ނ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓު އަންނަމަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވެހިކަލްތަކުގައި ސްޓިކާ ޖަހާ މައްސަލައިގައި މަޖިލީހަށް ހާޒިރުކޮށް މެންބަރު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމަށް ވަންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަންނަ މަސް ތެރޭގައި އެއަރޕޯޓު ހުޅުވާނެކަމަށް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު އެ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ކަހަަލަ ގޮތަކަށް ނިމިފައިވާކަަމަށެވެ.

"މާފަރު އެއަރޕޯޓުގެ މަސައްކަތް ދޭތެރެއަކުން ހުއްޓިގެންދިޔަ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އަލުން އެ މަސައްކަތް ވަރަށް ބާރަށް މިހާރުދަނީ ކުރިއަށް. މިހާރު އެއަރޕޯޓުގެ މަސައްކަތް އެއްކޮށްކަހަލަ ގޮތަކަށް ވަނީ ނިމިފައިބައެއް ކަންތައްތައް ޗެކްލިސްޓުގައި ހިމެނޭތީ މަޑުކޮށްލައިގެން މިތިބީ.. އަޅުގަނޑު ދަންނަވާލާނީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެއަރޕޯޓު ހުޅުވިގެންދާނެކަމަށް." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓަކީ 2007 ވަނަ އަހަރު އިއުލާން ކުރި އެއާޕޯޓެކެވެ.