ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ގައުމު "ނީލަން" ކިޔައި ވިއްކާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަނުގެ ހުރިހާ ޕާޓީތަކަށްވެސް ރައީސް ނަޝީދު އަދި ސަރުކާރުން ކުރަމުންދާ ކަންކަން ފެންނަ ކަމަށާއި އެހެން ނަމަވެސް އެފަރާތްތަކުން ތިބީ އެއީ ނުފެންނަ މަންޒަރުތަކަކަށް ހަދައިގެން ލޯ ފުސްކޮށްގެން ކަމަށެވެ. އަދި އެކަން ސާބިތު ވަނީ ރައީސް ނަޝީދު ޗައިނާ އާއި ރާއްޖެއާއި ދެމެދުގައި އޮތް ދުވަސްވީ ވަރުގަދަ ރަހުމަތްތެރިކަން ނެތިކޮށްލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިރުވެސް އެއިން ބޭފުޅަކު ބަހެއް ވިދާޅުނުވެ ތިބޭ ތިބުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިން ސަރުކާރުން އޮތީ ވަރަށް ބޮޑަށް ޗައިނާ އަށް ވިކި ހުސްވެފައި ކަމަށް އިންޑިއާގެ މީޑިއާތަކާއި ބައްދަލުކުރައްވައި ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެ ސަރުކާރުން އެގައުމަށް ދައްކަން ޖެހެނީ ހަމައެކަނި 1.5 ބިލިއަން ޑޮލަރުކަމަށް ބުނަމުން ދިޔަ ކަމުގައި ވީނަމަވެސް ޕްރައިވެޓް ލޯނު ތަކާއި ސްވޮރިން ގެރެންޓީ ފަދަ ލޯންތައް އެކޮށްގެން 3.5 ބިލިއަނަށް އަރާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޗައިނާ އިން ނަގާފައި ހުރި ލޯންތައް ދެއްކުން ނޫން އެހެން ގޮތެއް ނެތް ކަމަށާއި، ސަބަބަކީ ޗައިނާއިން ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓުވޭނެތީ ކަމަށެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެއާއި އެކު ވެފައިވާ ޕްރީ ޓްރޭޑް އެއްބަސްވުން ވެސް ކުރިއަށް ނުދާ ކަމަށާއި އެކަންވެސް އޮތީ "މަރުވެފައި" ކަމަށް ވިދާޅުވެފައެވެ.
ކުރަން ކުރާ ކަށް ނެތް ތި ކަންތައްގަނޑު ހިންގާނިންމާލަނީ. މިރާއްޖޭގެ ރައްޔިތުން މިތިބީ ފާޑެއްގެ ދިޔައެއްބޮވިފަ. ހޭވެރި ކަންވާއިރު އޮންނާނީ ވާނެއެއްޗެއްވެނިމިފަ. އިއްޔެއެމްޑީޕީ ގެއައްޑާތަ ކުގަ ބޮނޑިބަތް ކާންދީގޮވިގޮވެލިފައްޗަ ކީ ޗައިނާއަށް މިގައުމުވިއް ކާލި ވާހަ ކަ. ދެންމިއަދު މިހިންގާކަންތައްގަނޑުގެ ފަހަތުގަ މިއޮތީ އިންޑިއާގެ އުނގައް މިދިވެހިރާއްޖެލާދީ މިގައުމުއަޅުވެތި ކަމެއްގެތެރެއަށް ނެރެއެއްލާލުންނޫން ދެވަނަދެކަމެއްނޫން. ހުރިހާ މަންފާއެއްލިބިގަންނާނީ ނާޝީދުއާއި އޭނާގެއައުވާނުން.
ރާއްޖޭގެ އާރާ ބާރު ނެތިކޮއްލައިފި. ދެރަކަންތަ މިހުންނަނީ
ނުވާނެ ތިކަމެއް ކަރުތެރޭ ހަބަރު ރަހަ ލާނެ މިހާރު
ސައީދޫ. ކަލޭ ނީލަމުގައި ބައިވެރި ނުވަމުތަ؟ރާއްޖޭގެ ދެތިން ހަތަރު ރަށެއް ގަނެލެވޭ ވަރައް ފައިސާ ކަލޭ އަތުގައި ޖަމާ ކުރެވިފައި މިހާރު ހުންނާނެ ނުންތަ؟ފާއިތުވި ފަސް އަހަރު ގައުމުގެ ތިޖޫރީ ފޫދުއްވާލާފަ ތިބި ބަޔަކު މިއަދު ކޯއްޗެއް ވިސްނައިދޭންތަ ތިއުޅެނީ.
ޜޮޑާ ދިޔާ އެއްޗެއް ބޮއެފަ ދޯ
ވެރިއަކު ނެތް ކޮންމެ އެއްޗަކަށް ބޭނުން ގޮތެއް ހެދޭނެ. މި ގައުމުގެ ވެރިއެއް ނެތެއްނު. ދިވެހިން ވޯޓު ދީގެން ހޮވީ މަންމަނު ބުރާންޗަކަށް ތޯއްޗެއް.
ނަސީދަކީ ބޯގޯސް މީހެއް . ދިވެހި ގައުމަށް ބަލާއަކަށް ވެފާ ހުރި މީހެއް.މި މޮޔަމީހާގެ ކިބައިން ގައުމު ސަލާމަތް ކުރަންއެބަޖެހޭ ،ކުރިން ވެރިކަމަށް އައިސް އޮސްޓްރޭލީޔާގެ ޖަންގައްޔަށް ދިވެހިން ބަދަލުކުރަން މަސައްކަތް ކުރެއްވި ހަނދާން ހުރި ދިވެއްސަކު މިހާރު ނެތީތަ؟މިހާރު މަސައްކަތް އެކުރައްވަނީ އިންޑިޔާއަށް ދިވެހިގައުމު ވިއްކާލުމަށްފަހު ޖީބު ފުރާލައިގެންބަޗަން ކަމަށް ތުހުމަތު ކުރެވޭ. މީނާ ކިޔެވީ ރާއްޖޭގެ މީހުންދަތުރު ކުރުމަށް ދިއުމަށް ސިޑީސީ ހަދަން ކިޔަވާ މެރިޓައިމް . މީތިކިޔަވައިގެ ކުންފުންޏަކާ ވަޑަންގެއެއް ހުލިކޮށްލި ދިވެހިދައުލަތާހަވާލުވެ ކިރިޔާ ބަގުރޫޓް ނުވަނީސް އިސްތިއުފާދީފަ ބަގާވާތެކޭގޮތާ ގައުމުގާ ހުޅުޖެހި ދީންވިއްކާލަން އިށީގެން ފައިސާހޯދާ ވާހަކަ އިހަކަށް ދުވަހު ދެއްކި ނޫންތަ؟އެމްޑީއެން އަކީ އިގިރޭސި ކްރިސްޓިއަން ފާދިރީންނާ މީނަ އިސްވެ ތިބެގެން ހެދި ޖަމާއަތެއް .ފައްޅިއަޅަން އުޅުނުވާހަކަ އަދާތަތު ޕާޓީން ނެރުނު ނޫސްބަޔާ ސާންގާ ކުރީގައޮތް މިހާރުވެސް ފޮޓޯ ކޮޕީ މިއޮތީ އެމްޑީއެން އަކީ އިށީދެ ފައިސާ ހޯދަން ހަދާފައިވާ ޖަމާއަތް އެޖަމާއަތް އުވައެއްނުލާނެ .
ތިޔަބޭފުޅުން އަޑުއައްސަވަމތޯ އަންސަން ސޫކީ ކިޔާމީހަކު މާގައުމީވެގެން ރައްޔަތުންނާ ހެދި ނުނިދިގެން ހަމަ ވެރިކަން ލިބޭއިރައް އަނިޔާވެރިކަން ވިސްނާލައްވާ މިގައުމުގަވެސް 2008 ވަނަ އަހަރާ ހަމޔައް އަޅުގަނޑުމެން އުޅުނީ އަކީ ސަރުކާރައް ޖިޒީ ދައްކައިގެންނެއްނޫން އެކަމަކު މިހާރު މިވަނީ ފެންފޮދެއްބޯލިޔަސް 6% ޖިޒީ ކާއެތިކޮޅެއްކަލިޔަސް 6%ޖިޒާ ފެންކޮޅެއްވަރާލިޔަސް 6% ޖިޒީ ކުއްޖާވިހާތަނުން ފެޑިގެން ނެޕީންފެށިގެން ޖިޒީ އަޅުގަނޑުމެން ވޯޓްދީގެން ހޮހިބަޔަކައް އަޅުވެތި މިވަނީ ވިސްނަވާ
ރޮނޑާ މައްޗަށް ބޯހިއްލާފައި ރަގަޅަށް ބަލާލަބަލަ ކޮންވެރިކަމެއް ގައިތޯ ތިޖޫރީތައް ފޫދުއްވާލީ އަމިއްލަ އަ.ގައިން ކިޔޭ ނުކިޔޭ އެއްޗެއް އެ.ގޭތަ ރޮނޑާ ވރ ސލމ
ތީ ހަމަ ރަގަޅު ވާހަކައެއް ކިތައް ރުފިޔާ ނެގި ، އޭގެ ބަދަލު އެބަޖެހޭ ދައްކަން ދެންތިބޭ ..