ރާއްޖެއާއި ޗައިނާ ދެމެދުގައި އޮންނަ ގުޅުމަކީ ދުނިޔޭގެ އެންމެ ބޮޑު ގައުމާއި ކުޑަ ގައުމުގެ ދެމެދުގައި އޮންނަ މިސާލީ ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ އިއްޔެ ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެންމެ ކުޑަ އެއް މެމްބަރާއި އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އެއް މެމްބަރާ ދެމެދު ދެ ފަރާތަށްވެސް ފައިދާވާ ފަދަ ގުޅުމެއް ބޭއްވިދާނެ ކަމުގެ މިސާލެއް ކަމަށް މިނިސްޓަރ ވަނީ އެ އިންޓަވިއުގައި ވިދާޅުވެފައެވެ.
މިސަރުކާރުން ބޭނުންވަނީ ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދަންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެގައުމުގެ ތާރީހީ ގުޅުމުގެ ބިންގާ އެޅިފައި ވަނީ ދެ ގައުމުގެ ސިޔާދަތަށާއި ސަރަހައްދީ މިނިވަންކަމަށް އިހުތިރާމު ކުރުމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މެދު އާމްދަނީގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި މުހިއްމު އިގުތިސާދީ އަދި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމި އޮންނާނެ ކަމަށެވެ.
މިނިސްޓަރ ވަނީ އަންނަ އޮކްޓޯބަރު މަހު ޗައިނާއިން ފާހަގަ ކުރާނެ 70 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި އެގައުމުގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށް ރާއްޖެއިން ތާއިދު ކުރާކަން އަންގަވާފައެވެ.
ޗައިނާ އިން ފޯރުކޮށްދީފައިވާ އެހީ ގެ ސަބަބުން ދިވެހިންނަށް ވަރަށް ފައިދާކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ބަލާއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހިމެނެއެވެ.
ފާއިތުވި 10 އަހަރު ތެރޭ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު މާކެޓެއް އޮތީ ޗައިނާގައިކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް މުސްތަގްބަލުގައިވެސް ޗައިނާއާއި އެކީ އެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހެހެ މިހާރު ޗައިނާ ރަގަޅުވީތަ؟
ޢަޅޭ މީ ކޮން ސަރުކާރެއް . ޢައްނި ސަރުކާރުން ބުނީ ދަރަނި ދަންތުރަޔެކޯ . ޢިބޫ ސަރުކާރު ހަނު .
މިހާރުމިވީގޮތަކީ އެއްޗެއްލިބެން އޮތީ އެމީހުންރުއްސައިގެންކަން ފަހުމްވީ އެކަމަކު ތިހެންކިޔައިގެން ޗައިނާގެބޮލައްސަވާރު ނުވެވޭނެކަން ހަނދާން ބަހައްޓާތި
ފޭކު ބިލިޔަންތަށް އައިސް އަޅާލާނެކަމަށް ހީވެސްނުކުރާތި!
ތިޔައީ ވަރަށް ހެޔޮ ވިސްނުންފުޅެއް. ޚަރަދު ކުރަންތިބި ބަޔަކު ދޫކޮށްލާކަށް ނުވާނެ. ކޮންމެ ރައްޔިތަކުވެސް ވިސްނާ ޤަބޫލްކުރަން ޖެހޭނީ، ބަޔަކު ބޮޑު ޚަރަދުތަކެއް ކުރާއިރު، އެބަޔަކަށްވެސް ޚަރަދު ކަވަރ ކުރެވޭނެގޮތްތަކެއް ހަދާންދޭން ޖެހޭނެކަމަށް. އެއިރުން ދެވަނަޚަރަދެއްކުރެވޭނެ ތަނަވަސްކަމެއް އޮންނާނީވެސް. ޝުކުރިއްޔާ! ޝާހިދު
މިހާރު އެތިކޮޅެއް ލިބުނީތޯ ؟ ޝާހިދުގެ މާލިއްޔަތު މިހާރު ހުރިވަރު ރައްޔިތުންނަށް ހާމަކުރަން ގޮވާލަން
އެއްތާކުންވެސް އެއްޗެއް ނުދިނީމާ އެންމެފަހުން އުނބައްޖެހީ ކޮބާތަ ރހުމަތްތެރި ގައުމުތައް ކޮބާތައިންޑިއާ؟؟؟
ޖީވަންޓޭއަކީ ޑޮލަރުކޮޅެއް ދިނިއްޔާ އަންޑަވެއާވެސް ދޭނެ މީހެއް! ތިވާނީ ޑޮލަރުކޮޅެއް ދިނީމާ ދީފައި އޮތް އިންޓަވިއުއަކަށް!
އެހުރިހާ ފަތިވަރެއް ދަމާފަވެސް ރައީސް ޔާމީނު ހިނގި މަގުންނޫނީ އެއްމެ ފިޔަވަޅެއްވެސް އަޅާކައް ނޭތްގުނެއްނޫ ދެންވާހަކައް އެދެއްކީ ހާދަހަޑިޔޭދޯ؟
ސާހިދުމެންގެ ލަދުގެ ކުނޑިފަށެއް ހުރިނަވެސް ޗައިނާ އޮތްކޮޅައް ބޯލާގެން ނިދަންވެސް ނުކެރުނީސް އެހުރިހާއެއްޗެއް ނުކީނަމަ މާތާހިރުވީސްދޯ؟؟؟