އައްޑޫސިޓީގައި އަލަށް ހަދާފައިވާ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ހޮސްޕިޓަލުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނަށް ސީޓީ ސްކޭން ކުރުމަށް ދަސްކޮށްދީފައިވާ ކަމަށެވެ. އަދި އެކަމަށް އަހުލުވެރި ކޮށްފައިވާ ކަމަށް އެ ޓްވިޓުގައި ވަނީ ބުނެފައެވެ.
އައްޑޫގައި އަލަށް އިމާރާތް ކޮށްފައިވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހުޅުވާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ހޮސްޕިޓަލް ހުޅުވާ ހިދުމަތްތައް ދޭން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި އެ ހޮސްޕިޓަލަށް އާ ހިދުމަތްތައް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ހޮސްޕިޓަލުން ސްޕެޝަލިސްޓުންގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް ފަރުވާދޭން ފަށާނެއެވެ.
އޭއީއެޗް އިން މިއަދު ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާފައިވާއިރު، ސީޓީ ސްކޭން ހިދުމަތް ދޭން ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ ބައެއް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އައްޑޫގައި ތަރައްގީ ކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. މިއީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި ހޮސްޕިޓަލެކެވެ.
ކުރީގެ ހޮސްޕިޓަލުންވެސް ލިބުނު ޚިދުމަތްތައް ތަކުގެ ވާހަކަ ލިޔެފައި އޮތީ އާ ޚިދުމަތެއްގެ ވާހަކަ ނެތެއްނު ލޮލް އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިތަ؟
އެންމެ ޖަލްސާއެއްބާއްވަން ހަރުގެއެއް އަޅާ އެޖަލްސާއަށްފަހު ތަނުގެބޭނުމެއް ނުކޮށް އެތަން ދޫކޮށްލާފަ އޮއްވާ ޔާމީނު ސަރުކާރުން އެތަނުގެ އެތެރެ އެއްކޮށް ތަޅާލާ ފެންވަރުގަހަދާފަ އިމާރާތުގެބޭރުންވެސް ގިނަތަންތަންއަޅާ ތަނަކަށް ހެދީމަ ރިބަންކަނޑަން މިތިބެނީ!އަޑަށްބާރުލާފަބުނާނެ މިއީ ޖިންނި އެޅިތަނެކޭ!ބޮޑުކޮރަޕްޝަނަކާއެކު ތަނެއް އެޅީމަނިމުނީތ!މިހާރުއެއީ ޔާމީންސަރުކާރު ބިނާކުރިތަނެއް ހަޖަމުކޮށްލާ!މެޝިންގެނަޔަސް ވާނެކަމެއް ހަރާން!ތިތާނގަ ގިނައި އިންޖެކްޝަނެއްވެސް ރަނގަޅަށް ޖަހަންނޭގޭ ނަރުހުން! ތިބޭ ބިދޭސީ ޑަކުޓަރުންނަށް އިނގެނީ އަންނަ އަންހެން ޕޭޝަންޓުންނާ ދިމާކޮށް ފްލާޓުކުރަން!ނުވިތާނކަށް ނަރުހުންވެސް ޑަކްމެނާހިތާވަނީ!ތަނެއްއެޅީމަ ލިބޭ ހިދުމަތުގެ ފެންވަރުއެހާ ދަށް! ދެން ރުޅިއަޔަސް ތެދުވާނީ ތެދަށް!
އާންމުބަލީގެ ބިދޭސީ ފިރިހެން ޑޮކްޓަރުނ ވަރަށް އުޅޭ އަންހެންވެރީންނާހެދި!ދެން އެހާ ފެންވަރުދަށް ނަރުހުން ގިނައީ!ކައްޓެއް ޖަހާކަށްވެސް ނޭގޭ!ތުންފަތުގަ ކުލަޖައްސަން އެނގެނީ
ޓެކްނިކަލް މީހުންގެ އިތުރަށް ނަރުހުންނަށާއި ޑޮކްޓަރުންނަށް ސީޓީ ސްކޭން ކުރަންވަނީ ދަސްކޮށްދެވިފައޭ ބުނުމުގެ މާނަ އަކީ ކޮބާތޯ؟ ސީޓީ ސްކޭން އަކީ ކެމެރާއެއް ނޫންދެއްތޯ، ފޮޓޮއެއް ނަގާ އުސޫލުން ނަގާލަން، އެކަންވެސް ކުރަނީ ކިޔަވައިގެން، އެކަމަށް ވަކި ތަމްރީނު ތަކެއް ލިބިފަތިބޭ ބައެއް ދެއްތޯ؟ ކޮން ގޮތަކުންދޯ މިއުސޫލުން ކަންކުރަން ތިބޭ ފުޅުން ތިނިންމެވީ؟
ދެން މެޝިންތަކާ ކުޅެން ނޭނގި އެންމެ އަވަށްވާނީ ހަލާކު!ކުރިންވެސް އެތައް މެޝިނެއް ބިދޭސީ ނަރުހުންނާއި ބިދޭސީ ޑޮކްޓަރުން ވަނީ ހަލާކުކޮށްފަ
އަންނި ހެދީ ރަނގަޅަށް!އެއޮތީ އިންޑިއާއަށްދީފަ!ދެން ވާތަރއްގީ ހުވަފެނުން ބަލަންތިބޭ!ރީނދޫބައިގަނޑުބާރަށް އަތްޖަހާ
ދެން ސޯބެއަށް މެނޭޖަރުކަން ދިނީމަ އޮންނާނީ ސޮނީގެ ހަތަރެސްކަންހަމަވެފަ
ތިތާތިބޭ ބައެއް ނަރުހުންނަށް ރަނގަޅަށް އިންޖެކްޝަނެއް ޖަހާލަން ދަސްކޮށްދޭ ޓްރެއިނިންގއެއްބާއްވަން ފެނޭ!މިހެން މިބުނީ ނާރަށްނުޖަހާ ހަންގަނޑަށް ކަށިޖަހާ މަގޭ ކޮއްކޮގެ އަތް ހަލާކުކުރީވެސް ތިތާނގެ ނަރުހެއް!މޮޅު ވާހަކަދައްކާނެ
ޝުކުރިއްޔާ ރައީސް ޔާމީން!
ފުރަތަމަ ދުވަހު ހީވި ޓްރީޓޮޕްހެން!ބަލިމީހާ ޑަކުޓަރަށް ދައްކާނިމެންދެން އެސިސްޓުވާން މީހަކުހުރި!މިހާރު އެކަން ނިމިއްޖެ!ބައެއް ނަރުހުން ވަރަށް އޯވާވެފަ!ކަށިގެ ޑަކް އެތެރެހަށީގެ ޑަކް ވަރަށް ބަރާބަރު
ވަގު ސެޓުފިކެޓު ނަގުވައިގެން ގެންނަންވިނު އިންޑިޔާ ނަރުހުން...ތުންފަތުގަ ކުލަ ޖައްސާފަ ސެންޓު ޖެހެނިކޮން އެ ނިމުނީ ކަމެއް ކުރަން ނޭނގުނަކަސް.. ހުވާ މިބުނީ މިތާގަ ހުރި ބުރާންޗަށްވެސް ނޭނގެ މެޑިކަލް އިކުއިޕްމަންޓްސް އަށް ކިޔާ ނަން ވެސް... ހަދާފަ ހުރީ ޑިގުރީ.. އިނގެނީ ސަންދޯކު ކޮޅުފިލާ...
ކޮންމެ ކަމެއްކޮށްދިނަސް އައްޑޫ މީހުން ރަށައް ނުދާނެ މުޅި ދުނިޔެވެސް އެމީހުނައް މަދުވެފަ އޮންނާނީ ސޯ ސެލްފިސް ބައެއް
ޝުކުރިޔާ ތަރައްގީގެ ބާނީ ރައީސްޔާމީން ރީނދޫބައިގަނޑައް ހަޖަމުނުވިޔަސް މިފަހަރުދެން ހަޖަމްކޮއްލާ