ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.
ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައި ވަނީ 6:45 ހާއިރުއެވެ. މިހާރު ކަރަންޓް ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ވަނީ ފޯރުކޮށްދޯގައެވެ.
ހުޅުލެއަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ވިދާޅުވީ، ހުޅުމާލެގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމަށާއި، އެ ސަރަހައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެކްލޯގެ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
އަދި 18:50 ހާއިރު ހުރިހާ ސަރަހައްދަކަށް ކަރަަންޓް ދެވިފައިވާ ކަމަށް ސެޓްލްކޯއިން ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މެންދަމު މުޅި ހުޅުމާލެއިން ކަރަންޓް ކެނޑުނެވެ. އެފަހަރު ތިން ގަޑިއިރަށް ކަރަންޓް ކެނޑުނުއިރު، އެފަހަރު ކަރަންޓް ކެނޑެން މެދުވެރިވީ ކެނޑުނީ އަލަށް ގާއިމްކުރި އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކުން ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.
ދޭތެރެ ދޭތެރެއިން ހުޅުމާލެ އިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެއެވެ.
ހުޅުމާލެއަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ހުުޅުު