ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިޔާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް މިއަދު ޝާހިދު އިންޑިޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އިންޑިޔާގެ ނިއުދިއްލީގައި މާދަމާ އަދި ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއާ ގުޅޭ އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް އޮންނާނެ އެވެ. އަދި އިންޑިއާގެ ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ބާއްވާ ޖަލްސާއެއްގައި ޝާހިދު ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ވެސް ޝާހިދު ވަނީ އެކި ފަހަރު މަތިން އިންޑިއާއަށް ރަސްމީ ދަތުރުތައް ކުރައްވައިފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވި އެވެ.

އިންޑިޔާއަކީ ރާއްޖޭގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އެގޮތުން އެކި ދާއިރާތަކުގައި މީހުން ތަމްރީން ކުރުވައި ރާއްޖެއް ގިނަ އެހީތައް އިންޑިޔާއިން ވަނީ މިއަހަރުވެސް ދީފައެވެ. އެގޮތުން ރާއްޖޭގެ އަސްކަރިއްޔާއަށް ބޭނުންވާ ސާމާނުތައް ފޯުކޮށްދިނުމަށްވެސް އިންޑިޔާއިން ވަނީ އެއްބަސްވެފައެވެ.

ޝާހިދު އިންޑިއާއަށް ރަސްމީ ދަތުރެއްް ކުރަން ނިންމިއިރު ރާއްޖޭގެ ދާހިލީ ކަންކަމާއި އިންޑިއާ އިން ބެހެމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ޝާހިދު އިންޑިއާ އަށް ވަޑައިގަންނަވާއިރު ރާއްޖޭގައި އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ ހޫނު މައުލޫއަކަށް ވެސް ވެފައި ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަމަސްތޭ

    ސާބަހޭ . . ކެމްޕެއިންއަށް ލާރި ކޮޅެއް ހިފަިގެން އަންނާތި . . ޕީ ޕީ ކުދިން ނަށް ހަޖަމެއްނުވާނެ . . ކޮންމެ ގޮތަކުންވެސް އިބްރާހިމް ހޮވޭތޯ ބަލާތި . . ހޭ ދައްކާލަންވާނެ މިއުޅޭ ބައިގަނޑަށް ( ހަނދާން ކުރާތި . . ވެރިޔާ ހުސްއަތާ ނާންނާތި ) ސޯލިބެ 2024

    1
    12
  2. ޜައްޔިތުމީހާ

    މައިސަރުކާރުން ސާހިދު ހާޒިރުކުރަނީ

    13
  3. Anonymous

    މީ ބޮސްގެ ކުރިމައްޗަށް ހާޒިރު ކުރަނީ. މީނަ ރަނިން މޭޓްކަން ނުލިބިގެން ތުން ދަމައިގެން އިންނާތީވެ. ޔަގީން މިފަހަރު މެޓާގަންނަން ލާރި ކޮޅެއްދޭނެ.

    10