ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ގަސްދުގައި ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިދާޅުވި ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އަކީ "ގަމާރެއް" ކަމަށް ދޭހަވާ ގޮތައް މީހަކު ކޮށްފައިވާ ޓްވީޓް މެންބަރު އިބްރާހިމް މުއިއްޒު އަމިއްލަފުޅަށް ރީޓްވީޓް ކުރައްވައިފިއެވެ.
އާއްމުކޮށް ސަރުކާރަށާއި އެމްޑީޕީ އަށް ފާޑުކިޔާ ޓްވިޓާ އެކައުންޓެއް ކަމަށްވާ "ޕޮކަންޑީމޭން" ކޮށްފައިވާ ޓްވީޓްގައި މެންބަރު މުއިއްޒު ޓެގް ކުރުމަށް ފަހު ބުނެފައި ވަނީ "ގަމާރު ވިޔަސް ވާން ވާނީ އެހެން މީހުންނަށް ކުޅަދާނަވާ މިންވަރަކަށް" ކަމަށެވެ. އެއްވެސް އިތުރު ވާހަކައެއް ވިދާޅުނުވެ މުއިއްޒު ވަނީ އެޓްވީޓް ރީޓްވީޓް ކުރައްވާފައެވެ.
ރީޓްވީޓް ކުރަނީ ޓްވީޓެއްގައި ބުނާ ވާހަކައަކާއި އެއްބަސް ވުމުގެ ގޮތުން ނުވަތަ، ޓްވީޓްގައި ބުނާ ވާހަކައެއް އެހެން މީހުންނަށް އެންގުމުގެ ގޮތުންނެވެ.
"ޕޮކަންޑީމޭން" ކުރި ޓްވީޓްގައި މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ރާވައިގެން ދިން ހަމަލާއެއް ކަމަށް މުއިއްޒު ވިދާޅުވެ ފޭސްބުކްގައި ކުރި ޕޯސްޓްގެ ފޮޓޯއެއް ހިމެނުމަށް ފަހު ބުނެފައި ވަނީ "ސަޅި. އޭރުން ސަރުކާރުން އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެއްނު. މާދަމާ ދައުލަތުގެ ރިޒާވް އެއްކޮށް ހުސްކޮށްލީމަ އެކަން ޖަހާނީ ބޯކޯ ހަރާމް ޖަމާޢަތުގެ ބޮލަށް." ކަމަށެވެ.
އަލިފާނުގެ ހާދިސާ އަކީ ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް މެންބަރު މުއިއްޒު ވިދާޅުވުމުން އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި އޭނާ ވިދާޅުވި ވާހަކަފުޅުގެ ހެކި ދެއްކުމަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ގަމަާރެހޯ
ޙިނދު ކޮޅުއައިސް ހުރި ބތ އެއް މީ.
މުއިއްޒަކީ ހަމަ ސަޅި ބޯކާ ގަމާރެއް
ޢިްމާލްވިކަންނުދައްކާންވެގެންކުރާމަސައްކަތް...ދެން ޓެރަރިޒަމް ބިލްފާސްކޮއްލާ ސުންނަތަށް ނޫޅެވޭޮގޮތައް.
މި އަލުފާން ރޯކުރުމުގެ އަޑިގަ އިބްރާހިމް މުއިއްޒު ހުރެފާނެ
ޢަދި ބުނާނެ ސީރިޔާ ގްރޫޕޭ އިސްލާމްދީންދެކެ މުސްލިމުންދެކެ އެހާ ނަފްރަތު އުފެދޭ ބަޔަކު ނިންމަފާނެ ކޮންމެ ގޮތެއްވެސް
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އެއީ ގަމާރެއްކަން އެނގޭ ބަލާލީމަވެސް.
ތިއުޅޭ ޕޮކަންޑަމޭންއަކީ މިހާރު ހުއްޓުވަންޖެހޭ މީހެއް ސަރުކާރަށް ނޮހޮރޮއްޕާން މީނާގެ އަނގަޔާ ހެދި، މީ ޔާމީނު ލާރިދީގެން ކުރާ ކަމެއް
ހަހަހަ އަސަރު ކުރޭތަ ާ ާ ާ ރުޅި ގަދަވޭތަ ާ ާ ާ
ވަރަށް މަޖާ
އޭނާ ހުއްޓުވާއިރަށް އެފަދަ ސަތޭކަ މީހުން ތިބޭނެ. ކަލޭމެން ޔާމީނަށް އެކަނި ދޯ އެއްޗިހި ކިޔާންވީ. ޟަމެންތިބީ ހަޖަމުކޮށްގެން. ޚަލޭމެން ވެސް ހަޖަމުކޮށްލާ މިފަހަރު.
ރައްޔިތުން ނަށް ބިރުވެރިކަން އިޙްޞާޞްވާގޮތަށް މިފަދަ ބޭފުޅުން މިފަދަ ޢިބާރާތްތައް ބޭނުން ކުރުން އެހާ ރަގަޅޭއްނޫން
ގަމާރަކައް ދޯ ވާނީ ފިލްމީދާއިރާ ގެ އާއިލާއެއް ގެ މެންބަރެއް މުއިޒް އަކީ ، އޭނާ ހޮވީ ވެސް ގަމާރުން ތަކެއް ދޯ ، ހަހަހަ
ގަމާރެއް ވީމައެއްނު ތިމާ ގަމާރެއްކަމަށް އެއްބަސްވާނީދޯ؟
މި މިހާރުގެ ސަރުކާރު އިސް، މަޖިލީހުގެ މެމްބަރުންގެ ހާލަކީ . ކީއްކުރާނީދޯ ؟
އަސްލުވެސް އޭނަ ވ ގަމާރުވާނެ. ގޭދޮށުމީހެކޭ އެއީ. ޕާޓީން ރުފިޔާ އަޅާލީމަ ގޮނޑި ލިބުނެއްކަމަކު.
ޕޮކަންޑީ މޮޔަވެގެން ސަރުކާރަށް އަބަދު ބަވަނީ ޔާމީން ނުހޮވުނީމަ
ޕޮކަންޑީ މޮޔަވެގެން ސަރުކާރަށް އަބަދު ބަވަނީ ޔާމީން ނުހޮވުނީމަ
އަދި މާމަދު. އިތުރު ނަންނަމުގަ އަދިވެސް ލިޔޭ. ހިތަށް ތިވާ ތަދު ކުޑަ ކުރެވޭތޯވެސް ނަންނަަން ޖަހައިގެން ލިޔޭ.
މިހާރުގިނައީ ތީގެ މީހުން. ޚިކުރާނީ ޓައީއަޅަފަގޮސް ގޮޑީގަނިކަސް އަދި ކަމެއްނުވާނެއެވެ.
ގާމާރުފުޅު ބޭފުޅެއް! މަޖްލީސް މެންބަރަކޯ!!!!
ބަޔަކު ކަކުންޏެއް ނަގާ ތިގޮނޑީގަ ބޭންދިޔަސް އޭނީ އެއިއްޒަތްތެރިވެފަ. ތިމީހާ ގީ އާފުރެންނޫނި އަނގަވެސް ހުޅުވާ މީހެއްނޫން. ރީންދޫވެގެން ހޭކެނޑުނީމަ ތިމާހާއަށްވެސް ތީނީ މަގާމަކަށް އާދެވިފަ. 5 އަހަރުވަންދެން ގޮނޑިހޫނުކުރަން ބައިންދާ.
ޢިސްލާމްދީން ބަދުނާމުކުރުމަށް ހައްދުފަހަނައެޅި ލާދީނީމީހުން ދައްކާވާހަކަމީ...
މަށަށް ހޯވަނީ މީ ޕޮކަންޑިމޭން ގަސްތުގައި ކުރިކަމެއްހެން. މީހަކު މިކުރާ ވިޔަފާރިއަށް ހަސަދަލައިގެން އެވިޔަފާރި ޕޮކަންޑިމޭން ކުރަން ބޭނުންވެގެން އުޅުނުވާހަކަ މީހަކު އޮތީ ކިޔާދީފައި. ޕޮކަންޑިމޭން އެކޭ މިސްކިތު ހުޅުޖެހިމީހާއެކޭ ހަމައެއްގޮތް. މުުއިޒް ވިދާޅުވީ ހަމަ ތެދެއްކަން މިއޮތީ އިނގިފައި. ޕޮކަންޑިމޭން ތީ ކާކުކަން އޮތީ އެނގިފައި. މިކަން ވަރަށް އަވަހަށް އަންގާލާނަން.
ގަރުބަޗޯ ކަލޭ މޮޔަވީތަ ކިރިޔާ ކަމެއްވާއިރަށް ޔާމީން އިސްތައްޓޭ ތިކިޔަނީ