ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ ބައެއް ވިޔަފާރިތައް އާންމުންނަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ބަހުސް ބެއްލެވުމަށް ވަޑައިގެން، މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ބަހާފައި ވަނީ ދެބަޔަކަށް ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުން ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދޭ ކުންފުނިތަކާއި، ސަރުކާރުގެ ވިޔަފާރ ކުންފުނިތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އޭގެ ތެރެއިން ސަރުކާރުން ކުރަމުން ދާ ވިޔަފާރިތައް ދޫކޮށްލައި އެތަންތަން އަމިއްލަ ފަރާތްތަކަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އަދި އެކަން ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ވިޔަފާރި ކުންފުނިތައް ވިއްކާލި ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ޒަރޫރީ ބޭނުންތައް ފުއްދައިދޭ ކުންފުނިތައް ދޫކޮށް ނުލާނެ ކަމަށެވެ.

"ސަރުކާރުގެ މެނިފެސްޓޯގެ ވައުދެއް އެއީ ސަރުކާރުން ވީހާ ވެސް ބޮޑަކަށް ވިޔަފާރީގައި އުޅޭ އުޅުން މަދުކޮށް ޕްރައިވެޓް ސެކްޓާއަށް އެކަން ދޫކޮށްލުން. އެމަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގައި އަޅުގަނޑުމެން ކުރަމުން ގެންދާނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލެވެނީ ކޮން ކުންފުނި ތަކެއް ކަން މިހާރު ވިސްނަމުން އަންނަ ކަމަށެވެ.

ދައުލަތުގެެ ވިޔަފާރި ކުންފުނިތައް ހުރުމަކީ މިހާރުގެ ސަރުކާރުން ބަލައިގަންކަ ކަމެއް ނޫނެވެ. ދާދިފަހުން ބޭއްވި މަހާސިންތާއެއްގައި ބައިވެރިވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ހުރުމުން އާންމު ވިޔަފާރިތަކަށް ގެއްލުން ވާކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކުންފުނި ތަކުން ސަރުކާރަށް ފައިދާ ހޯދައިދިނުމަށް ނުވިސްނާ ކަމަށާއި، އެކުންފުނިތަކުގެ ވެރިން ހަމައެކަނި ވިސްނާނީ މުސާރަ އަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މމ

    ވެރިކަންވެސް އަދި ދޫކޮށްލާނެ?

    21
    2
  2. ޒާ

    ބޯގަންވިލާއަށް ދޫކޮށްލާ

    15
  3. ޢަދުރޭ

    ސަރުކާރުން ހުރިހާ ކަމެއް ސަބްސިޑައިޒް ކުރަންވީ ރައީސް އޮފީސް ވެސް ބޭރުގެ ކުންފުންޏަކާ ޙަވާލްކުރަންވީ . ރައއީސް ގެ ޒިންމާތައްވެސް ސަބްސިޑައިޒް ކޮއްގެން ކުރިއަށް ގެންދަންފެނޭ . ޓެކްސް ބޮޑު ކޮށްގެން ރައްޔިތުން އަތުން މިކަމަށް ހޭދަވާ ފައިސާ ހޯދާނީ .. ހޮސްޕިޓަލް ޕްރައިވަޓައިޒް ކުރަން މާލޭ ސެންޓްރަލް ހޮސްޕިޓަލް އޭޑީކޭ އަށް ދިނީ . އެންމެ ފުރަތަމަ 15 ރުފިޔާ އަށް ޑޮކްޓަރަށް ދެއްކުނު އޭރު . ޕްރައިވަޓައިޒް ވީފަހުން 100 އަށް ދެން 200 އަށް މީގެން އެއްވެސް ކަކެއް ކޮންޓްރޯލް އެއއް ނުކުރެ . މޮނިޓަރ އެއއް ނުކުރެ . އާސަންދަ ލިބެން ފެށީމަ އޭޑީކޭ އިން 400 އަށް ޑޮކްޓަރަށް ދެއްކުން . ކުދި ކްލިނިކް ތައް އެނބުރެނީ އޭޑީކޭގެ އޯބިޓްގައި އޭޑީކޭ ހަދާ ގޮތެއް އެވެރިން ހަދާ... މި ގޮތަށް ވީމަ ކަޑައޭ .ޕްރައިވަޓައިޒް ކޮއްފަ ޢާއއްމުންނަށް ޚިދްމަތް ދޭން މާލޭގެ ޕްރައިމް ލޮކޭޝަން އެއް ގާތް ގަނޑަކަށް ހިލޭ ދީފަ . އާސަނދަ ސަރުކާރުން ދޭން ފެށިތަނުން އޭޑީކޭ އިން ފީ 400 އަށް ހަދާފަ އާސަންދަ އިން ދޭ 200 އޭޑީކޭ އަށް ނެގީމާ ހަމަ ކުރިންވެސް ރައްޔިތުމީހާ އަތުން ނެގި 200 އެބަ ނަގާ އާސަނދަ މި ދެވުނީ ރައްޔިތުމީހާ ޔަށްބާ؟ އޭޑީކޭ އަށް ބާ؟ ..މި ކަމުން އެނގެނީ ސަރުކާރުން ކުރަމުން އަންނަ ކަންތައް ދޫކުރުން މީ ރައްޔިތުން ނަށް ކަމެއް ކޮށްދޭން ކުރާކަމެއް ނޫންކަން .. ރައްޔިތުންނަށް ވާނީ ގެއްލުން މުދަލުގެ އަގު ވާނީ ބޮޑު .ސަރުކާރުން ނުބެހޭނެ ވިޔަފާރިވެރިން އެއްޗިހި ވިއްކާ އަގު ކަނޑައަޅާކަށް އެކަމަކު ސަރުކާރުން އެންމެ ފަގީރު މީހާ ގަންނަ އެތިންވެސް ޓެކްސް ނަގަްޭ . ޥިޔަފާރިވެރިޔާ އެއް ނޫނޭ ޓެކްސް ދައްކަނީ . އެތީގެ އަގު އިންނަނީ ޓެކްސް އާ އެކީގަ .