އިންޑިއާ އާއި މެދު ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިތުގައި އޮތް ލޯބި ހިންދީ ލަވައަކުން އޭނާ ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަނދުން ހުސައިން ވަނީ ރަސްމީ ބައްދަލުވުމެއްގައި ހިންދީ ލަވައެއް ވިދާޅުވެފައެވެ.
އަނދުން ހުސައިން އިއްޔެ ވިދާޅުވި ލަވައަކީ އިންޑިއާގެ މިއުޒިކް ދާއިރާގެ ފުންނާބުއުސް ބޭފުޅެއް ކަމަށްވާ މުހައްމަދު ރާފީގެ "ކިޔާ ހުއާ ތެރާ ވާދާ" ނަމަކަށް ކިޔާ ލަވައެވެ.
އަނދުން ހުސައިން އިއްޔެ ވިދާޅުވި ލަވައިގައި ބުނަނީ ވެފައިވާ އަހްދުތަކާއި ވައުދުތައް މަތިން ހަނދާން ނައްތާލާ ފަހު ނެވައާއި އެކުގައި ކަމަށެވެ. ތިއީ ދުވަހަކުވެސް އަހަރެންނަށް ހިތާމައެއް، ދެރަވާފަދަ ކަމެއް ކުރިން ބައިވެރިއެއް ނޫން ކަމަށް ވެސް ލަވައިގައި ބުނެއެވެ. މިއީ ހިތާއި ހިތުގެ ގުޅުމެއް ކަމަށާއި އެހެންކަމުން މިގުޅުން ކެނޑިގެން ނުދާނެ ކަމަށް ވެސް ލަވައިގައި ބުނެފައި ވެއެވެ.
MP Mr. @AndhunHussain sings the song “Kya Hua Tera Vada”, originally sung by late legendary singer #MohammedRafi. The MP is in India among the 15 parliamentarians led by Speaker Mr. @MohamedNasheed to sign an agreement of cooperation with @LokSabhaSectt pic.twitter.com/toacW8nRlD
— @[email protected] (@Adamiington) December 13, 2019
ރައީސް ޞާލިހްގެ ސަރުކާރާއި އެމްޑީޕީ އިން އަންނަނީ އިންޑިއާ އާއި ހާއްސަ ގާތް ގުޅުމެއް ބާއްވަމުންނެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުމާއި މެދު ގިނަ ދިވެހިން ހިތްހަމައެއް ނުޖެއެވެ. އިންޑިއާ އިން ރާއްޖޭގެ ތަރައްޤީއަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށް ނުދީ އިންޑިއާގެ އަމިއްލަ މަންފާތަކެއް ހޯދަން މަސައްކަތް ކުރާކަމަށް ގިނަ ދިވެހިން ތުހުމަތު ކުރެއެވެ.
އިއްޔެ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ ރުއްސުމަށްޓަކައި މީޑިއާގައި ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.
ލަދު...
އެހެންވެ މަ ލަވަ ނުކިޔަނީ
މޫނުމަތީ އަދުން އަޅައިގެން ހުރެގެން ތި ލަވަ ކީނަމަ ފުރިހަމަވީސް!
ލަދުން ބޯހަލާކު ގައުމެއްގެ އިއްޒަތްތެރި މެންބަރަކު ވިއްޔަ ދޯ އެމީހުންވެސް މަލައިމަތްކޮއްފަ އެހެރަ ހެނީ. ވިއްޔަ ޖޯކަރަކައް ހަދައިގެން ހައްދަނީ
މީ ހާދަ ލަދު ހަޔާތްކުޑަ ބައިގަޑެޖެދޯ؟ ޤައުމު މިނިވަންކަމާ އިސްތޮޤުލާލު ނަގާލާ ހަށިވިއްކާމީހުން ފަދައައިން ހަލުވާބުރިޔަކަށް މޮދީއަށް ވިކިގެން ތިއުޅެނީ. މި ބައިގަޑު ޤައުމަށް ދެމުންދާ ގެއްލުން ތާރީޚްގަ ލިޔާނެ. އަބަދު ތި މަޖާކުރުމުގަ ރައްޔަތުންގެ ފައިސާ ޚަރަދުކުރާކަށް ނުތިބެވޭނެ.
އަލަށް ބޯޓެއް ސެޓު ވެގެން އުޅޭހެން ދޯ މި އުޅެނީ އަންނިބެމެން
ދީސް ގާއީސް އާރ ކްރޭޒީ..
ތިތިބީ ހަމަހޭގަތޯ ބަލަން އެބަޖެހޭ
މި ޤައުމުގެ ޢިއްޒަތާއި ޝަރަފު ވެއްޔާއި މޮޑެފި. ޝަހީދު އަލީ ރަސްގެފާނާއި އުތީމު ރަދުންނާއި ދޮންބަންޑާރައިން މިގައުމުގެ އިއްޒަތާއި ޝަރަފާއި މިނިވަންކަމަށްޓަކައި ވި ގުރުބާނީ ޗައި ތަށްޓަކަށްވުރެ މި ލަދު ކުޑަ ގުންޑާއިންގެ ކުރިމަތީ އަގު ދަށް
ޙުސޭނުތީ ހަމައިގަ ގިނަ ފަހަރު ހުންނަ ގޮލައެއްނޫން
ކޮމެންޓް ލިޔުމަކުން ވާނެ ކަމެއް ނެތް ހަމަދިވެހިން ކަޑައީ...ލަވަކިޔަން އެނގޭނަމަ ވެސް ރަނގަޅު
މިބައިގަނޑު ރާއްޖެއައުމުން ޑުރަގައް ޓެސްޓް ކުރަންފެނޭ އެއީ ކުރިންފަހަރު ސޫ ލާ ސަރާބް މިފަހަރު ބުއި އެއްޗެއްގެ ގޮތެއްވެސް ނުއެނގެ ލަދުން ބޯހަލާކް
ބައެއްގެ ދަށުވިޔަސް ބޮޑުވަރު.. އިންޑިޔާއިން ބޭނުންވިޔާ ރާއްޖޭގެ އެންމެ "އިއްޒަތްތެރި" ކ ކަމަށް ދައުވާ ކކކުރާމީހުންވެސް މުނިފޫހި ފިލުވަން ލަވަ ކިޔާލަދޭންވެސް ގެންދެވޭހާ ބާރު ގަދަކޮއްފި..
ލާދީނީ މުރުތައްދު އަނދުން ހަނދި
އިންޑިޔާގެ ޑްރާމާތައް ބަލަން ތިބެގެން ކޮމެންޓްކުރަނީ..