މާލޭގެ ގެއެއްގެ ތެރޭގައި 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު މާފަންނު ގެއެއްގައި މީހަކު ނިޔާވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން މިހާތަނަށް ބެލިބެލުމުން ނިޔާވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ނިޔާވި މީހާގެ ނަން ވީހާވެސް އަވަހަށް އަޕްޑޭޓް ކޮށްދެއްވުން އެދެން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
މަރުތަކާބެހޭ ކޮމިސަން ކޮބާ މިހާރުވެސް މަރުތަކުގެ ޒިންމާ ނަގަންޖެހޭނީ ރައީސް!!
ޒިންމާ ނަގަން ޖެހޭނީ ރައީސް. ހުރިހާ ކްރެޑިޓެއް ނަގާނީ މަޖިލީހުގެ ރައީސަކަށް ހުންނަ ބޯބުރާންތި.