މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ކަފާލާތުގެ ދަށުންވެސް އަދި އެނޫންގޮތަކަށްވެސް ދޫކޮށްލަން ނުފެންނަކަމަށް މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ޢަލީމް ވިދާޅުވެއްޖެއެވެ.

ޢަލީމް މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޢަލީމް ވިދާޅުވީ، ރައީސް ޔާމީން މިހާރު ޖަލުގައި އޮންނަވަނީ ހިޔާނާތުގެ ފައިސާގެ ތުހުމަތު ސާބިތުވެގެން ކަމަށާއި އޭގެ އިތުރުންވެސް އެމަނިކުފާނުގެ މައްޗަށް ހިޔާނާތުގެ އެތައް މައްސަލައެއް ބަލަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކު ދޫކޮށްލުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޢަލީމް ވިދާޅުވީ، ކޯޓުތަކުން ކަންކުރަނީ އުސޫލު ތަކުގެ ތެރެއިން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

" އެވަރުގެ ބޭފުޅެއް ކަފާލާތުގެ ދަށުން ނޫން އެއްވެސް ގޮތަކަށް ދޫކޮށްލާކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން ޤަބޫލުކުރަނީ އޮންނަ ޤަވާއިދުތަކާއި އޮންނަ އުޞޫލުގެ ތެރެއިންކަމަށް ކޯޓުތަކުންވެސް ކަންކަން ކުރައްވާނީ. އެބޭފުޅާ ދޫކޮށްލާއިރު މިކަހަލަ ކަންކަމަށް ރިޢާޔަތްކުރައްވަންވާނެ " އަލީމް ވިދާޅުވިއެވެ.

އަލީމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ދިވެހި ރައްޔިތުންނާއި، އަދި ދިވެހި ޤައުމަށާއި ދިވެހި ޤައުމުގެ ތަރައްޤީއަށް ހުރި އެތައް ފައިސާއެއްގައި ޖެހި، އެ ތުހުމަތުގައި އަދިވެސް އެތައް މައްސަލަތަކެއްގެ ތަޙުޤީޤުތައް ކުރިޔަށް ބަލަމުން ގެންދާކަމަށެެވެ.

ކޯލިޝަނުގައި މިހާރު ތިއްބަވާ ބައެއް ބޭފުޅުންގެ ފަރާތުންވެސް ރައީސް ޔާމީނަށް ތާއިދު ނެތްކަމަށް އެއްބަސްވާ ކަމަށްވެސް އަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މ

    ކާފަގަނޑު އަނެއްކާ ކޯއްޗެކޭ ކިއާކަމޭ

    82
    6
  2. ޢަލީ

    ޚިޔާނާތަކީ ކިހިނެތްވާކަމެއްކަން މީނައަށް އެނގޭތަ؟

    94
    4
  3. ކެކެކެ

    ކަލެއަށް ނުފެންނާތީއޭ ދޫނުކޮށް ހުރީވެސް. ނަޝީދަށްވުރެ ނުލަފާ ބޭގަނޑެއް ފަހަތުގަ... ޗީޗީ މަ ލަދުން.

    85
    7
  4. ޅލލލ

    ތިމީހާ ގަނޑަށް ފެންނަ ގޮަތް މުހިންމެއް ނޫން

    88
    7
  5. ޙަބީބު

    ދެން ކޮބާ ހަމަހަމަކަން؟ ވަކި ބަޔަކަށް އެކަނިތަ ކަފާލާތުގެ ދަށުން ނިކުމެވެނީ. މީގެފަހުން އަދުލު އިންސާފޭ ކިޔާފަ އެމް.އާރ.އެމުން ވާހަކަ ނުދައްކާތި.

    107
    7
  6. ހަސަންބެ

    މައުމޫނަކީ 30 އަހަރުގެ އަނިޔާވެރިކަމުގެ ތާރީޚެއް އޮތް ފަރާތެއް.

    100
    5
  7. ޒާ

    ކަލޭ އެމްއާރުއެމް މައުމޫނާއެކު ވަޅުލެވެން ޖެހޭނީ

    88
    6
  8. ލޯބިވާ ވަޠަން

    ކޯޗެއް ރިފޯމް ކުރަން ރިފޯމް މޫވްމެންޓޭ ކިޔައިގެން ޕާޓީ ހަދައިގެން ތިއުޅެނީ. ކަލޭމެންނަކީ އިންސާފުގެ ކަންފުޅެއް ވެސް ނެތް މުނާފިޤު ބައެއްކަން ވ ރަގަޅަށް ތި އަންގާލީ. ކިތަންމެ ތެޅުނަސް މައުމޫނަށް ދެނެއް މިގައުމުގައި ތި ޑްރާމާއެއް ނުކުޅެވޭނެ.

    92
    3
  9. ހުސޭނުބޭ

    ކުރީރޭ ހިފި ކޭތަބެލިހެން ހީވަނީ!

    79
    5
  10. ގޮޅާ

    ލަދެއްނުގަނޭ އަނގަފުޅާ ކުރާކައް ތިއޮތީ ވާ ޕާޓީއެެއް ފުރަތަމަ ޕާޓީއައް މީހުން ހަމަކޮއްބަލަ ކުފޫ ހަމަނު ވާ ބަޔަކު މާތާހިރެއް ނޫން އަނގަ ފުޅާކުރާކައް.

    84
    4
  11. ލ ކުއްޖާ

    ޢަދުލުވެރި ޝަރީޢަތެއް ކުރި! އެކަމަކު ނިޔާ ޢަދުލުވެރިއެއްނުވި! ޙުކުމުގައި ވަނީ ޝަރީޢަތުގައިވެސް ނުދެކެވޭ އާ ވާހަކަތަކެއް! ކަލޭ ދެކެން ހުންނާތި ރައީސް ޔާމީން މިނިވަންވާތަން އިންޝާއަﷲ!

    91
    5
  12. ދަވާލި 19

    ހެހެހެހެހެެހެ ގޮޅާބޯ

    65
    3
  13. ޣހ

    ތިރީސް އަހަރުވީވެރިކަމެއްގާ ކުރި ތަރައްގީ ތިރީސް ދުވަހުން ޔާމީނު ގެންނެވީ!ބޫތު ކެޔަސް ފުކެއްދެން ބޮޑުވަރު!ގައުމަށްގެންނަ ތަރައްގީއަށް ހަސަދަ ވެރިވާ ބައިގަޑެއް!

    107
    4
  14. ވަގު ޔާނު

    ވވވވ ރަނގަޅު ކާފާ

    5
    44
  15. ޙާލަތު

    ތިޔަ މައުމޫނު ކޯންޗެކޭ ކިޔާކަށް...30 އަހަރު މިތާ ލާދީނިއްޔަތު ފަތުރާފަ އިސްލާމީ ވަޙުދަތު ނަގާލީ ތިޔަ މައުމޫނު... މިއަދު ޤައުމު މި އޮތް ޙާލަތުގެ ޒިންމާ ތިޔަ މައުމޫނު ނަގަންޖެހޭނެ... ކެނެރީގޭ ޢަބްދުއްސައްތާރު ދަރި މިތަނަށް ފާކުރީވެސް ތިޔަ މައުމޫނު... ލަދެއްނުގަންނާނެ ދޯ

    55
    2
  16. ޙާލަތު

    ނަސްރީނާ އަޅެ މީނަކުރެން އަހާބަލަ ތިމަންނައަށް ހެދުން އަޅަން ބުނެދިނީ ރަނގަޅަށް އިސްލާމް ދީނުގަ އަންގަވާފައިވާ ގޮތަށްތޯ... މިރޭ ނިދަން އަރާފަ ނަމަސް އަހާލާތި

    52
    2
  17. ޖެނެޓްޖެކްޝަންގެކާފަ

    އަބޫޖަހުލުވެސް އެންމެ ފަހު ފުރާނަޔާ ހަމަޔަށްވެސް ފާޅުކުރީ ބަދަލްހިފުން

    27
  18. ވަފާ

    30 އަހަރު ކައްވާލި ލާރިގަޑު ކޮބާ އެބޭ ޖަލުގަ ބޭއްވުން މާ އައުލާކަން ބޮޑު،،،، އަދިވެސް އެތެޅެނީ ވެރިކަމާހެދި،،، މުޅިގަވްމް ހަލާކުގެ ތެރެއަށް ވައްޓާލީ ތިބޭގަޑު ފާރިޝް އަށްވެރިކަން ހޯދަދޭން ވެގެން،،، ދިޔާމޯ

    18
    1
  19. ެައަލިބިޔާއްކަލޯ

    2800 އިން 2000 އަށް މެންބަރުން ތިރިކުރަން ބޭނުންވީތަ؟؟؟؟؟؟

    28
  20. ބޯބޯ

    ކޮމެންޓްތައްކިޔާލައްޗޭ އޭރުން އެއްޗެއްވިސްނޭނެ މީވެސް ޙިލްމެއްނެތްބައެއް އަމިއްލައެދުމާހެދި ރައްޔިތުންކުރި ޤަދަރުވެސް އަމިއްލައައް ވެއްޔާތިމޮޑެލަނީ

    17
  21. މުފައްކިރު.

    ޕާރޓީގަ އެތިބީ އަމިއްލައިން ޚިޔާލެއް ފިކުރެއް ހާމަ ކުރެވޭ ވަރަށްވުރެ ލީޑަރު ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުމަށް މަގާމު ތަކަށް އައްޔަން ކޮށްފަ ތިބި ބައެއް. އެހެންވީމާ ކޮސް ގޮވިޔަސް ނޭގޭނެ . އެންމެ ފަހުން އޮޔާ ބެހޭ ޕާޓީ އަކަށްވެ ނިމޭނީ

    18
  22. އެމްއާރުއެމް

    30 އަހަރުވަނަދެން މިޤައުމުގެ މާލިއްޔަތު ހިތުހުރިހޮތަކަށް ބޭނުންކުރަމުންދިޔަ އޭރުގެ ރައީސާއި އެއާއިލާ އަސްލު ޖަލަށްލާން ޖެހެނީ. ހިޔާނާތް އެކަންޔެއްނޫން މީހުންނަށް ނުހައްގުން ދިން އަނިޔާތަކޯ؟ އެމްއާރުއެމުން ގޮވާލަންވީ މިކަންކަމަށް.

    19
    1
  23. މުޙައްމަދު

    އަނިޔާވެރިން ކައިރީ އުޅޭނީވެސް އެކަހަލަ އަނިޔާވެރިން، އެމީހުން ދައްކާނީވެސް އެފަދަ ވާހަކަ، 30 އަހަރު ވަންދެން އަހަރުމެން ތިފަދަ އެތައްކަމެއް ތަހައްމަލް ކުރީމު، އަދި ކުރަންޖެހުނަސް ކުރާނަން، އެމްއާރުއެމް ތިކިޔާ ހައެއްކަ މީހުން ތިއީ މިޤައުމުގެ ހަލާކު

  24. އަފީ

    ﷲ އިރާދަކުރެއްވިއްޔާ މަގުމައްޗަށް ނުކުމެގެންވެސް ރައީސް ޔާމީން މިނިވަންކުރާނަން!

  25. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ދިވެހިގައުމާ ދިވެހި ރައްޔަތުންނައް ވޭތިވެދިޔަ60 އަހަ ރުމިގައުމަށް އެއްވެސް ރައީސަކަށް ނުގެނަސް ގެންނަންނޭގުނު ތަ ރަށްގީ ރައީސްޔާމިން ގެނެސްދެއްވި އެކަމަށްވިސްނާފަވެސް އެމަނިކުފާނަށް ބޭއިންސާފުންދޭއަނިޔާ ހުއްޓުވަންޖެހޭ