ށ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި "ރޯޔަލް ސްޕީޑް"ނަމަކަށް ކިޔާ ލޯންޗެއް ފަރަކަށް އަރައިގެން ސިފައިން ހަރަކާތްތެރިވަމުން އެބަ ދެއެވެ.
އެމްއެންޑިއެފްއިން ވިދާޅުވީ، ހަތަރު މީހުންނާއެކު ފުރައިގެންް ދަތުރު ކުރަމުންދިޔަ އެ ލޯންޗް އަރާފައި ވަނީ، ނ. ދެކެނަންފަރު ކިޔާ ފަޅުރަށް ކައިރީ އޮންނަ ފަރަކަށް ކަމަށެވެ. އަދި މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ ރޭ މަންދަމު 1:05 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ލޯންޗް ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ގުޅިގެން ލޯންޗްގެ ވެރި ފަރާތުން ދަނީ ކުރަމުންނެެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
އެ ލޯންޗަކީ ފަސެންޖަރުން ގޮވައިގެން ށ. އަތޮޅަށް ފޮސް އިތުރު ފަސެންޖަރުން ނެގުމަށް މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެކެވެ.
ހަރަކާތްތެރި ވަނީއޭ؟ ބަންޑާރަކޮށީގަ ތިބެގެންތަ؟