މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް، އެމްޑީއެންގެ ފަރާތުން އިސްލާމްދީނާ ޙިލާފު، އަދި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ހަދާފައިވާ ރިޕޯޓުގެ މައްސަލައިގައި އެ ޖަމިއްޔާ އާ ދެކޮޅަށް އަޑުއުފުލާ މީހުން ވައިބާ ގުރޫޕްތަކުން ބޭރުކުރަން ފަށައިފިއެވެ.

އެމްޑީއެން އާ ދެކޮޅަށް އަޑުއުފުލައިގެން ވައިބާ ގުރޫޕަކުން މީހަކު ބޭރުކޮށްލާފައި މިވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ވައިބާ ގުރޫޕަކުންނެވެ.

އެމްޑީޕީގެ ވައިބާ ގްރޫޕެއްކަމަށްވާ، އެމްޑީޕީ ލާމު އަތޮޅުގެ އެންމެ ބޮޑު ވައިބާ ގުރޫޕުން ބޭރުކޮށްލާފައިވަނީ ލ. ގަމު ޒުވާނެއް ކަމަށްވާ އަލީ ޝަރީފެވެ.

ޝަރީފް އެ ވައިބާ ގުރޫޕުން ބޭރުކޮށްލާފައިވަނީ ފުލުފުލުގައި އެމްޑީއެން އާ ދެކޮޅަށް، އަދި ސަރުކާރުން އެމްޑީއެން އާ ދޭތެރޭގައި ފިޔަވަޅު އަޅަން ނުކެރިގެން އުޅޭތީ އެކަމާ ގުޅިގެން އޭނާގެ ޝުޢޫރުތައް ފާޅުކޮށްގެންނެވެ. ޝަރީފް ވަނީ އެމްޑީއެންއާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމުގެ ގޮތުން އޭނާ އެ ގުރޫޕަށް ފޮނުވި މެސެޖުތަކުގެ ސްކްރީންޝޮޓު ތަކާއި، އޭނާއާ މެދު އެމްޑީޕީގެ އެ ވައިބާ ގުރޫޕުން ކަންތައް ކުރި ގޮތް މީސްމީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

"ސަރުކާރުގެ އިސް މަޤާމްތަކުގައި އެމްޑީއެން މެމްބަރުން ބައިތިއްބައިގެން ތިއުޅެނީ ރައްޔިތު މީހާ އަށް ޖެއްސުން ކުރަން." ޝަރީފް އެ ގުރޫޕަށް ފޮނުވި އެއް މެސެޖުގައި ބުނެފައިވެއެވެ. "ފުރަތަމަ ސީޕީ ހަމީދު އެތަނުން ދުރުކުރޭ. ދެން ތަހުގީގުކުރޭ" އެހެން މެސެޖެއްގައި ބުނެފައިވެއެވެ. އަދި "ވަރަށް ކެރިހުރެ މި ބުނަނީ އެމްޑީޕީގެ އިސްސަފުގައި އެމްޑީއެންގެ ފައުންޑިންގ މެމްބަރުން ތިބީ. ތިބޭފުޅުން ތިތިބީ ނަގޫފިތިފަ،" ކަމަށް ބުނެވެސް ޝަރީފް މެސެޖު ކޮށްފައިވެއެވެ.

މީސް މީޑީއާގައި ދައުރުވަމުންދާ ސްކްރީން ޝޮޓް

އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އެގުރޫޕުން ބޭރުކޮށްލާފައެވެ. އެކަމާ ގުޅިގެން ޝަރީފް އޭނާގެ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ބުނެފައިވަނީ އެމްޑީޕީގެ ވައިބާ ގުރޫޕަކުން އޭނާ ނެރެލިއަސް، އެމްޑީއެންގެ ވާހަކަ އޭނާ ދައްކާނެ ކަމަށާއި، އެމްޑީއެންގެ ފައުންޑިންގ މެމްބަރުން، އެމްޑީޕީގެ ތެރޭގައި ތިބުމުން ރައްޔިތުންގެ ބޮލަށް "ޗިޕު" ޖައްސަން ނޫޅުމަށެވެ. އަދި އޭނާ އުމުރުދުވަހު ކުޑަގޮޅީގައި އޮންނަން ޖެހުނަސް، އެވާހަކަތައް ދައްކާނެ ކަމަށް ޝަރީފް ބުންޏެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަޑުއުފުލުމުގެ ސަބަބުން، ޕާޓީ ލެވެލްގެ އެކްޓިވިސްޓުން ވައިބާ ގުރޫޕްތަކުން ބޭރުކުރަމުންދާއިރު، އެކަމާ ގުޅިގެން އެމްޑީޕީއިން ވަނީ ޚާއްސަ ބަޔާނެއްވެސް ނެރެފައެވެ. އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ އެއްވެސް ޙަރަކާތެއްގައި އެމްޑީޕީ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް ގޮވާލާ އެޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ. ދީނީ ޢިލްމުވެރިންވެސް ޝުޢޫރު ފާޅުނުކުރަން އެފަރާތްތަކަށް އަންގަމުންދާ ކަމުގެ މަޢުލޫމާތުތައްވެސް ދަނީ ލިބެމުންނެވެ. އެގޮތުން ދާދިފަހުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ކިޔަވައިދެއްވާ ދީނީ ޢިލްމުވެރިންވެސް އެމްޑީއެން އާ ގުޅޭ ވާހަކަތައް ނުދެއްކުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސޯބެ

  ހަމަ ޔާމީގެ ވެރިކަން .ތަފާތަަކީީ މީހުން އެހެންތަފާތެއް ނެއް.

  12
  3
  • Anonymous

   Dhen keehkuran mi verikamuga thibi meehun hovy؟

  • ތަފާތު

   އެމީހުންގެ ދިނާއި ފިކުރުވެސް ތަފާތު. މީސްމީޑިޔާގައި މިއުޅޭ އެތީސްޓުންއެކޭ އެމްޑީޕީ ބައިގަނޑުގެ ވެރިން ހަމަ އެއްފަދަ.

 2. ޑ

  މިއީ ދުނިޔެ.. މިތާނގެ ކޮންމެ އެއްޗެއްވެސް ޖެހޭނީ ދޫކޮށްފަ ދާން. ދުނިޔެ ބަގުޑި ބަންނަން އުޅޭމީހުން އެކުރަނީ ބޭކާރު ކަމެއް.

  26
  1
 3. ގިޓާ

  އިިސްލާމްދީނުގެ އެއްވެސްކަމަކާ އިންކާރު ކޮށްފިނަމަ އެއީ ކުފުރެއް ތިރިޕޯޓު ނެރުނީ އެމްޑީޕީންކަން ކަށަވަރުވަނީތާ

  27
 4. Anonymous

  ކަމިޝަނަރ އޮފް ޕޮލިސް ހަމީދު މަޤާމުގައި ހުރެގެން މިނިވަން ތަހުޤީޤެއް ކުރިއަށް ދާނެ ކަމާއި މެދު އަޅުގަނޑު ޝައްކުކުރަން މިސާލެއް ކޯނީ ރިޕޯޓު

  14
 5. ސަމިި

  ތީ ތިޔަ ޑި މޮކްރަސީ އަކީ

 6. ޢަލީ

  ސާބައޭ ދަރިފުޅާ ހިއްވަރުކޮށްލާ ކާ މިޔާބުވާނެ.