ޖުމްލަ ގޮތަކަށް ބުނާނަމަ ޖަމީލު އެބުނަނީ ޖަމީލުއަކީ ލާދީނީ ފިކުރުގެ މީހެއް ނޫންކަން!
އެމްޑީޕީގެ ފިކުރު އެއީ ވަރަށް ސާފުކޮށް އެނގޭ ފިކުރެއް. އެކަމު ޕީޕީއެމްގެ ފިކުރެއް އޮންނަކަމެއް ނޭގޭ. ޕީޕީއެމަކީ ވަރަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ޕާޓީއެއް މިހާރު. އެހުރިހާ ތުހުމަތަކުން ބަރީއަނުވެ، ކަންކަން ވަރަށް ބޮޑަށް ސާފުކޮށްނުދީ ޕީޕީއެމަށް ގަދަރު ލިބި އަލުން ހިނގައިގަންނާނެހެން ހީނުވޭ. ނިމިދިޔަ ސަރުކާރުގައި ކޮރަޕްޝަން ހިނގާފައިވާ ކަމަށް ދައްކާއިރު އެކަންކަން ހިނގިގޮތް ބަލައި ހައްލުކުރަން ނޫޅޭނަމަ ބެލެވޭނީ އެކަމަށް ތާއީދުކުރެވެނީކަމަށް. މިސަރުކާރުން އަޅުވާ ތުހުމަތުތަކަށް ހެއްކާއެކު ޖަވާބުދިނުން މުހިއްމު. ގޯސްތައް ހެދިފައިވާނަމަ އެކަންކަން ފޮރުވުމުން ކަންކަން އިތުރަށް ބޮއްސުންލާނީ.
އަނިޔާވެރި ތިން އަހަރުގެ ޖަރީމާތަކުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ދޯ؟ ތިއަށްވެސް ބަޔަކުމީހުން އިންސާފޭ ކިޔާ އެބައުޅޭ
އެންޑީޕީ ފިކުރުގަ އެމީހުންގެ ނަންނާ ކަލާނގެ ފަހަތުގަ އަޅު ކުއްޖެއްހެން އަދަބު އަދާކޮށްގެން ކޮޅަށް ހުރެ އެކަލޭގެއަށް ތައުރީފް ކުރި ހަނދާން ދުވަހަކުވެސް ނުނެތޭނެ. އެވެސް އަމިއްލަ އެދުން މިހާރު ތިވެސް އަމިއްލަ އެދުން. ގައުމަށްޓަކާ ދީނަށްޓަކާ ނުގުޑާ އަޒުމުގަ ތިބި މަދު މީހުންކޮޅު ވަރަށް ރަނގަޅަށް އެނގި ފާހަގަ ވެއްޖެ މިހާރު. ތިހެން ބުނެލާ ބަސްބަހެއް ގަބޫލެއް ނުކުރެވޭ މިހާރަކު.
ކަލޭ ތީ އެއްވެސްފިކުރަކަށް ކުފޫ ހަމަވާ މީހެއް ނޫން ! ތީ އެބުރޭ ވަހުތާނެއް ! ދެން އަގަތަޅަތަޅާ ހުރޭ !
"ބަސް މަދު ކުރާށެވެ. ޢަމަލު ގިނަ ކުރާ ށެވެ."
ހޮވުނަސް ޙަވާލެއް ނުކުރާނަން.
ވޭތުވެދިޔަ މާޒީއަށް ބަލާލާއިރު ޑޮކްޓަރ ޖަމީލް ހުރި ކޮޅެއް ކާމިޔާބީއާހަމަޔަށް ދަތުރުކޮއްފަ ވަނީ މީ އެންމެންވެސް އެއްބަސްވާ ހަގީގަތެކެވެ. މަވެސް މިފަހަރު ޕޕއެމް. 2023
ވޭތުވެދިޔަ މާޒީއަށް ބަލާލާއިރު ޑޮކްޓަރ ޖަމީލް ހުރި ކޮޅެއް ކާމިޔާބީއާހަމަޔަށް ދަތުރުކޮއްފަ ވަނީ މީ އެންމެންވެސް އެއްބަސްވާ ހަގީގަތެކެވެ. މަވެސް މިފަހަރު ޕޕއެމް. 2023
ޖަމީލޫ... ޚުދު ޖަމީލަށްވެސް ، ޖަމީލުތީކަކުކަމެއްނޭންގޭނެ... މާފޮނިނުތަޅާ...!
ބޮނޑިބަތް ކާނަން ؟
ބޮނޑިބަތް ކާނަން
ޕީޕީ އެމް އާއި ވައިވެސް ނޭޅޭތި ތީ މީހެއްނޫން ހޯހޯ ޙޯހޯ ހޯހޯ