އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިޚުލާސްތެރި ނޫން މީހަކު ނުހުންނާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ނުހައްގުން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޕީޕީއެމް އާއި ޕީއެންސީގެ ކޮންމެ މީހެއްގެ އުންމީދަކީ ވެސް ރައީސް ޔާމީން މިނިވަންވުން ކަމަށެވެ.

ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ހައި ކޯޓުން މިކަމާ މެދު އަދި ގޮތެއް ނުނިންމައެވެ. ރައީސް ޔާމީން މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ހާއްސަ ޔުނިޓެއްގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ދެ ޕާޓީގެ ލީޑަޝިޕުން މިކަމުގައި މަސައްކަތް ކުރަނީ އެކީގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ލީޑަޝިޕްގައި ތިބި ހުރިހާ ބޭފުޅުންނަކީ އެއް ވިސްނުމެއްގައި ރައީސް ޔާމީނާ އެކު ސާބިތުވެ ތިއްބެވި ބޭފުޅުން. ވަކި އަޅުގަނޑު އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ދެ ޕާޓީގެ ލީޑަޝިޕްގައި ތިބި ކޮންމެ ބޭފުޅަކީ ވެސް ރައީސް ޔާމީނަށް ވަފާތެރި އިޚުލާސްތެރި ބޭފުޅުން. ދެން އެކި ބޭފުޅުންނަށް މަސައްކަތް ކުރެވިފައި ހުންނާނީ އެކި މުއްދަތަށް. އެއީ މުޅިން އެހެން ތަފާތު ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ސަންފައްތަ

  އެންމެންވެސް ޔާމީނަށް އިޚްލާޞްތެރި ވެދާނެ. އެކަމު އެ އެންމެންނާމެދު ޔާމީންގެ އިޚްލާޞްތެރިކަން ހުރިތޯ ސުވާލު އުފެދެނީ. ކާފައަށް އިޚްލާޞްތެރި ނުވިމީހަކު ދެން އެހެން މީހަކަށް އިޚްލާޞްތެރިއެއް ނުވާނެ.

  5
  13
 2. އަހަރެން

  ލޮބުވެތި އަޚުން! އިޚްލާޞްތެރިވާންވީ ވަކިމީހަކަށް ނޫން. ﷲ އަށް. ކޮންމެ މީހެއް ފަރާތުންވެސް ހެޔޮކަމެއް ފެނިއްޖެނަމަ އެކަން ބަލައިގަނެ، ގޯސްކަމެއް ފެނިއްޖެނަމަ އެކަމަކަށް ނޫނެކޭ ބުނެ އެކަމުން ދުރުވެގަންނަންވީ. ޤިޔާމަތްދުވަހުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އޮތީ އެގޮތުގަ.

  12
 3. އަލްޖިބްރާ

  ދައުވާ ކޮންމެ ކަހަލަ ދައުވާއަކަށް ވިއަސް ޔާމީނު ވައްކަން ނުކުރާކަމަކަށް ނުވާނެ ! ޚުދް ކަލޭމެންވެސް އެކަމަށް އިޤްރާރުވާނެ ! ވަންކަންކުރި މީހަކަށް ޝަރުޢީ އަދަބު ލިބޭނެ ! އެކަން ޔާމީނު އެދަނީ ތަންފީޒު ކުރަމުން ! ދެން އޮތީ ކަލޭގެ ކަންތަށް ! އެކަންތަށްވެސް އެކަމުގެ ވަގުތު ޖެހުމުން ކުރިއަށްދާނެ ! ހަޅޭއްނުލަވާ މަޑުން ހުރޭ !

  5
  9
 4. ލޮލްލޮލް

  ފައިސާ ކޮޅެއް ދައްކާލަބަލަ. އެނގިދާނެ ތިޔަކަމެއް!

  5
  3
 5. ތުއްތަ

  ރައީސް ޔާމީން މިނިވަން ވާނެކަމުގެ ފޮނި އުންމީދުގައި މިހުންނަނީ.އިންޝާ ﷲ އިރާދަ ކުރެވިއްޔާ ނަސްރު އަވަސް މުސްތަގް ބަލެއްގައި ލިބޭނެ.އާމީން

  12
  3
 6. ކުމް ކުމް ހަސަން ބެ

  2 ޕާޓީ މީހުން ރައީސު ޔާމިނަށް ތިޔަ ހުވަފެން ދެއްކުމަށްފަހު އެކަކު ވެސް އެމަނިކުފާނަށް ވޯޓެއް ނުދޭ! މުޅިން މަކަރު ވެރި ދޮގު ވާހަކަތައް ފަތުރަނީ

  5
  4
 7. ބްރޯ

  އިހްލާސް ތެރި ވާހަކަ ނުދައްކާ ރަހީމްމެން ކަންކުރިގޮތުން ޔަމީނު މިހާލަތަށް ދާންޖެހުނީ ނޫންނަމަ މިހާރުވެސް ހުންނަވާނީ ގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީން.

  2
  2
 8. ކޮވިޑް

  އަލްޖިބުރާއަށް ! ވައްކަންކުރީ ރައީސް ޔާންތޯ ނޫނީ އެހެންފަރާތެއްތޯ! އޭނަވައްކަންކޮށްފައި ޔާން އެކައުންޓަށް ފައިސާ ޖަމާކުރީމައި އެވައްކަންކުރީ ރ. ޔާންތޯ! އެގޮތަށް ހަމައެތަނުގެ އެކައުންޓުން އެތައްބައެއްގެ އެކައުންޓަށް ފައިސާ ޖަމާކުރި އަދި އެފަރާތްތަކަށް ޖަމާވި ފައިސާ ފެންނަންވެސް ނެތް އެމީހުންވެސް ވާނީ ވަގުންނަށްދޯ! މިސަރުކާރުގެ އެތަށް ބޮޑުންނެއް މީގައި ހިމެނޭ! ކީއްވެ ފިޔަވަޅުނޭޅުނީ ! ޔާންގެ އެކައުންޓަށް ޖަމާވި ފައިސާ އެހުރީ ފެންނަށް ބަހައްޓާފަ! ހަސަދަލިއަސް ބޮޑުވަރު ގަމާރާ.

 9. ކޮވިޑް

  ސަންފާ! ރ.ޔާން އިޚްލާޞްތެރިވީމަ މިހާ ބާރުމިނުގައި ޤައުމު ކުރިއަށް ގެންދެވުނި! މިހާރު ކިހިނެތް މިވަނީ އުދުހެނީތަ ނޫނީ ފިރުކެނީތަ؟

  5
  1
 10. ގލ

  ޕޕމ ޕީއެންސީ ގެ ހުރިހާ މެންބަރުންނަކީވެސް ވަތަނީ
  ބޭފުޅުންކަމަށް ގަބޫލް ކުރަމެވެ ޖަހާހާބެރަކަށް ގުބޯހެއްދޭނެ
  ބައެއް ނޫނެވެ. ރ ޔާމީނަކީވެސް ވަތަނީ ބޭފުޅެކެވެ ގައުމަށް
  ހަރާންކޯރުވުމަކީ ވަތަނީ ސިފައެއްނޫނެވެ.

 11. ބަރުގޮނު

  ރައީސް ޔާމީނަށް ދެވަނަ ދަވްރެއް ލިބިވަޑައިނުގަތީ ހަމައެކަނި އިދިކޮޅު ޕާޓީތަކާ އެޕާޓީތަކަށް ތާއީދުކުރާ މީހުން ނުފެންނަ ކަމަށް ދިން ވޯޓަކުންނެއްނޫން. އަދުރޭމެން ތިޔަ ހަދައިގެން އުޅޭ 2 ޕާޓީގައިވެސް ޔާމީނަށް ވޯޓް ނުދޭ ގިނަ ބަޔަކު ތިބި. އެމީހުން ގޮވާ ނުހެއްޖަސް ޔާމީން ކުރެއްވި ގޯސް ކަންތައްތައް އެމީހުންވެސް ގަބޫލުކުރޭ. ތި ދެ ޕާޓީގައި އެމީހުން ތިބީ ، ޢިރާޤްގައި ޞައްދާމްގެ ސަރުކާރުގައި ޞައްޙާފުމެން ތިބިހެން. އެމީހުންގެ ޚިޔާލު ނުފޫޒުގެ ބިރަށް ސިއްރު ކޮށްގެން. އެމެރިކާ މީހުން އެރީމާ އެމީހުންވެސް ޖެހުނީ އެމެރިކާ އަތަށް. ރިޔާސީ އިންތިޚާބުގެ ވޯޓާ ޖެހުނީމާ އަދުރޭމެން 2 ޕާޓީގައި ޔާމީނަށް ބިރުން ތިބި މީހުންވެސް ސިއްރުން ވޯޓް ދިނީ ޔާމީނާ ދެކޮޅަށް.