ހަޑިހުތުރުބަހުން މިއަދު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ޓްވީޓު ކުރެއްވުމުން އެކަމަށް ރައްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ފާޑުވިދާޅުވެއްޖެއެވެ.
މާރިޔާގެ ނަން ހިމަނާފައި ނުވީނަމަވެސް، މިއަދު ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓްވީޓު ކުރާއިރު ހުތުރު ބަސް ބޭނުންކުރުމަކީ ބައެއް މީހުންގެ ނަޒަރުގައި ވަރަށް މޮޅު ކަމެއް ކަމުގައެވެ. ނަމަވެސް ހަޤީޤަތުގައި އެފަދަ ކަންކަމުން އެނގިގެން ދަނީ ތިމާގެ އަޚުލާޤެއް ނެތް ކަމާއި ލަދު ކުޑަކަން ކަމަށް ޝެއިޚް ޒައިދު ވިދާޅުވިއެވެ.
"ބައެއް މީހުންނަށް ހީވަނީ ވަރަށް މޮޅު ކަމެކޭ ޓްވީޓް ލިޔާއިރު ހުތުރު ބަސް ބޭނުންކުރުމަކީ. ބައްލަވާ. އޭގެއިން އަންގައިދެނީ ތިމާގެ އަޚްލާޤު ނެތްކަމާ، ލަދު ކުޑަކަން. އަނގަ ހުތުރުވުން ރީއްޗެއް ނޫން!" ޝެއިޚް ޒައިދު ކުރެއްވި ޓްވީޓުގައި ވެއެވެ.
ޝެއިޚް ޒައިދު މިގޮތަށް ވިދާޅުވެފައި މިވަނީ މިއަދު ރައީސް ޔާމީނަށް ނިސްބަތްކޮށް މާރިޔާ ހަޑިހުތުރުބަހުން ޓްވީޓު ކުރައްވާފައި ވަނިކޮށެވެ. އެ ޓްވީޓުގައި ހަޑި ހުތުރު ބަސް ބޭނުންކުރައްވަމުން މާރިޔާ ވިދާޅުވީ އެއީ ދިވެހިން ރައީސް ޔާމީން ފަދަ ބޭފުޅުންނަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއް ކަމަށެވެ.
މާރިޔާ މިގޮތަށް ޓްވީޓު ކުރައްވާފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި ފިކުރަށް ބަލައިގެން ވަޒީފާތަކުން މީހުން ވަކި ނުކުރައްވާ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކަށް ރައްދު ދެއްވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ކުންފުނިތަކާއި ސިވިލް ސާވަންޓުންގެ ފިކުރަކަށް އެމަނިކުފާނުގެ ވެރިކަމުގައި ނުބައްލަވާ ކަމަށާއި އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިދިކޮޅު ޕީޕީއެމްގެ ފިކުރުގެ ހުރިހާ ޒުވާނުން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ރޔ ވިދާޅުވީ އެންމެން ދަންނަ ހަގީގީ ވާހަކައެއް.
ތިޔައި މޑޕ އެންމެންގެވެސް ހާލަތު. ވަކިމީހެއް ނެތް.
ތިޔަ ކެނެރީ ޕާޓީގަ ގިނައީ މިކަހަލަ ލަދު ކުޑަ ގޮތް ކުޑަ މީހުން،
ހަޔާތްކުޑަކަމުގެ އިންތިހާ.
އެކަހަލަ އަންހެނުންގެ އަޚުލާގީ ފފެންވަރު ވަރައް
ދައްވާނެ މަގުތަކުގަވެސް އުޅުނީ އެހާއަޚުލާގުދައްކޮއް
އެހެންވީމާ އެއަންހެނާގެ އަޚުލާގު އެހާދަށީ
ޝެއިހްގެ ވާހަކައަށް ތާއީދު، ހަމަ މިގޮތައް ޕޯޑިޔަމް ތަކުގައި ޔާމީން ދީނާ ޙިލާފަށް ދައްކާފަހުރި ވާހަކަތައް އަފިހުން ރައްޔިތުންނަށްދޭ ވާހަކަ، ބެންކޮކުން ހޯދަނީ ހިލޭ އަންހެނުން ނޫންކަން، ހަލާލެއް ޙަރާމެއް އަނބިމީހާވެސް ނުބަލާކަން، ވައްކަމަކީ އިންސާނާގެ ތަބީޢަތުގަ ހުންނަކަމެއް ކަމަށް ބުނެ ދެއްކިވާހަކަތަކަށް ރައްދެއްނުދިނުމުން ޝެއިޙްގެ އިޙްލާސްތެރިކަމާ ދީނަށްކުރާލޯތްބާމެދު ސުުވާލުއުފެދުމުގެ ޖާގަ އެބައޮތްދެއްތޯ
ބަރަހަނާ ހާލުގަ ހަމައިންނެއްޓިހުރެ ޔާމީނުފަދަ ގަދަރުވެރި ރައްޔިތުންގެލޯބި ލިބިފަވާ ފަރާތްތަކައް ރައްދުދޭއިރު ހަޑިހުތުރުބަސް ބޭނުން ކުރަނީ ދީނީކަންފުޅެއްވެސް ނުދަންނަ ބަޔަކައްވާތީ
މަންޖެ ކުރެން އަހާބަލަ ސްކޫލުންކަނޑާލީ ކިހާވަރެއްގެ ލަދުވެތި ކަމެއް ކުރެވުނީމަތޯ ؟ ވީއިރު ހުންނާނީ ކޮންހަޔާތެއް.
މާރިޔާގެ ހަޔާތް ކުޑަކަން މުޅިދުނިޔެވެސް ވަނީ ދެކިފައި. ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކަށްހުރެ ގާނޫނުފޮތަށް ވަނީ ފައިން އަރާފާ. މިހިރީ މިމާރިޔާގެ ގޮތެއްފޮތެއް ނެތްކަން ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތްކަން.
ލަދު އޮތީ ފާޅުވެ އެނގެން ރައްޔިތުން ބަލައިނުގަނޭ ލަދު ޙަޔާތުގެ ވާހަކަ
ޢެއްވެސް ތަނެއްގަ އެއްވެސް މީހަކު ބޭއަދަބީ ބަހުން ވާހަކަ ދައްކަިގެންނވާނެ އެކަމަކު ޢަބުﷲ ޔާމީނު އަކީ އަބުރުވެރިއެއްނުން