ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދޭން ޕާކިސްތާނުން ދެކޮޅުހަދައިފިއެވެ.
އިންޑިއާ ސަރުކާރުން ވަނީ އިންޑިއާގެ ބޮޑުވަޒީރު 20 ސެޕްޓެމްބަރު ގައި ޖަރުމަންވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދިފައެވެ.
ނަމަވެސް ޕާކިސްތާނުން ނިންމާފައި ވަނީ މޯދީ ދަތުރުކުރާ ފްލައިޓް ޕާކިސްތާންގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ހުއްދަ ނުދޭން ނިންމާފައެވެ.
"އިންޑިއާއިން ހިފާފައިވާ ކަޝްމީރުގެ ހާލަތާއި އިންޑިއާއިން އެތަނުގައި ހިންގަމުންދާ ލާއިންސާނި އަނިޔާވެރި އަމަލުތަކާއި ނިގުޅައިގަންނަމުންދާ ހައްޤުތަކަށް ރިއާޔަތްކޮށް އިންޑިއާއިން އެދުނު ހުއްދަ ނުދޭން އަހަރުމެން ނިންމައިފިން" ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މަހްމޫދު ޤުރެއެޝީ މިއަދު އާންމު ކުރެއްވި ވީޑީއޯ ހިތާބެއްގައި ވިދާޅުވިއެވެ.
ޤުރެއިޝީ ވިދާޅުވީ މިހާރު މިނިންމުން ވަނީ އިންޑިއާގެ ހައި ކޮމިޝަނަށް ރަސްމީކޮށް އަންގާފައި ކަމަށެވެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަކަށް ދާދި ފަހުން އިންޑިއާގެ ރައީސް ވެސް އެދުނެވެ. ނަމަވެސް ޕާކިސްތާނުން އެފަހަރު ވެސް ހުއްދައެއް ނުދިނެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުން މިހާރު ގޯސް ވެފައި ވަނީ ކަޝްމީރަށް ދީފައި އޮންނަ ހާއްސަ އިމްތިޔާޒުތައް އުވާލަން ނިންމުމުންނެވެ.
ސާބަހޭ ޕާކިސްތާން !
ގެރި ބުދައް އެއްވެސް މަގެއް ނުދައްކާތި
ސާބަހޭ ޕާކިސްތާން. ރަނގަޅު ގެރިމޯދީ ޔަށް ނުދޭތި އެއވެސް ހުއްދަޔެއް. ޢެމްބަސީވެސް ބޭރުކޮށްލާ. މިރާއްޖޭން ހުޅުމާލެ ފޭސް 2 އިން 32 ހާސް އަކަފޫޓުގެ ބިމެއް އެމްބަސީ ހަދަން ދިނުމާ އައްޑޫގައި 100000 އަކަފޫޓުގެ ބިމެއް ދިނުމާ މާފިލާފުށީގައި އެމް.އެނ.ޑީ.އެފް އަށް ހެދި އިމާރާތާ އެ އިމާރާތުގެ ވަށައިގެން ބޮޑު ބިމެއް ދިނުމާއި ހަނިމާދޫ އަދި ކައްދޫވެސް އިންޑިޔާގެ ހިޞޯރުގައި ބާއްވަދިނަސް ޕާކިސްތާނަކީ ގަޓުހުރި ގައުމެއް. ޕާކިސްތާން ޒިންދާބާރު.
ޕާކިސްތާނަށް ހަމަސާބަސް މޯދީގާތުބުނެދީ ޕާކިސްތާނުގެ ސަރަހައްދުހުރަސްކުރަން ގެރިއެއްމަތީގައި ދަތުރުކުރާށެ