އަންހެން ދެ ފަނޑިޔާރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނެރެފައިވާ ރައުޔުގެ ފޮޓޯއެއް ޓްވީޓްކޮށް މޮސްޓާ ވިދާޅުވީ، "މިހެން މިކަން އޮތް ނަމަ އަންހެނަކު ފަނޑިޔާރުކަން ދިނުމާއި އެއްކޮޅަށް ނެގޭ ވޯޓުގައި ބައިވެރި ނުވާނަން،" ކަމަށެވެ. އަދި އޭނާ ވަނީ މިކަން ވަގުތުން ވަގުތަށް ހުއްޓާލުމަށްވެސް ގޮވާލާފައެވެ.
މޮސްޓާ މިފަދައިން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނަން ފޮނުއްވުމާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެެއްގައެވެ.
ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވި ދެ އަންހެން ބޭފުޅުންނަކީ ޑރ. އަޒްމިރްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ. ޑރ. އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ ގޮތުގައި މަަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ. ސުޖޫންއަކީ ސިވިލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. 2015 ވަނަ އަހަރު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާދެއްވިއިރު، އޭނާއަކީ ބާ ކައުންސިލްގެ މެމްބަރެކެވެ.
މޮސްޓާ ކުރެއްވި ޓުވިޓުގައި އިތުރަށް ދާޅުވެފައި ވަނީ މިފަދައިން ކަންކަން ދާކަމަށް ވާނަމަ، ދުވަސް ކޮޅަކުން ދީނީ ޢިލްމު ކިޔަވައިގެން ތިބި މޮޅެތި އަންހެނުން ހުކުރު ކުރުމުގެ ހުއްދައަކަށް ފޮނުވާކަށް ވެސް ފަހެއް ނުޖެހޭނެ ކަމަށެވެ.
މޮސްޓާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި ދީނީ ޢިލްމުވެރިން މިކަމުގައި ޙައްޤުބަސް ބުނުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް، ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސް ކޮށްގެންނެވެ.
ދެން ވަލީދޭންވެސް އަންހެނުން ބައިތިއްބާ މައިމީހާ ބައްޕައަށްވުރެ 3 ދަރަޖަ އުފުއްލަވާފައޭ ކިޔާފަ. ޖެންޑާރ އީކުއަލިޓީއޯ އެހެންޏާ ފަހެ... މި މީހުންނަށް ތެދުމަގު ދައްކަވާށި އާމީން
އެ ބޮޑު ފާފައިން ތިބާ ދުރަށް ދިޔައީތީ ޝުކުރުކުރަން....
ތިޔަ ވޯޓުގައި ބައިވެރިވާ އެއްވެސް މެމްބަރަކު ދެން އެއްވެސް ދައުލަތުގެ މަގާމަކައް ހޮވުމައް ރައްޔިތުން ވޯޓުނުދެއްވާތި. އަދި މާތް ރަސްކަލާނގެ ހަތްއުޑުމަތީން ތި އަންހެނުންތަކައް ފަނޑިޔާރުކަންދޭން ވޯޓުދޭ ހުރިހާމެމްބަރުންނައް ލައުނަތް ބާއްވާލައްވާށި.. އަދި ދުނިޔޭގައިވެސް އާޚިރަތުގައިވެސް އެއްވެސް ކާމިޔާބީއެއް އެމީހުންނައް ނުދެއްވާށި.
ބައިވެރި ނުވުންތަ ރަނގަޅީ. ނޫނީ އެކަމާ ދެކޮޅަށް ވޯޓު ދިނުންތަ ރަނގަޅީ. ބުއްދި ވެރިންނަކީ ކޮބައިބާ
އެކަމާ ދެކޮޅަށް ވޯޓު ލުން ރަނގަޅީ. ތިމާއަކީ އިސްލާމީ ހުކުމްތަކާ ދެކޮޅު މީހެއްކަން ދައްކަންވާނީ ސާބިތުކަމާއެކު. މެމްބަރު މިކަމާ ވިސްނާފަ، މަޖްލިސްގައި އެކަމާ ދެކޮޅަށް ވޯޓު ދެއްވާނެކަމަށް އުންމީދުކުރަން.
ދިވެހިރާއްޖޭގެ ގަަނޫން އަސާސީގެ 274 ވަނަ މާއްދާގަ ސާފުކޮށް ބަޔާންކޮށްފަ އެވަނީ ރާއްޖޭގަ ޝަރުޢީ އަދި ޤާނޫނީ ތަރަހައިގެ ތެރެއިން ޝަރުޢީ ބަލައިގަންނަން ޖެހޭނީ އަދި ޢަމަލު ކުރަން ޖެހޭނީ އަހުލުއްސުއްނަތި ވަލް ޖަމާޢަތުގެ ރައުޔަށް ކަމަށް އެހެންކަމުން އަހުލުއްސުއްނަތި ވަލްޖަމާޢަތުގެ ރައުޔާ ޚިލާފް ނިންމުމެއް ނިންމުމަކީ ސީދާ ޤާނޫން އަސާސީއާ ޚިލާފް ކަމެއް އެހެންވެ ހަނދާންކޮށް ދިނީ އަދި އެފަދައިން ޢަމަލުކޮށްފި ނަމަ އެމައްސަލަ ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް ގޮތުގަ ހުށަހަޅަންވެސް ޖެހޭނެ
ބައިވެރިވެ ވަޑައިގެން ނޫނެކޭ ވިދާޅުވެދެއްވުމަށް، ހުރިހާ މެމްބަރުންނަށް ގޮވާލަން.
ނޮޅިވަރަމް ދާއިރާގެ މެންބަރު ދީނީ އަޤީދާ ހަރުދަނާ ކުރުމަށް އެއްބާރުލުން ދެއްވާތީ ސުކުރު ދަންނަވަމެވެ އެއް
އިރެއްގައި ގޯސްކޮށް ކަމެއް ވެފައި އޮތުމަކީ ތާއަބަދު އެކަން
ދަމަހައްޓަންވީ ސަބަބެއްނޫނެވެ
ސާބބަސް
ސާބަހޭ މޮސްޓާ