ނިމިދިޔަ އަހަރު ނިމިގެން ދިޔައީ ދިވެހި މަސްވެރިން ކުލަ ނުޖެހުނު އުންމީދުތަކެއް ކުރަމުން ދަނިކޮށް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއި މިހެން ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ޝިފާއުގެ ވިދާޅުވީ، 2019 ވަނަ އަހަރު ދިވެހި މަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި ކަމަށާއި މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދައްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުން ކަން އޭނާގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

2019 ވަނަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ކިރާ މަހަށް ހަމަ އަގު ނުލިބުމާއި، މަސް ކިރާނެ ކެޕޭސިޓީ މަސް ގަންނަ ސަރުކާރުގެ މައި ކުންފުނި މިފްކޯގައި ނެތުންފަދަ ގިން ކަންކަމާއި އެފަރާތްތަކުން ދިޔައީ ކުރިމަތިލަމުންނެވެ.

މިކަން އެންމެ ބޮޑަށް ދިމާވެފައި އެއްބަޔަކީ މުޅި ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ހުވަދު އަތޮޅު ރައްޔިތުންނަށެވެ. އެ އަތޮޅުގެ މަސްވެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މަސްވެރިން ވަނީ މިކަމާ ޝަކުވާކޮށް މުޒާހަރާ ކޮށްފައެވެ.

މިކަމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށެވެ.

އެހެން ނަމަވެސް 2019 ނިމިގެން ދިޔައިރު އަދިވެސް ކުރިއެކޭ އެއްފަދައިން މަސްކިރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސްވެރިން ކުރާ މަސައްކަތަށް ހަމަ އަގު ހޯދައި ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. އެހެން ނަމަވެސް މި ސަރުކާރު ވެރިކަމަށް އިސްވި ފަހުން ކިރާ މަހަށް ހަމަ އަގު ނުލިބުމާއި، މަސްނުކިރުމާއި، ބޭނުންވާ މިންވަރަށް އައިސް ނުލިބި، މަސްވެރިން ބާނާ މަސްކޮޅު އުކާލަން ޖެހޭ ކަމުގެ ޝަކުވާތައް ދަނީ އާންމު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިހަވަންދޫ

    ޝިފާއު މެންނަކީ ބޮޑުތިލަދުން މައްޗަން އުފަން ގައުމީލޯބި އިސްކަން ދީގެން މެންބަރުކަން އިހްލާސްތެރިކަމާއެކު ކުރާބޭފުޅުން އަވަހައް މިނިވަނަކައްވާވީ ތިޔަ ކެނެރީގޭ ނަޝީދު މަޖްލީހުގާހުރެގެ ތާއްޖޭގެމަސްވެރިންވާނީބިކަ އިބޫ ޖެހިލުންވޭ މިއީ ބަދަލްދޭ ސަރުކާރެއް ހިންގުމުގެ ވައްޓަފާޅިއެއް އަދި ސަރުކާރުގާ ސިޓީއެއް އިބާރާކޮއްލަންނޭގޭ މީހުންގިނައީ ބަދަލްދީ ބަދަލްދީ؟؟

    13
    • Anonymous

      ރައްޔިތުން ދެނެއް އެމްޑީޕީ އަކަށް މިރާއްޖެ އަކުން ވެރިކަން ކުރާނެ ފުރުސަތު ނުފެއްވާނެ. ކޮންމެ ފަހަރަކު ވެރިކަން ލިބުމުން ކަންތައް ކުރަނީ ދީނާއި ބީރައްޓެހި އަދި ޤައުމުގެ އިޤްތިޞާދު ހަލާކުކުރަނިވި ފިކުރުގައި

      13
      • ކުރިމަގު

        ތިހެން ކިޔާނެ މިހާރު، ހަމަ ވޯޓްލާ ދުވަސް އައިސްޖެހޭ އިރަށް ވޯޓް ލާނީ އެމްޑީޕީ އަށް ކޮންމެ މީހަކުވެސް. މީ ޙަޤީޤަތަކީ

  2. ސަންތިމަރިޔަބު

    ތީއަނެއްކާ ހެއްދެވި އަނެއް އިތުރުފުޅު މިހާރު ދިވެހި މަސްވެރިން ހަށްސަބާނާއި ގެން މަސް ވިއްކާން ދަނީ ލަންކާއަށާއި އިންޑިޔާއަށްނޫންތޯ؟ މަނިކުފާނު ދެނެވަޑާއިން ނެތީދެއްތޯ؟ މަސްވެރި ގެ ޖީބުތައް ޑޮލަރ އިންފުރާލާއިގެންނޫންތޯ އަންނަނީ
    ހަމަހިނިއަންނަނީ

    22
  3. ބުރުގާ

    ރަގަޅު. ތިހެން ފަހަރަކު މީހަކައް އިގޭނެ ޖަޒީރާ ރާއްޖޭގެ ނޭއްގާނިކަމާ ޖާހިލުކަން.

    24
  4. Anonymous

    އެޖެންޑާ 19
    ރައްޔިތުން ބިކަވަނީ

    22
  5. ކަޅުމަރިޔަނބު

    ކޮސް ނުގޮވާ ޢިއްޒަތްތެރި މެމްބަރޫ! ފާރަށް މޫނުލައިގެން ހުންނަންޖެހިދާނެ.

    8
    2