އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ބައިސްކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ފިރިހެން މީހާއަށާއި، ބައިސްކަލް ދުއްވަން އިން އަންހެން މިހާއަށްވެސް އަނިޔާތަކެއް ވެފައި ވެއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި އެކްސިޑެންޓް ހިނގި ވަގުތު ބައިސްކަލްގައި ކާރު ޖެހި ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހުމުގެ ސަބަބުން ފާރު ވެއްޓިފައި ވެއެވެ.

އެކްސިޑެންޓުގައި ދެމީހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.