ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި "ކަރަންޓު އަގު ހެޔޮ ކުރުމާ ބެހޭ ގަރާރު" މިއަދު ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ސަލީމެވެ.

މި ގަރާރު ފާސް ކުރީ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ދިރާސާ ކުރުމަށްފަހުއެވެ.

މަޖިލިހުގެ ޖަލްސާގައި މި ގަރާރު 67 މެންބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރު ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިއެވެ. އެ ގަރާރުގައި ވަނީ މިހާރު ތިމާވެއްޓަށް ވީހާވެސް ރައްކާތެރި ގޮތަށް ކަރަންޓު ބޭނުންކުރުމުގެ ގޮތުން އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރުމަށެވެ.

އަދި ޑީސަލް އަންދައިގެން މިހާރު ދެމުން އަންނަ ކަރަންޓުގެ ސަބަބުން މޫސުމަށް އޭގެ ނޭދެވޭ އަސަރުތައް އިންތިހާއަށް ކުރަމުންދާތީ ރާއްޖެފަދަ ޖަޒީރާ ގައުމަކަށް އިޔާދަކުރުވަނިވި ހަކަތަ ބޭނުން ކުރުމަކީ ފައިދާ ކުރުވަނިވި ކަމަކަށް ވާނޭ ކަމަށް އެ ގަރާރުގައި ވެއެވެ.

މަޖިލިހުގައި ކުރިއަށް ދިޔަ ވޯޓު ގަޑީގައި ވަނީ ރިވައިސްޑް ކިޔޯޓޯ ކޮންވެންސް (އާރުކޭސީ) ގައި ރާއްޖެއިން ސޮއިކުރުމާ އެއްކޮޅަށް ފާސްކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ފެންނަ ކަމަށް ފާސް ކުރީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުޑަނުކުރާތި

    ހެޔޮނުވާނެ މިހާރުހުރިވަރައްވުރެ ކަރަންޓުގެ އަގުހެޔޮ ނުކުރާތި މިޔައްވުރެން އަގުހެޔޮކޮއްފިއްޔާ އުޅެންޖެހޭނީ ބިލްނުދެއްކިގެން ކަނުއަނދިރީގަ މިހާރުވެސް ކަރަންޓްބިލް ކުރީސަރުކާރުގެ އަގައްވުރެ ތިންގުނަ ކުޑަ އެހެންވީމާ އުޅެންޖެހެނީ ބިލްނުދެއްކިގެން

    1
    1