ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް، ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން 6 މަސް ތެރޭގައި ނިންމަން ޖެހޭނެ ކަމެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފިއެވެ.
ޑީޖޭއޭ އިން ކޯޓުތަކަށް މިގޮތަށް އަންގާފައިވަނީ ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުޑަކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާކުރި މައްސަލައެއް މިދިިޔަ ހަފުތާގައި ފެންމަތިވެ، ގިނަ ބައެއްގެ ސަމާލުކަން އައިސްފައިވާ ދަންޑިވަޅެއްގައެވެ.
އެމައްސަލައިގައި ހިމެނޭ މުނިކާފަގެ އެފަދަ އެހެން މައްސަލައެއް ވެސް އޮތް އިރުވެސް ދޫކޮށްލާފައި ހުރުމުން އެކަމުގެ ފާޑުކިޔުން ވަނީ ސަރުކާރަށާއި ފުލުހުންނަށްވެސް ވަނީ އަމާޒުވެފައެވެ. މި ހާދިސާއަށްފަހު ރާއްޖޭގެ އެކި ހިސާބުތަކުގައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ޑީޖޭއޭ އިން މިއަދު ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަށް އިސްކަން ދީގެން، އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެއެވެ. އަދި ގާނޫނުތަކުން ލާޒިމްކުރާ މުއްދަތުތައް ދިނުމަށްފަހު، ޝަރީއަތުގެ މަރުހަލާ ފަށައި، 2 އަޑުއެހުމުގެ ދެމެދު 48 ގަޑިއިރު ހޭދަނުވާނެހެން އަޑުއެހުން ތާވަލަކޮށް އެފަރާތްތަކަށް އަންގަން ޖެހެއެވެ.
މިފަދަ ކޮންމެ މައްސަލައެއްވެސް ކޯޓަށް ހުށަހެޅޭ ދުވަހުން ފެށިގެން އެންމެ ލަސްވެގެން 6 މަސް ތެރޭގައި ނިންމޭނެ ގޮތަށް ގަވާއިދުން ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އަދި ކޮންމެ މަހެއް ނިމުމާ އެކު، އެ މަހެއްގައި ކުރިއަށް ގެންގޮސްފައިވާ އެފަދަ މައްސަލަތަކުގެ ތަފްސީލު ޑީޖޭއޭ އާއި ހިއްސާ ކުރަންވެސް އެ އިދާރާ އިން ވަނީ އަންގާފައެވެ.
މިގޮތަށް ޑީޖޭއޭ އިން މިގޮތަށް ނިންމާފައިވަނީ ތުހުމަތު ކުރެވޭ މީހާ އާއި މުޖްތަމައުގެ މަސްލަހަތު ރައްކާތެރި ކުރުމުގެ އިތުރުން އަނިޔާ ލިބުނު މީހާ އާއި ހެކިވެރިން ހިމާޔަތްކޮށް ދިނުމުގެ މަގުސަދުގައެވެ.
ތިފަދަ މައްސަލަތަކަށް 6 މަހަސްދުވަހަކީ މާބޮޑަށްވެސް ދިގު މުއްދަތެއް މިދިޔަ ސަރުކަރުން ކަންކޮށްފައި އޮތްގޮތުންތޯމިހާރުވެސް މައްސަލަތައް ލަސްވަމުން މިދަނީ ގޯސްވެއްޖެކޮންމެ ކަމެއް މިދިޔަ ސަރުކާރު ރަގަޅުވެއްޖެކޮންމެ ކަމެއް މިސަރުކާރުގެ ހުނަރުވެރިކަމުން
6 މަސް ދެއްތޯ؟؟ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮށްކޮއެއް (16 އަހަރު) ގައި އޭރު އަޅުގަނޑުގެ ޅިޔަނަކަށް ހުރި މީހަކު ބެހިގެން ޕޮލިހުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށައެޅީ 2012 ގެ އޮކްޓޫބަރު މަހު. މައްސަލއިގެ އަޑު އެހުންތައް ނިމި ހުކުމް އިއްވުމާ ހަމައަށް މައްސަލަ ގޮސް، އޭގެ ފަހުން ހަބަރެއް ނުވޭ... މިހާރު އޭގެ ފަހުން މިވީ 7 އަހަރު...
ހިތުން ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުނީ. ސަހަބޭ ނުރަަބޯ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އަވަސް ކުރާ ބީދައިން މަސްތުވާތަކެތީގެ މައްސަލަތައް ވެސް އަވަހަށް ނިންމުމަށް މުއްދަތެއް ދިނުން މުހިންމު. މަސްތުވާތަކެތީގެ މައްސަލަތަކަށް ސަމާލުކަން ނުދެވިގެން އުޅޭ ސަބަބެއް ނުވިސްނޭ. ވަގުތު ނޫހުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ނޫސްވެރިންގެ ހައިސިއްޔަތުން މަސައްކަތް ކޮށްދިނުން އެދެން. ކިތައް ކުޑަކުދިންތޯ ހަލާކުވެ ނެތި ދަނީ. މިކަމަށް ގައުމު ހޭލަން ވެއްޖެ.
ސުޕަމެޖޯރިޓީގެ ބާރު ކޮބަ؟
ހަމަސް ދުވަހުގެ ކުރިން ނިންމުމައް އެދެން. ކުއްވެރިން މުޖުތަމައު އަށް ދޫކޮށް ނުލައްވާ
ސުޕަމެޖޯރިޓީގެ ބާރު ކޮބަ؟