ދެކުނުގެ އަތޮޅުގެ ރަށެއްގައި ވަޅިތަކަކާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 15 އަހަރުގެ ކުއްޖެކެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ، ތޫނު ހަތިޔާރު ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އަދި އެކުއްޖާ ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު، 4 ވަޅިއާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގަ ދަނބުކުލައިގެ ހޮޅިބުރިއެއް އޮތުމުގެ ބޭނުންކޮބާ
ވަޅިން ނުވެއްޖެ ހާލަތެއްގަ ހޮޅިބުރިން ޖެހިޖެހީނުން ދަނބުކުލަ އަރުވާލުން
އެއީ އާދައިގެ އެއްޗެއް ނޫންކަން އަންގާލީ
ކުޑަކުދިން ގެންގުޅޭނީ އެކުދިންގެ ކުޅޭތަކެތި! ދެން އެކުދިންގެ ކުޅޭތަކެއްޗާއެކުތަ ތި ހައްޔަރުކުރަނީ! ދެރަ ކަމެއް!
ތިޔާ ވައްތަރުގެ ދަނބު ހޮޅިބުރި ހުރޭ އެފްބީ ޕޭޖުތަކުގަ ވިއްކަން ޖަހާފަވެސް
ތީ ކިހާދެރަކަމެްތަ.