ސޮނެވާ އިން މަޖިލިސް ގޯތި ތެރޭގައި މަދިރި ނައްތާލާ އާލާތްތަކެއް ގާއިމްކޮށްފިއެވެ.
ސޮނެވާއިން މަޖިލިސް ގޯތިތެރޭގައި ގާއިމްކޮށްފައި ވަނީ 5 މަދިރި ޓްރެޕެވެ.
އަދި ސޮނެވާގެ ޕެސްޓް ކޮންޓްރޯލް މެނޭޖަރު އާކިބު ޖާހިރު ވަނީ އެ ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތާ ގުޅޭ މައުލޫމަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައެވެ.
ސޮނެވާއިން ބުނީ، މަޖިލީހުގެ ބައެއް މެމްބަރުން މިހާތަނަށް އައީ މަޖިލީހުގެ ގޯތިތެރޭގައި މަދިރި ގިނަވުމުގެ ޝަކުވާތައް އުފުއްލަވަމުންކަމަށެވެ.
މި މަދިރި ޓްރެޕްތަކަކީ ޖަރުމަނުގެ ބަޔޯޖެންޓްސް ކިޔާ ކުންފުންޏަކުން އުފައްދައި، ނެދަލެންޑްސްގެ ސައިންސްވެރިޔާ ބާޓް ނޮލްސް ރާއްޖެއަށް ތައާރަފުކޮށްދެއްވި ޓެކްނޮލޮޖީއެކެވެ.
މިއީ ފޮޮގިންގް އަދި އިންސެކްޓިސައިޑްސް ފަދަ ތަކެތީގައި ހިމެނޭ ކެމިކަލްގެ ބާވަތްތައް ނުހިމެނޭ ޓެކްނޮލޮޖީއެއް ކަން ފާހަގަކޮށްލެވެއެވެ.
މި ޓެކްނޮލޮޖީ އިން މަދިރިތައް މަރަނީ މަދިރި ޓްރެޕްތަކުން ދޫކުރާ ކާބަންޑައިއޮކްސައިޑާއި ލެކްޓިކް އެސިޑުގެ އަސަރު މަދިރިއަށް ކޮށް، ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ.
ލާރިތައް ޖީބަށް އަޅައިގެން އުޅޭ ތި ގްރޫޕަށްތަ ތި މުހިންމީ. ނޫނީ ކުޑަކުދިން ގެންގުޅޭ ތަންތަނަށްތާ؟؟؟
ތިކަން ފަގީރު ބަޔަކަށް ކޮށްދީ ބަލާށެވެ.
ތިތާއުޅޭ މެންބަރުންގެ ގައިގައި މަދިރިހަފާތަ. މަދިރިތަކުގެގުނަވަންތައްވެސް ވާވެދާނެ އެމީހުންގެ ގައިގައި ނުހަފާނެ ކަމަށް ކުރިން ހީކުރީ.
ގައިމު ތިޔަކަހަލަ ކަމެއް އަހަރެމެން ރަށަށް(ހއ.ބާރަށް) ކޮށްދޭނަމަ ދޯ!!
މިއުޅެނީ މަދިރިއާ ހެދި ނޫޅެވިގެން ވިއްޔަ!!