ޗާންދަނީ މަގުގައި ހުންނަ ބިގްމޭން ރެސްޓޯރަންޓްގެ ބަދިގޭގައި މިއަދު އަލިފާން ރޯވެ މީހަކު ފިހިއްޖެއެވެ. މި
ހާދިސާގައި ފިހިފައި ވަނީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.
މަންޒަރުދުއް މީހުން ބުނާ ގޮތުގައި އޭނާގެ މޫނާއި ދެއަތް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އަލިފާނުގެ ހާދިސާގައި ރެސްޓޯރެންޓްގައި ހުރި އައުޓްޑޯ ޔުނިޓަކަށް ވެސް ގެއްލުންތަކެއް ލިބުނެވެ. އައުޓްޑޯ ޔުނިޓް މަގުމައްޗަށް ވެއްޓުނު ވަގުތު މަގުމަތިން ހިނގާފައި ދިޔަ މީހަކު ސަލާމަތް ވީވެސް ކިރިޔާއެވެ.
އަލިފާނުގެ ހާދިސާ ހިނގިތާ ގިނައިރުތަކެއް ނުވެ ސިފައިން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވާލާފައެވެ.