ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި އެއާ އޭޝިއާގެ ފްލައިޓެއްގެ އިންޖީނުގައި ރޯވެ އެއާޕޯޓުގައި އެމާޖެންސީގައި ޖައްސައިފިއެވެ.

ވެލާނާ އެއާޕޯޓަށް މި ބޯޓު ޖެއްސުމުގެ ކުރިން އެއާޕޯޓް މަތީގައި ބުރު އަޅާފައި ވެއެވެ.

މަންޒަރު ދުށް މީހަކު ބުނީ، ބޯޓު އެއާޕޯޓުގެ އިރުމަތީ ފަރާތުން ނައްޓާލި އިރު ވެސް އަލިފާން ރޯވެފައި ހުރި ކަމަށެވެ. އަދި ގާތްގަނޑަކަށް ދެ މިނެޓެއްހާ އިރުގެ ތެރޭގައި އަޑެއް ގޮވި ކަމަށްވެސް ބުންޏެވެ.

އެއާޕޯޓުގައި ބޯޓު ޖެއްސިިއިރު އިތުރު އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. ހާދިސާ ހިނގިއިރު އެއާ އޭޝިއާގެ ފްލައިޓްގައި 59 ފަސެންޖަރުންނާއި ހަތް ކްރޫ އިން ތިއްބެވެ.

މި ބޯޓަކީ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންކޮކަށް ދާން ފުރި ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު" އަށް މައުލޫމާތުދިން އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ، "ބޯޓު އެމާޖެންސީގައި ޖެއްސީ އެއްވެސް ގެއްލުމެއް ނުލިބި ކާމިޔާބުކަމާއި އެކުގައި". ކަމަށެވެ.

ވެލާނާ އެއާޕޯޓް މިހާރު އޮތީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. އަދި އިތުރު އެއްވެސް ފްލައިޓެއް މިވަގުތު ވެލާނާ އެއާޕޯޓަށް ނުޖައްސައެވެ.

މިހާރުވެސް އެއާޕޯޓް މަތީގައި ބައެއް ފްލައިޓްތައް ދަނީ ބުރު އަޅަމުންނެވެ. އޭގެ ތެރޭގައި މަންތާ އެއާގެ ބޯޓެއް ހިމެނެއެެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެއާ އޭޝިއާގެ މަތިންދާ ބޯޓަށް ދިމާވި މައްސަލައާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން، އެ މިނިސްޓްރީގެ އިސް އޮފިޝަލުން މިހާރު އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެއާޕޯޓްގައި ހަރަކާތްތެރި ވަނީ

އަދި އެ ބޯޓުގައި ފަތުރުވެެރިން ތިބުމާއެކު އެކަން ހަމައަކަށް އެޅުމަށް ސަރުކާރާއި، މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާައަސްލަމް

    ނުބައި ނުލަފާ ވެރިކަމެއް ރަށްޔިތުންތަށް ފަނާވަނި ބިރުންނާ ކުއްލިހާދިސާތަށް ގިނަވެގެންގޮސް

    61
    34
    • XD

      އަދިވެސްތި ބޯދާ ވިސްނުން ދޫކޮށްލާކަށް ނުވޭތަ.

      5
      7
    • ޙަސަނު

      ޢަސްލަމާ , ކަލޭ ހަމަހޭގަ ހުރެބަލަ , ކަމެއްވާއިރަށް ވެރިކަމޭ ތިކިޔަނީ, ކަލޭމެން ކަހަލަ މީހުންގެނުބައި ވިސްނުމުގެ ސަބަބުން ވާ ގޯސްކަންތައްތައް.

      6
      12
    • XD

      އަދިވެސް ތި ބޯދާ ވިސްނުން ދޫކޮށްލާކަށް ނުވޭތަ.

      2
      7
    • ކޮސްލަމް

      ޔާމީނަށް ހުކުމް ކޮށް ޖަލުގެ ތޭރިތަކުގެތެރޭ ހިލިހިލާ ޖަހާ 24 ގަޑިއިރު އަނދަގޮޑިއެއްގައި ނުބަހައްޓާތީ ގައުމަށް ދިމާވާ ބިރުވެރި ހާދިސާތަކުން ހާދިސާއެއް... ދެންވެސް މި އޯގާތެރި ސަރުކާރުން ގާނޫނުގެ ތެރެއިން ކަންކަން ނުކޮށް ޔާމީނު ހެދިގޮތަށް ގަދަބާރުން އަނިޔާވެރިކަމާއެކު ޝަރީއަތަކާއި ނުލާވިޔަސް ނުވަތަ ޝަރީޢަތް ނިމެންދެންވެސް ޔާމީނު ގޮޅިއަށް ލައިގެން މިކަހަލަ ބިރުވެރިކަންކަމުން މިންޖުވާނީ!

      1
      5
  2. އެއަރޕޯޓު މީހާ

    ބަލަ ތިޔަކަމަކާއި ޓުއަރިޒަމް މިނިސްޓަރަކާއި ކޮންކަމެއްތޯ. ބަލަ ތިޔާކަހަލަ ކަންކަންވީމައި ކަމާއި ގުޅުންނެތް މީހުންގޮސް އެއަރޕޯޓުފުރާލައި ބޯޓާއި އެކު ސެލްފީނަގައި މައްސަލަ ހައްލުކުރަން ތިބި އެއަރޕޯޓު ގްރައުންޑް ސްޓާފުންނާއި ޓެކްނިކަލްމީހުން ނަށް ނުހޮރުއްޕާން ކުރަންވީއެއްނޫން ބީތާއިންނޭ. ވަޒީކުރަންލިބުނީމައިވެސް މިއިއްޗެހިންނަށް ވާނުވާ ނޭގިގެން މިއުޅެނީ. ބަލަ ދެޖީބައް އަތްމަހާލައިގެން އެއްޗއްސާއި ކުޅެން ނުހުރެ މިޓުއަރިޒަމް ގައި ވަޒީފާ އަދާކުރާ ދިވެހިންގެ އަޑު އަހާ އެމީހުނަށް ހައްގު ހޯދައިދީބަލަ.

    15
    2
  3. ޔައުނީ

    ބެންގުކޮކައް ދާން ބޯޓައް އަރާ ތިބޭއިރު ބަޔެއް މީހުން ބެންކޮކައްގޮސް އެތާގެ ކުދީންނާއި އެކު ފިސާރި ޖަރީމާ ހިންގާލާނެކަމުގެ ނިޔަތުގައި ތިބޭއިރު ބޯޓައް މިފަދަ ގޮތްތައްވުން އައުލާވެގެންވޭ ދޯ..

    17
    5