މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނީ ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނައަޅައިދިއުން ރާއްޖޭގައި އޮތް މިންވަރާ ގުޅޭގޮތުން އިސްލާމް ދީނާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުށްވެރި ކުރީ ގޮތް ހުސްވުމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އެ ރިޕޯޓް ކުށްވެރިކޮށް ބަޔާނެއް ނެރުނީ މިއަދު މެންދުރު ފަހުއެވެ. ރައީސް އެ ރިޕޯޓް ކުށްވެރިކޮށްފައި ވަނީ، ރިޕޯޓްގެ މައްސަލަ ފެންމަތިވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަދި ރައިސް އެ ރިޕޯޓް ކުށްވެރި ނުކުރާތީ އެކަން ގިނަބަޔަކު ފާހަގަކުރަމުން ދަނިކޮށެވެ.

ރައީސް މިއަދު އެ ރިޕޯޓް ކުށްވެރިކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓު ބަލައިނުގަނެވޭނެ ކަން ރައީސް ސޯލިހަށް އެނގިވަޑައިގަތީ މުޅި ރާއްޖެ މިކަމަށް އިހުތިޖާދުކޮށް ޕްރެޝަރު ބޮޑުވެ ގޮސް ހުސްވުމުން ކަމަށެވެ.

ރައީސްގެ އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އެމްޑީއެންއިން 2015 ވަނަ އަހަރު ޝާއިރުކޮށްފައިވާ، ރިޕޯޓުގައި އިސްލާމް ދީނުގެ އުސޫލުތަކާއި އިސްލުތަކަށް ފުށުއަރާ އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާ އަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެ ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލައި، ދިވެހި މުޖުތަމައުގައި ގާއިމްވެފައި އޮތް މުޖުތަމައުގެ މަސްލަހަތު އިސްކޮށް، އަމާންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް، އަޅުގަނޑު އަޅަމުން ގެންދާނަމެވެ". ރައީސްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމދު

    ކަލެއަށް ރަގަޅު އެއްގޮތެއްވެސް ނޮއޮންނާނެ

  2. Anonymous

    ތެދުވާހަކައެއް، މުޅިގައުމު ކެކިއަރާތާން އެތައްދުވަހެއްވީފަހުން ވިއްޔާ، އެމަނިކުފާނު އެވަރުގެ ބަހެއްވެސް ވިދާޅުވީ