ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ޖޭއެސްސީ އަށް އާންމުންގެ ފަރާތުން ބޭފުޅަކު ހޯދަނީ މިހާރު އެ މަގާމު ފުރުއްވަމުން އަންނަ އަބްދުލް ހަންނާންގެ ދައުރު ހަމަވާތީއެވެ.

ޖޭއެސްސީއަށް ކުރިމަތި ލެއްވި ތިން ބޭފުޅުންނަކީ ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ، ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ އަދި މިރުފަތު ފާއިޒު، މ. ރަންފަހިއެވެ. މިބޭފުޅުންގެ ނަން އިތުރަށް ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުއްވާފައެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގައި މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 25 އަހަރުވުމާއި ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށްވުން ހިމެނެއެވެ.

އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ

    ޒުބައިރަކީ ސިފައިންގެ އިން ކަނޑާލާފަ ހުރި މީހެއް އަންނިގެ ބޮޑުބޭބެގެ ދަރިއެއް އަދި އެންމެ ފަހުން ބޭއްވި ދެ އިންތިޚާބުގައި އެމް ޑީ ޕީ ހަރުގޭގައި މަސައްކަތް ކުރި މީހެއް ފޮޓޯ ތަކުން ފެންނާން އެބަހުރި އޭނާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް އެކަމު އަންނި ބޭނުންވާނީ އޭނާ ބަލަން ތިބޭތި އޭނާ ހޮވޭނީ،،،، މިއީ އެބުނާ އިންސާފާ ހަމަ ހަމަ ކަން މުޅި ދައުލަތުގައި އެއް އާއިލާއެއް

    3
    1
    • އ. ޖ. އ

      ވަކި މީހެއްގެ ދަރިއަކަށް ވުމަކީ ކަމަކަށް ހުރަސް އެޅޭ ސަބަބަކަށް ވެގެން ނުވާނެ.. ކޮންމެ މީހަކީ ވެސް ކޮންމެސް މީހެއްގެ ދަރިއެއް. ހަމަ ދިވެހީން