ސްޓިކާ ޖަހައިގެން މިދިޔަ ހަފްތާގައި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފުލުހުން، ދައުލަތުގެ އާމްދަނީ އަށް އިތުރުކޮށްދީފިއެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ވަނީ 1480 ވެހިކަލެއްގައި ގަވައިދާއި ހިލާފަށް ޕާކް ކޮށްގެން ސްޓިކާ ޖަހާފައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި އަދަދާއި، އެ ވެހިކަލްތަކަކީ ތިން ވަނަ ފަހަރު ޖޫރިމަނާ ކުރި ވެހިކަލްތައް ކަމަށް ބަލައި ހިސާބު ޖެހުމުން މިދިޔަ ހަފްތާގައި ފުލުހުން ސްޓިކާ ޖަހައިގެން ހޯދި އާމްދަނީގެ އަދަދު 1.1 މިލިއަން ރުފިޔާ އަށް އަރައެވެ. މިދިޔަ ހަފްތާގައި ވެސް ފުލުހުން ވަނީ ސްޓިކާ ޖަހައިގެން 1.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ.

މިދިޔަ ހަފްތާގައި ފުލުހުން ވަނީ 115 ވެހިކަލެއް ޓޯ ވެސް ކޮށްފައެވެ. ވެހިކަލްތައް ޓޯވ ކުރުމުން އެހާތަނަށް ދައްކަން ޖެހިފައި ހުރި ހުރިހާ ޓްރެފިކް ޖޫރިމަނާ ފައިސާއެއްގެ އިތުރުން ޓޯވ ކޮށްފައި ވަނީ ފުރަތަމަ ފަހަރަށްނަމަ، 250 ރުފިޔާ، ދެވަނަ ފަހަރަށްނަމަ 500 ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 ރުފިޔާގެ ޖޫރިމަނާ އެއް އަދި ޤަވައިދާއި ހިލާފަށް ޕާކް ކުރި މައްސަލައިގައި ފުރަތަމަ ފަހަރަށްނަމަ، 250 ރުފިޔާ، ދެވަނަ ފަހަރަށްނަމަ 500 ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 ރުފިޔާގެ ޖޫރިމަނާއެއް ނުދައްކަނީސް އަނބުރާ ވެހިކަލެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮތަރުބިސް

  މިލިއަނުން ނެގިކަމަކުން ރައްޔިތުންނައް ވާމަންފާއެއްނެތެއްނުންތޯ

  13
  1
 2. ހޮޅިބުރި

  ހަހަހަ. ހަބަރު ޖަހާދޭތި. ޔާމީނު ސަޕޯޓަރުން ހިތް އުފާކޮށްލަދޭން

  1
  16
 3. އަހަންމާ

  :ހޮޅިބުރި: އުފާވާނެ ޚބަރެއް ޖަހާނުދިނީތަ! އާނ ލާދީނީބައިގަނޑު އުފަލެއްނުވާނެ ވަަގުތުނޫހުގައި ޖަހާޚބަރަކުން. ސްޓިކާ ހަމަގިނައިން ޖަހަންވީ. އެހެންނޫނީ އަންނަމަހުގެ މުސާރަކޮޅުވެސް ނުދެވޭނެ. ދައުލަތުގަ ނެތޭ ރުފިޔާއެއް. އެނގޭތަ!

  6
  1
 4. Anonymous

  ބޮޑު ބަޖެޓްއެއް ފާސްކޮށް ކައިހުސްކޮށްފި. ސަޕްްލިމެންޓްރީ ބަޖެޓްއެއް ފާސްކޮށް ކައިހުސްކޮށްފި. ބޮންޑް ވިއްކައިގެން ލާރިނަގައި ކައިހުސްކޮށްފި. ރިޒާވް ކައިހުސްކޮށްފި. ދެން ދަމާނެ ލެއެއް ނެތުމުން ފުލުހުން ނެރެގެން ރައްޔިތުން ފެލައިގެން ބަނޑުއަޅަނީ. މީތޯ ހެޔޮވެރިކަމަކީ. އެހެންމީހުންނާއި ދިމާލަށް ވަގަށް ގޮވާއިރު ތިމާމެންގެ ފެންވަރު މާ ޙާލުގައިހުރީ. އަޑުގަދަކޮށް ހަޅޭއްލެވީމަ ހުރިހާ ކަމެއް ހަމަވީ.

  5
  1
 5. ޗައިވާލާ

  ހޮޅިބުރި އަނދަނީ.

  3
  1
 6. ނުމޮށޭ ގުރާ

  ޕާކު ކުރާނެ ތަންނުދައްކާ އިސްޓިކާ ޖަހަށް ކެރުނު ވަރެއް އޮތީ!!!!!!!؟؟؟؟؟

  5
  1