ކޮވިޑް-19 އާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ގެނެސްދޭނަމަ ފިޔަވަޅު އާޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފިއެވެ.
އެ ކޮމިޝަނުން މިއަދުބުނީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް އިލްތިމާސް ކުރާ ކަމާށެވެ. އަދި މިކަމާ ގުޅޭ އެންމެހައި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރުވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.
އެގޮތުން ކޮވިޑް-19 އާ ގުޅޭ ހަބަރުތައް ގެނެސްދޭއިރު، އެ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މަޢުލޫމާތަކަށް ހެދުމާއި، މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުމާއި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
"ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ގެ ޚަބަރާއި މަޢުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަން". ބްރޯޑްކޮމް އިން ބުންޏެވެ.
ބްރޯޑްކޮމް އިން ވަނީ ކޮވިޑް-19 ގެ މަޢުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.
ތިކަން އެކަންޏެއް ނޫން... ކޯރަންޓީން ކޮއްފައި ހުންނަތަނަކުން ފިލާމީހުނަށް ޖިނާއީ ދައުވާވެސް ކުރަން ޖެހޭނެ
ރައްޔިތުންގެ މެދުގައި ސައްޙަނޫން ވާހަކަތައް ފެތުރީ މީޑިއާ އަކުން ނުވަތަ އާންމު ފަރުދުންނެއްނޫން. އިޓަލީގައި މިބަލިފެތުރި އިޓަލީން މުޅި ޔޫރަޕަށް މިބަލިފެތުރެން ފެށިފަހުންވެސް އިޓަލީން ޓުއަރިސްޓުން އައުން ސަރުކާރުން މަނާނުކޮށް ކިތަންމެ ދުވަހެއްވި. އެކަމާ އެއްޗެއް ބުނާނެ ތިކަހަލަ ކޮމިޝަނެއް ނެތްދޯ.
މި ސަރުކާރުން ނޫސްވެރީންނަށް ބިރުދައްކައި ރައްޔިތުންނަށް ކަންތައްތައް ސިއްރުކުރަން އޮންނަ ކޮމިޝަނެއްތީ.
ތިއީ މަޑިސީލަ ޕްރޮގްރާމް އަށް ފޮނުވި ރޮ ކެޓް ހަމަލާއެއް.
ރައްޔިތުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަކަށް ހުޅުވާލެވިފަ މައިދޮރާށި އޮތްކަމަށް އެޅޭނެ ފިޔަވަޅެއް ނެތްތޯ....ފުރަތަމަ ދިރިހުރުމުގެ ހައްގު...އެއަށްފަހު އަމަންއަމާންކަން...ދެން އަދި ކެއިންބުއިން ވެސް..
ކަލޭމެން ފިޔަޅު އަޅާނެކަން އިނގޭ ތިޔަތިބެނީ ނިކަމެތި ރައްރަށައްވެސް މީޑިއާނެޓް ނޫން ބަޔަކު މިގައުމުގަ ޓީވީ ޙިދުމައް ނުދެވޭތޯ ކުދި ކުދި ރައް ރަށައް ފިޔަވަޅު އަޅާ ބޮޑެތި ޖޫރި މަނާ ކޮއްލ؛ަ ކޮއްލަ
އޭތް ކޮބާތަ ލާދީނީ ރިޕޯޓު ނެރުނު ގުންޑާތައް ހާދަ ހަޔާތް ކުޑަ ސަރުކާރެކޭދޯމީ ތިމާމެން އެކަނިތަ މިދުނިޔޭ ގައި އުޅެން ޖެހޭނީ؟
ކަލޭ ތިހެބުނީމަ މަމިހުރީ ބިރުން ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ވެސްނުހުރެވިގެން މިޅުޅެނީ ހާދަ ބިރުން ނޭމިހިރީ!
އޭތް ހަޖަމް ނުވި ބޮޑުޖަލްސާއަށް ދިޔަ މީހުނާ ދޭރޭ ފިޔަވަޅެއް ނާޅަންތަ!
މަރިޔަމް ވަހީދާ ޢައުރަ ނިވާކުރުން މާ ރަނގަޅުވާނެ