އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، 10 އަހަރުގެ އޭވިއޭޝަން ޕްލޭނެއް އެކުލަވާލުމަށް، ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް، ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.
ރާއްޖޭގައި މުޅިން އަލަށް، މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށާފައިވާއިރު، މިކަމުގެ ސަބަބުން، އޭވިއޭޝަން ދާއިރާ، މިހާރަށްވުރެވެސް ހަރުދަނާކޮށް، ހިންގުމަށް މަގު ފަހިވެގެންދާނެ އެވެ.
ފެންނަންހުރި ތަފާސް ހިސާބުތަކުންނާއި، ބީސީޕީ ރިޕޯޓްތައް ދައްކާގޮތުން، އައިލެންޑް އޭވިއޭޝަން އަކީ މިހާރުވެސް ފައިދާވާ ކުންފުންޏެކެވެ. އަދި ނިމިގެން ދިޔަ 2019 ވަނަ އަހަރު ނިންމާލީވެސް، ރަނގަޅު ފައިދާ އަކާއި އެކުގައެވެ.
އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮ ކުުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ އެއް ވަޢުދުކަމަށް ވީހިނދު، އެ ވަޢުދާ އެއްގޮތަށް، އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮ ކުރުމުންވެސް، އައިލެންޑް އޭވިއޭޝަން އަކީ، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުން ދޭހަކޮށްދެނީ، ކުންފުނީގެ ހިންގުންތެރިކަމާއި ހަރުދަނާ ކަމެވެ.
10 އަހަރު ދުވަހުގެ މުއްދަތަށް ހެދޭ މި ޕްލޭންއާއި އެކު، ރަނގަޅު ބަދަލުތަކެއް އޭވިއޭޝަން ދާއިރާ އަށް އަންނާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ކުންފުނިން ދޭ ޚިދުމަތަކީ، ކޮމާޝަލް ނޫނީ، ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ދޭންޖެހޭ ޚިދުމަތެއްތޯ ކަނޑައެޅުމުގައިވެސް ފަސޭހަވެގެން ދާނެ ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.
ދެހާސް ވަނަ އަހަރު އުފެއްދި އައިލެންޑް އޭވިއޭޝަން އަކީ، 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން އެއާލައިންގެ ހިދުމަތާއި ލައުންޖު ހިދުމަތް އަދި އެއާޕޯޓު މެނޭޖުމެންޓާއި އޮޕަރޭޝަން، ކާގޯ ހިދުމަތް އަދި މޯލްޑިވިއަން ހޮލިޑޭސްގެ އިތުރުން މޯލްޑިވިއަން ސީޕްލޭންގެ ހިދުމަތްވެސް ދެއެވެ.
ވަރަށް ރަނގަޅު ކަމެއް. ޜިޒްވީ އަކީ ވަރަށް ހިންގުންތެރި ވެރިއެއް.
ކަލޭމެން ކަންކަން ޕުލޭން ކުރާނެ ކަމެއްނެއް...އިސްތިއުފާދީފަ ގައުމުންވެސް ބޭރުވޭ.
ޕްލޭން ކުރަން 10 އަހަރު، ތަންފީޒު ކުރަން ފަށަން 10 އަހަރު....
ތިޔަކޮންސަލްޓެންސީ އެން މެފުރިހަ މަށްދެވޭނީ އިންޑިއާގެޖީއެ މްއާރަށް އެއީ ވަރަށްގާބިލުއެކަ މުގެ ތަޖުރިބާހުރިބައެއް އެނޫންބަޔަކަށްތިޔަކަންނުކުރެވޭނެ ވީ މާ ވަގުތުނަގާނުލާއެފަރާތަށް އެވޯޑުކޮށްލާ ފަސޭހަދޯ؟