ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި 76 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކާއި މެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 76 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްުޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު 1:00 ހާއިރު އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގިޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ފެންމަތިވެފައި ވަނީ، ގއ.ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއްގައި އޭނާގެ ކާފަ އާއި މުނި ކާފަ އަދި ބައްޕަ ހައްޔަރުކުރިތާ މާގިނަ ދުވަހެއް ނުވަނީސް އެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އިކުރާމު...

    އިސްލާމީ ޝަރީއަތް ގާއިމު ނުކުރާތާކު ތިކަހަލަ ކަންކަން ގިނަވާނެ

    68
    2
    • ޓިކްޓޮކް

      އި ކުރާމު ތިބުނީ ހަމަ ތެދެއް.... މި ސަރު ކާރުގައި މިފަދަ ނުބައި އަމަލު ކުރާ މީހުން ގިނަވާނެ. ޚާއްސަ ކޮށް އުމުރުން ދުވަސްވީ މީހުން....

      15
      7
      • ވިކުރާމު

        އާނ އިސްލާމީ ޝަރީއަތް ގާއިމު ކުރަން ވެއްޖެ. އޭރުން ބޮލާއި އަތްފައި ކަނޑާނީ ކަލޭގެ. އެކަމަކު ކުޑަކުދީންނާ ބެހިގެން ދޭނެ އަދަބެއް ޝަރީއަތަކު ނޯވޭ.

        6
        2
  2. ސޭމް

    އަޅެ މިކިހާބޮޑު ކަމެއްތަ މިކަންތައްތައް ދެންވާނީ ބޮޑު މިކަހަލަ ޙަބަރު ނުގެނެސްދިނިއްޔާ ރަނގަޅުވާނީ. ދެން މިކަންތައް ޑްރަގަށް ވީހިން މިކަންތަކަށް އެޑިކްޓްވާނީ.

    36
    10
  3. ސަހޫ

    ހުރިހާފިރެހެނުންތައް މިގައުމުންބޭރުކޮށްލަންވީ މިކަންތައްހައްލުކުރެވޭނީ މިގޮތައްކަންތައްކުރީމައި މި ފިރެހުނުންނާއިހެދި ބޮޑު އުނދަގުލަކަށްވެއްޖެ މި ފިރެހެނުންނަކީ އެއްވެސް ބޭނުމެއްހިފޭބައެއްނޫން

    19
    9
    • ހަމީ

      ބަލަ ތި ވެސް ފިރެހެނަކާ އެއްކޮން ލިބިފަ ހުރި ދަރިޔެއް

      6
      1
    • ކަހޫ

      ފިރިހެނުންނާ ނުލާ ގުޅުން ހިންގާނެ ދަރީން ހޯދަނީ ކޮންތާކުން؟

      7
      1
    • ބޯސް

      އާން ގިނަފިރިހެނުންނަކީ މިހާރު މިކަހަލަބައެއް. މަ މީހަކާ އިންނަ ހިތްވެސް ނުވެފަ މިހުންނަނީ ނޭނގެ ރަނގަޅު މީހަކު ފެންނާނެ ކަމެއް. ހުސް އަމިއްލަ އެދުން ބޮޑު މީހުން އުޅެނީ.

      7
      4
      • ހިއްޗެއް

        އެކޮއެ އިންނާނެ ކަމެއް ނެތް.. ތިހާ ޠާހިރު ޚުލްޤު ރިވެތި މާތް ކަނބަލުން ފިރހެނުންނާ އިނދެގެން ހައިބަތާއި ޢިއްޒަތް ކުޑަވެދާނެ.. އެކަމު ފިރިހެނަކުވެސް އިންނާނީ ތިއަށްވުރެ ހިތްތިރިލ އިންނަވަރުގެ މީހަކާ ދޯ؟؟

  4. ނައީމް

    ރައްޔިތުންނޭ ހޭލާށޭ.... ރައްޔިތުންނޭ ވިސްނާށޭ.... ގައުމު ހަލާކުގެ ތެރެއައް ތިޔަބައިމީހުންގެ އަތުން އެއްލާނުލާށެވެ. މީހަމަ ތިޔަބައިމީހުންގެ އަތުން ކުޅަ ކަންތަކުގެ ހިތި ނަތީޖާ އެވެ. ރައޔިތުންނޭ ހޭލާށެވެ..... ރައްޔިތުންނޭވިސްނާށެވެ.

    27
    4
  5. ޓިކްޓޮކް

    ކިހާ ދެރަ ކަމެއް...????? ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އަދަބެއްގެ ގޮތުން ދަންޖައްސާ މެރުމަށް މަޖިލީހުން މިހާރު ވެއްޖެއެންނު ބިލެއް ހުށަހަޅައިގެން އެއަށް އަމަލު ކުރަން ފަށަން.

    25
    2
    • ޓިކު

      އިސްލާމީ ޝަރީއާގެ އަދަބު ކަނޑައަޅަނީ ކަލޭތަ؟

  6. ޢެޑްމުންޑޯ

    ހުރިހާ މުސްކުޅިން ހިފާ ހައްޔަރު ކުރަނީތަ ، ކިހާދެރަކަމެއް

    6
    23
  7. ބޮޑުކަމެއްނު

    ދީނުގަ އަންގަވާފަ އޮތީ އަންހެނުންނަށް ރަގަޅު ވާން. ފިރިހެނުން ހޭބަލިވަނީ ކީއްވެތަ

    14
    2
  8. ހަސަނު

    ދެންމުސް ކުޅިންނަށް ވިޔަސް އެމީހުންވެސް ކުރާހިއްވާނެ ދޯ...މިހާރު ތިކަންތަށްތިދަނީ މާމައްޗަށް.

    7
    5
  9. ނސދދ

    އިބޫ ސޯލިޙުގެ ޒިރޯ ޓޮލެރެންސްގެ ދަށުން އަވަހަށް ދޫކޮށްލަންވީނުން؟ ހައްޔަރު ކުރުން އިޒް ޖަސްޓް އަ ފޯމަލިޓީ
    ކިތައް އަންހެން ކުދިންގެ ދިރިއުޅުން ހަލާކުވެގެން އެދަނީ؟

    14
    3
  10. އުމަރު

    މުސްކުޅިންް ހިފާ ހައްޔަރު ނުކޮއް ރަގަޅު ހައްލެއް ހޯދޭނެ ގޮތަކީ ކޮބާ. މިހާރު މާމައްޗައް ކަންތަ ތިދަނީ. މުސްކުޅިންނައް އެހީތރި ކަން ފޯރުކޮއްދޭނެ ރަގަޅު ހައްލެއް ހޯދަންވެއްޖެ އެއްނުން. ކޮއްމެވެސް އާއިލާ އެއްގެ ކާފަ ނުވަތަ މާފަ ސަލާމަތްކުރަންޖެހޭ.

    8
    3
    • ޗަސް

      އެމީހުންނަށް ދޭން އަރަބި ކަރައިން ކުދި އަންހެންކުދިން ގެންނަންވީނު؟

  11. ވަސީމާ

    މާއުނގޫދޫ ސްކޫލްގަ އެބަހުރި ސްކުލް އަންހެން ދަރިވަރުންނާއި ވަރަށްގިނައިން ބެހިފަހުރި މީހެއް، ހައްޔަރެއްނުކުރޭ!

    • ނަސީމް

      ކަލޭވެސް ތިހިރީ އަދި ހައްޔަރު ނުކޮށެއްނު؟

      3
      1
  12. ޖިންސް

    ހުރިހާ ފިރިހެނުން ހައްޔަރުކޮށް ޖަލަށްލާން ވެއްޖެއެއްނު؟

    4
    2
  13. 《》

    ތިކަންކުރާ މީހުނަށް އިންޖެކްޝަން ޖަހާ އެލެވެންސް ކަނޑާބަލަ މަރަން ނުކެރެންޏާ. އެވަރު ފަސޭހަ ކަމެއްވެސް ކުރަން ނުކެރޭ.

    5
    1
  14. ޢަހަރެން

    މި ފިރިހެނުންނަށް ރަނގަޅު ފިލާވަޅެއް ނުލިބިގެން އެއުޅެނީ!!!?... މާ ފުއްޕާފަ، ގައްޑާ ވެގެން އުޅުނަސް ބިރެއް ނުގަނެ އިނގޭ !!??....މާތް ﷲ، މި ފަދަ ނުބައި ޢަމަލު ތައް ކުރާ މީހުން މި ދުނިޔެއިން ނެތި ކުރައްވާންދޭވެ....

    ފިރިހެނުން ދެ ކެމުޅިން ފޫހި ވެއްޖެ....?‍♀️??

    6
    3
  15. ކިހާދެރަކަމެއް

    ނަމާއި ރަށް ޖަހަން ނުކެރިގެން ތިއުޅެނީ ކީއްވެތަ؟ ވަކި ބަޔަކު ބަދަުނާމް ކުރަންވީމަތޯ ނަމާއި ރަށާއި ހުރިހާ މައުލޫމާތު ޖަހަން ޖެހެނީ. ތިޔަ ބާވަތުގެ ކަންކަން ކުރާ މީހުން މާ މާތްވެފަ ބާރުގަދައީތަ؟؟

    4
    3
  16. އެސޮރު

    ދުވަސްވީ މީހެއްނޫންތަ ތިޔަހިފާ ހައްޔަރު ކުރީ، އަވަހައް މިނިވަންކުރޭ. ސަރުކާރު ފެއިލް.

    2
    2