ފޮރިން އަބްދުﷲ ޝާހިދު ޗުއްޓީ ހޭދަކުރެއްވުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ އަށް ވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅުގެ ޓިކެޓު ސަރުކާރުން ގަނެދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތުގެ މެންޗެސްޓާ އަށް ދަތުރުކުރެއްވީ މިދިޔަ ހަފްތާގައި ފިންލޭންޑަށް ވަޑައިގަތުމުގެ ކުރިން ކަމަށް ވެއެވެ. ފިންލޭންޑަށް މިނިސްޓަރ ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައެވެ.

މިނިސްޓަރ ޝާހިދު އިނގިރޭސިވިލާތައް ވަޑައިގަންނަވަން ދައުލަތުގެ ބަޖެޓުން ޓިކެޓް ނެންގެވި ކަމަށް ބުނާ އޭސީސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި ޓިކެޓު ނަގާފައިވަނީ އެމިރޭޓްސްގެ ފަސްޓް ކްލާހުންނެވެ.

މިނިސްޓަރ ޝާހިދު ވަނީ ޓިކެޓް ގަތުމަށް ހޭދަކުރި ފައިސާ ދައްކަވާނެ ކަމަށް މިހާރު ވިދާޅުވެފައި ކަމަށް ވެއެވެ.

މިނިސްޓަރ ޝާހިދުގެ އާއިލާގެ ގިނަ ބޭފުޅުން އިނގިރޭސިވިލާތުގައި ދިރިއުޅުއްވައެވެ. އޭނާގެ ގެ އެއް ވެސް އިނގިރޭސިވިލާތުގައި ހުރެއެވެ.

މިނިސްޓަރ ޝާހިދު މާގިނައިން ދަތުރު ކުރާކަމަށް ބުނެ މީގެ ކުރިން ވެސް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ދައުލަތުގެ ދަތުރުތައް ކުރުމަށް މިއަހަރަށް ކަނޑައެޅި ބަޖެޓް މިހާރުވެސް ވަނީ ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މިޢުވާން

    މީނާގެ އަމާޒަކީ ބަޖެޓު ދަވާލުން ދުނިޔެވަށާ ދަތުރުއަޅާ އަޅާ! ކުއްޅަވަށް ކިނބޫ ވަކިކުރަންވެއްޖެ މިހާރު!

    50
    2
  2. ޓިނު ވަގު

    ފައްކާ މުލުވަގު!!!

    48
  3. ޖިސްމު

    އެހެން ވެގެންނޭ މި ދެންނެވެނީ ހަމަ ރަޢީސް ޔާމީނު އާއި ރ. ޔާމީނުގެ ކެބިނެޓް ވަރެއް ހަމަ ނެތޭ. ޢެހެން ނޫނަސް ބައެއް ބޭ ފުޅުން ބޭނުންވާނެ ދަތް ހުރި ދުވަހު ކާށި ކާން ވަކިން ޚާއްސަކޮށް ބަންޑާރަ ކާށި ކާން އެވެސް ރަތްޔިތުންނަށް ރަހަ ދުއްކާ.

    51
    2
  4. ހުސޭނުބޭ

    ހިބަރު ވަދު މުޅިންވެސް އުޅެނީ އަމިއްލަ ޗުއްޓީ ދަތުރުގައި! ސަރުކާރުން މި އަހަރަށް ދަތުރުފަތުރަށް ކަނޑައެޅި 100 މިލިއަން ރުފިޔާ އެއްކޮށް ދިރުވާލައިގެން އެހެރީ!

    55
    1
  5. އިހުސާނާ

    އަސްލު އަނެއްހެން މައްސަލައެއް ނޫން، ދައުލަތުގެ ކަންކަމުގަ އުޅެމުން އާއިލާއަށް ވަގުތު ދޭންވެސް ޖެހޭނެ! އެހެންވީމަ، އޮންނަ އުސޫލުގެ ދަށުން ރިފަންޑު ކުރީމަ ހަމަ ޖެހެންޖެހޭނެ ކަމަށް ޤަބޫލު ކުރެވެނީ! ހަމަ މި ކަހަލަ ހާދިސާ އެއް ދިމާވެގެން އޮޑިޓަރ ޖެނެރަލަކުވެސް މަޤާމުން ވަކި ކުރި!

  6. ކާފަބޭ2019

    ނޫނޭނޫނޭ ތިޔައުޅެނީއޮޅިގެން ހަތަރުކަށިމަތިމާލޭ ދެލި ފްޓުވެރިޔާ ސަރުކާރުލޯލާރިއެއްގަވެސް ނުޖިހޭނެ ވަގުތުގަށްވެސްރަނގަޅަށްމައުލޫމާތުސާ ފުނުކުރެވުނީ މައާ ފަށްއެދިދަންނަވާ!!!!!

  7. ހަސަދު

    ވައްކަމުގެ ވިސްނުން ހުންނަ މީހުން އަބަދުވެސް ބަލާނެ އެއްޗެއް ދަމައިގެނެވޭތޯ. މިއީވެސް އޭގެ ބޭފުޅެއް.

  8. ޒާ

    ޝާހިދަކީ މިސަރުކާރުން ދުނިޔެ ބަލާލާއި ހިތްހަމަ ޖައްސަން ލާފައި ހުރި މިނިސްޓަރު. ވަރަށް އޭނާގެ އަމާޒަކީ ދަތްހުއްޓާއި ކާށިކެއުން. އެހެންމެ ނުދާ އެންމެ ގައުމެއްވެސް ނުބާއްވާނެ. ދައުލުތުގެ ދަތުރުފަތުރުގެ ބަޖެޓް ހުސްކޮށްލީ މިބައިގަނޑު ދަތުރު ކޮށްގެން. ގެނެސްދިން ތަރައްގީއެއް ލުއިފަސޭހައް މޮޅެއް ހަރާމް. ލޫޓުވާލީ.

  9. ސަޓޯ

    އެމްޑީޕީ މީހުން ނުކުރާނެ ވައްކަމެއް.. ވެރިކަމަށް ފެންބޮވައިގަނެފަހުރި ވަރުން ބާޢީން ގޮވައިގެން އައިސް އެތަކެއް ދިވެހިން މެރި.. އެއީ ހަމަ އިހުލާސްތެރިކަމުން.. އެހެންވެ އެމްޑީޕީންނުކުރާނެ ވައްކަމެއް

  10. ޝާޑު

    ޝާހިދަކީ އެތަކެއް ޖަލުހުކުމެއް ލާޒިމްވެފައިވާ ، މަޤާމާއި ނުފޫޒުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި އެކަންކަމުން ސަލާމަތްވުމުގެ ޤާބިލްކަން ހޯދާފައިވާ ފުރިހަމަ ދިވެއްސެއް

    12
  11. ޏަލަ

    އަތުގަ ހޭކެންޏާ ދަތުގަހޭކޭނެ.

    13
  12. Anonymous

    ފައިސާ ދައްކާނެކަމަށް ބުންޏަސް ހަމަ އެވާނީ ކޮރަޕްޝަނަށް. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރި ޢަމަލަކަށް. ފަހުން ދިނަސް ދައުލަތުގެ ފައިސާ އަމިއްލަ ކަަމަކަށް ބޭނުންކުރުން އެއީ ކޮރަޕްޝަން.

    25
  13. އަލި

    ތިޔައީ ބޮޑު ހިޔާނާތެއް ފަޅާ އެރީމާ ފައިސާ ދައްކަނީ އެހެން ނޫންނަމަ ހަމަ ޒީރޯ ޓްލެރެންސް މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ޔާމީނަށް ފިޔަވަޅު އެޅިހެން ޝާހިދުގެ މައްސަލަ ބަލާ ހުކުމް ކުރާ ދުވަސް އަދި އޮތީ

    24
  14. މިގޭ

    ސޯލިހުގެ ޒީރޯ ޓޮލެރަސް

  15. މަބޭ

    ސަރުކާރުގަރާޖަކުން އަމިއްލަ ސައިކަލް މަރާމާތުކުރި މީހުންނައް އެބަހުރި ފިޔަވަޅުއަޅާފަ އެހެންކަމުން މީބޮޑުވެގެންވާ ކޮރަޕް ސަނުގެ އަމަލެއް.

  16. ާަަެކޮއްކޮ

    މިނިސްޓަރު ސާހިދް ނޭންގެ ކައުބަތުﷲ ގެ ފުޅުގެ އުރަކޮޅު ފެހީކީވެސް ހަލާލް ފައިސާގަ ކަަމެއް!

  17. ޒީރޯ ޓޮލަރެންސް

    ފަޅާއެރީމަ ފައި ސާ ދެއްކިއެއް ކަމަކު ތިވާނީ ވައްކަމާ ކޮރަޕް ސަނައް އަމިއްލަ ބޭނުމައް ދައުލަތުގެ އެއްވެ ސް އެއްޗެއް ބޭނުމެއް ނުކުރެވޭނެ މީމަގާމުގެ ނުފޫޒް ނަހަމަގޮތުގަ ބޭނުންކުރުން އެހެންވީމާ މިކަން ކޮރަޕް ސަނައް ނުވާނެ އެއްގޮތެއްވެ ސް ނޯންނާނެ ވީމާ މިމައް ސަލަ ބަލާ މިކަމައް ފިޔަވަޅު އަޅަންޖެހޭނެ މީ ސާބިތު ބޮޑުކުށެއް މީނާ މިހާރުން މިހާރައް ވަޒީފާއިން ވަކިކުރަންގެހޭ.