ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކުރީ މުޖުތަމަޢުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނައަށް ގެއްލުންދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ނިރުބަވެރި ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް މީސްމީޑިއާގައި އާންމުކޮށް ހާމަކުރަމުން ދިޔަ މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.
"މުޖުތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރެރިސްޓު ޖަމާޢަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލްމީޑީއާގައި ޕޯސްޓުކޮށް ހާމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކު މިރޭ ފުލުހުން ހައްޔަރުކޮށްފި،" ފުލުހުން ވިދާޅުވިއެވެ.
Mujuthmauge thereygai biruverikan ufedheygothah meehunge furaanayah gellun dhinumashaai aniyaaveri amaluthah hingumah govalaa, terrorist jama’aithakuge nishanthakaai liyekiunthah social media gai post koh haamakuramundhiya 27 aharuge firihenaku mirey fuluhun hayyaru kohffi
— Maldives Police (@PoliceMv) October 12, 2019
މި މައްސަލަ އާއި ގުޅިގެން ފުލުހުން އަދި އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުން ކޯޓު އަމުރެއް ނެތި ތަންތަން ފާސް ކުރުމާއި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިފައި ވެއެވެ.
އާންމުވެގެންވާ ކޯފާއެއް އަތުވެދާނެފަދަ ނުބައިނުލަފާ އަމަލުތައް މުރުތައްދު ބައިގަނޑެއް ވަރަށް މިނިވަންކަމާއެކު ހިންގަމުންދާތީ ރާއްޖޭގެ މުސްލިމުން މިވަނީ ވަރަށް ބޮޑު ބިރުވެރކަމެއްގަ. އެފަދަ ފާހިޝް ނުބައި އަމަލު ހިންގާ މީހުންގެ އަމިއްލަ ޚިޔާލު ދޯ އެއީ؟ ސާބަހެއް ދެން އިނގޭ.
ލާދީނީ އާ ދެކޮޅަށް ބަސް ބުނުމުން އެ ބަސް ބުނި މީހާ މިވީ ޓެރޮރިސްޓް އަކައްދޯ
ޔާ ﷲ ! މިގައުމުގަ ތިބި ކުފުރުވެރިވެފާވާ ބައިގަނޑުތަށް ހިއްޕަވާ ދެއްވާ އިސްލާމް ދީނަށް ގަދަކަން ދެއްވާނދޭ!
ކަލޯ މިއުޅޭ ވެރިކަމުން ފުންމާލި ކަލޭ ވެސް ތިޒާތުގެ ވާހަކައެއް ރޭގަ ދެއްކި.......
މިފެށުނީ ދެންފެންނާނީ ފަހަރަކު މީހަކު(ޓެރަރިސްޓަކައްވެގެން)ހައްޔަރުކުރާތަން
އެބަޔަކު އަމިއްލައަށް އެބައެއްގެ ޙާލަތު ބަދުކޮށްފުމަށްދާންދެން ﷲ އެބައެއްގެ ޙާލަތު ބަދަލެއް ނުކު ރައްވަތޭ
ތި ފެށުނީ. ދެން ނޯންނާނެ މިސްކިތެއްގެ ފޮޓޯލާފައިވެސް އެއްޗެކޭ ބުނެވޭކަށް. މީ ފުކެއް ބޮޑުވަރު. ދިވެހިރާއްޖެ ފިތުނަކޮށް. މުސްލިމުން ރުޅިއަރުވާ ހައިޖާނު ހެދި އެއްވެސް މީހަކު ހައްޔަރު ނުކޮށް އެމީހުންގެ މައްސަލަ ބަލަނީކަމަށް ދިވެހިންގެ ބޮލުގައި ތެތްގޯނިއަޅުވާފައި ރާއްޖޭން ފުރައިގެން ދާނެ ފުރުސަތުދިނީ. އެމްޑީއެންގެ ވެރިން ފިލާރައްކާވީމާ ދެން މައްސަލަ ބަލަނީ. އެޖަމާޢަތް ހިންގި ތަނުގެ 4 ފާރާ ސުވާލުކޮށްގެންތަަ؟ ތި ހަދަނީ ގޯސްތަކެއްކަން ހަނދާން ކުރާތި.
ތިޔައީ އެގާނޫނުގެ މަގްސަދަކީ. ދެން ތިބެންވީ ހައްޕު ކިޔައިގެން. އެމްޑީއެން ކޮންމެ އެއްޗެކެ ކިޔަސް. އެއާ އިދިކޮޅު ހަދާ ބަޔަކީ ޓރެރިސްޓުން.
ދުނިޔޭގެ އެހެން ގައަުމުތަކުގަ ޓެރަރިޒަމް މާނަ ކުރާ ގިތާ މިގައުމުގަ އެމާނަ ކުރާ ގޮތް ތަފާތު. މިގަެުމުގަ ޓެރަރިސްޓުންނަކީ އިސްލާމް ދީން ހިމާޔަތުގަ ގޮވާލާ މީހުން. ޙައްގަށް ވަކާލާތުކުރާ މީހުން.
އޭނާ ދޫކުރޭ. އޭ މުސްލިމުންނޭ އޭނާ ހިމާޔަތް ކުރޭ. އަނިޔާ ނުކުރޭ ހައްގުބަސް ބުނެގެން
އެމްޑިއެން ރިޕޯޓަކާ އެއްބަހެއްނޫން. އެއީ ކުފުރުގެ ދަންތުރައެއް. ދެންއޮތީ ދީނުގެ އުންސުރުތައް ބަދަލުކޮށް ބޭރުގެ ނިރުބަވެރިން އުފެއދި އިސްލާމްދީނުގެ ވާހަކަ. މިވާހަކަ ނިމޭއިރު މި ދެންނެވި ފޮތަށް ފޮލޯ ނުކުރާ ކޮންމެނމީހަކު މިވަނީ ކާފަރަކަށް. މިދައްކަނީ ރަހުމަތުގެ ނަބިއްޔާގެ މައްޗަށް އަޅަަމެންގެ ރައްބު ބާވައިލެއްވި ކަލާމްފުޅަށް ތަބާނުވެ އެހެނަސް ވަކިވެގެން ބަދަލުހިފުމަށް ހުލަފާއުއްރާޝިދޫންގެ ދުވަސްވަރު އުފެދުނު ހަވާރިޖު ބައިގަނޑުގެ ވާހަކަ. މިމީހުންސަހަލު ވާނެގޮތަކީ ކޮބައިތޯއެވެ.
ޑިމޮކްރެސީޔޯ...ރ.މައުމޫނުގެ 30 އަހަރަށްވުރެ 100% ނުބާ ސަރުކާރެއް. ދެން ފުރުސަތު ނޮއޮންނާނެ ފާރުނޫސް ލިޔަންވެސް. ރައްޔިތުންވިސްނަންޖެހޭ.
ކޮބާތަ ދީނައް ފުރައްސާރަ ކުރި ގުރޫޕު އެބައިގަނޑުގެ އެކަކުވެަް ހައްޔަރު ކޮށްފިންތަ
ކޮބާހޭ ލާދީނީ ބައިގަނޑައް އެކަނިތަ ބަސްބުނުމުގެ ހުއްދަވެސް އޮތީ.
ދީނަށް ފުރައްސާރަކުރާ ލާދީނީ ބާގަނޑު ދައުލަތުން ބޮޑުމުސާރަދީފަ ދީނަށް ފުރައްސާރަ ކުރުމުގަ ތިބިހާހިނދަކު އަހަރެމެން ކަތިލިޔަސް މިވާހަކަ ދައްކާނަން ޕޮލިހުން ލާދީނީ ބާގަނޑު ހައްޔަރު ކޮށްބަލަ ކީއްވެ އެކަން ނުވެގެން ތިއުޅެނީ
ޑިމޮކްރަސީގެ ތެރެއިން ދިމާ ކުރަންފެށީ، ދީނަށް އުޅޭމީހުނަށް ބޮޑިދިނުން ތިއޮތީ!