ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެދިއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ތައްޔާރަށް ކަމަށް މަޖިލިހުގެ އިދާރާ އިން ރޭ ބުނެފިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 އާ ހަމައަށް އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ޓެސްޓް ކުރަން އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.

ނަޝީދު މިދިޔަ މަހުގެ 11 އިން 14 އަށް އިނގިރޭސި ވިލާތަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ފަހު، ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 15 ގައެވެ. ނަޝީދު އެ ދަތުރުކުރެއްވި ދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓެއް ނުކުރެއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އެ ދުވަސްވަރު ރާއްޖެ އައި 50 އަށް ވުރެ ގިނަ މީހުން ޓެސްޓް ކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ޓެސްޓްކުރުމަށް ނިންމާފައިވަނީ އެ ގައުމަކީ މިބައްޔަށް ރިސްކު ބޮޑު ގައުމަކަށްވެފައި އެގައުމުން ދިވެހިންތަކެއް ފައްސިވެފައިވާތީއެވެ.

މަޖިލިހުގެ އިދާރާ އިން ބުނީ ނަޝީދު ހުންނެވީ އެޗްޕީއޭގެ އެދޭ ގޮތަށް އަމަލު ކުރަން ތައްޔާރަށް ކަމަށެވެ.

ނަޝީދު ވަނީ އިނގިރޭސިވިލާތުން ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިހާރު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާއިރު ވެސް ނަޝީދު އިންނަވަނީ މަޖިލިސް ކުރާ މާލަމުގައެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން ވެސް ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދެފުށް

    މީނަ ދާނެހާތާކަށްގޮސް ކުރާނެހަާކަމެއް ކުރީމާ ޓެސްޓް ކުރަންވީ މީ މިވެރިންގެ ވައްތަރު ޔާމީނަށްވީމާ ހިތުހުރިގޮތެއް ހަދަންވީ މީނާ ވަރިހަމަ ކިތައްމެ ބޮޑު ކުށެއްކުރިއަސް ކުއްވެރިއެއްނުވެއި މިގޮތް ސަޅިއެއްނޫން މީނާއަކީ ޤައުމުގެ ހަލާކު

    20
  2. ނައީމް

    މިފަސްގަނޑަށް ކޮވިޑްގެ ވަބާ މިފަސްގަނަޑަށް ނާންނާނެކަމަށް ގޮވާލި އެކަކުތީ ތަންތަން ލޮކްޑައުން ކުރިޔަނުދީވެސް ހިފެހެއްޓީ މިކަލޭގެ ބާރުން މިކަލޭގެ އުޅޭނެހާތަނަކު އުޅެފާ ގައުމަށް އަންނަންދެން މުޅިގައުމު އޮތީ ހުޅުވާފަ މިހާރު މިވީދެނީ ރައްޔިތުންނޭ މީނާ ބޭނުމެއްނުވޭ ދުޢާއެއްވެސް ކުރާކަށް އަތެއް ނުނަގާނެ ހަމްދެއްނުކިޔާނެ ބައެއްފަހަރު ތާއީދު ހޯދަން މީހުންގިނަވީމާ ޮށްފާނެ ރައްޔިތުނޭ ވިސްނާ އަހަރެމެންގެ އަތުން ދިން ފާހަގަޔަކުން މިތިބަގެން މޮޔަވަނީ ވިސްނަ ވިސްނަ ސަހީމްގެ ޗެލެންޖުގަ ބައިވެރިވުން ބުއްދިވެރި

    14
  3. މުޙައްމަދު

    ނަޝީދު ވިޔަސް ހަސަނުވިޔަސް އެއޮނަ އުސޫލެއްގެ ތެރެއިން ކަންތަށް ކުރިޔަށް ގެންދަންޖެހޭނީ. ނަޝީދު އެއީ ވަކި ކާކުތަ! ހުރިހާ ޓިވީ ތަކަކުން ދުވާލު ދެދަޅަޔަށް އޭނަގެ ނަންކިޔަންޖެހޭތަ. މިގައުމުގެ ކަރާމަތާ ހައިބަތު ގެއްލުވާލުމުގެ އެއްމެ ބޮޑު ޒިއްމާއެއް ނަގަންޖެހޭމީހަކީ ތިޔަބުނާމީހާ. ޓެސްޓްކޮށްފަ ނަތީޖަ ޕަބްލިޝްކޮށްދެއްވާ.

    11
  4. އަލީ

    ޓެސްޓް ކުރުމާ ނުކުރުމަކީ ނަޝީދުގެ އަމިއްލަ ޗޮއިސްއަކަށް ވެގެން ނުވާނެ.

    15
  5. Anonymous

    ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރި ފަހުން ރާއްޖެއައުމުން 15 ދުވަހަށް ނަޝީދު ކަރަންޓީނު ނުކުރެވެނީ ކީއްވެގެންބާ. ކޮބާ ހަމަހަމަ ކަން. މިވަރުގެ މީހުންނަށް ސަނާކިޔާ ހަދަނީ. އެޗްޕީއޭ ކޮބާ.

    17
  6. އިބުރާހިމް

    ކުރަން ޖެހޭނެ! ތައްޔާރު ނޫނަށް އެއީ އިނގިރޭސި ވިލާތުން އައީތީ!...

    15
  7. އިންސާފު

    ބަލަ ކޮބައި އިންސާފު ކެނެރީގޭ ނަޝީދު ވީމާ ކޮވިޑް-19 ޓެސްޓުކުރަންނުޖެހޭ ގާނޫނު އަރާހަމުނުވޭ؟ ދެރަމީހާ ގާނޫނު ހަމަކުރޭ ފައިސާގެ ހިޔާނާތުގާވެސް ހަމަމިގޮތް؟؟ ޓީ.އެމް.އޭ ކިޔާގެން ވިދާޅުވާ މިލިއަންޑޮލަރުވާހަކަވެސް އޯކޭ ކޮބައި މިނިވަން މުއައްސިސާތަން ނިދާފަތަ؟؟މިހިރީ ހަޔާއިންސާފުމިހާރު އިވެނީ ހިޔާނާ ހިޔާނާތުގެ ވާހަކަ މުޅިގައުމުމިހާރުވަނީ މިވާހަކައިން ގުގުމާލާފައި؟؟މިހާރު ނިސީދުގެބާރެއްނެތް މިހާރު ބާރުވެރިޔަކީ މައިމޫނާ ތަބައަވާންޖެހޭ ؟

  8. އާނަ

    ޓެސްޓް ކުރަން ތައްޔާރު މީހަކު ނުފޫޒުގެ ބޭނުން ކޮށްގެން ކަރަންޓީނަކުން ނުފިލީސް. އެއީ އެންމެންގެ ސަލާމަތައް ގައުމުގެ ރައީސް ވިޔަސް ކުރަންޖެހޭނެ ކަމެއް

    14
  9. ކުއްލި ނިންމުން

    ހަމައެކަނި ޓެސްޓެއްނޫން ކުރަންވީ. އެކަހެރކވެސް
    ކުރަންވީ. ކރިވަޑައިގަންނަވާނަމަ އމިއްލަފިޅަށް
    އެކަހެރިވެސް ވާންވީ
    މިހާރުވެސް ތިޔަ ހުންނެވީ އެޗްޕީއޭގެ ގަވައިދާ ޚިލާފްވެ ޤައުމަށް ވައިރަސް ފޮނުވާފަ
    ތިމާއަށް ވަކޮ ގޮތެއް މިޤައުގައި އޮންނަންޖެހޭކަމަށް
    ދުށުމަކީ އިންސާފުތޯ!

    11
  10. ޖަޒީރާމަނިކު

    ނަޝީދު ޓެސްޓް ކުަރަން ތައްޔާރަށް ހުރިކަން މަޖިލީހުގެ އިދާރާއިން އިއުލާން ކުރަން ޖެހޭތަ؟

    13
    2
  11. ރައީސުގެ މީހާ

    ބޮޑާނުވޭ.. ﷲ މިންވަރުކުރައްވައިފިނަމަ... ފިލާ އޮތަސް.. ކަމެއްވާކަށް މާގިނައިރެއްނުނަގާނެ..

    ތީ ދެން ބޮޑުވަރު..

    12
  12. ސިއްރު

    އިތރުފުޅު ނުހައްދަވާ އެއިރުވެސް ޓެސްޓް ކުރުން ކުރިއަށް ގެންދަވަން ވަނީ ނިންމާފަ އަދި ރޯގާ އޮތް ޤަވްމުތަކަށް ދިއުންވެސް ވަނީމަނާކޮށްފަ އެޤަވްތކުނަ އަންނަމީހުން ވެސް ދަނީ ޓެސްޓް ކުރަމުން ވީމާ މިކަމުގަ އިޚްލާސްތރިވާންވާްނ ޖެހޭ ައީސްސުން އިސްތިސްނާކުރުމުން ޤަވްމަށް ލިބިދާނެ ގެއްލުމަކަށް ބައްލަވަން ޖެހޭ ދެއްތޯ .ކުރައްވާ މަސައްކަތައް ޝުކުރުރިއްޔާ

  13. ޖޮބޭ

    ތައްޔާރަކަށް ނޫނޭ ހުންނަންވީ ފަރުދީގޮތުން މިފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭގޮތަށް އަމަލު ނުކުރުމުން ހުރިހާ އެންމެން މިކަމުގައިޝާމިލުވި ހުރިހާމީހުން ހިމެނޭހެން ފިޔަވަޅު އޅައިދިނުމަށް ޕީޖީ އަށް ގޮވާލަން.
    ނޫންނަމަ މުޅިސަރުކާރު އިސްތިއުފާދޭން ގޮވާލަން.

    11
  14. ދާމޫ

    ޓެސްޓް ކުރަންޖެހޭ ފަދަ ފަރާތްތައް ކަރަންޓީނުގެ ކޮށް މުއްދަތު ހަމަވުމުން ޓެސްޓުކޮށް ނަތީޖާ ލިބެންދެން ދޫވެފަ ތިބުމަކީ ދިވެހިން އިންސާނީ ބޮޑުކާރިސާއަކަށް ހުށަހެޅިގެން ހިނގާދާނެކަމެއްކަން މިކަމާއިގުޅޭ ހުރިހާ ދިރާސާއަކުންވެސް ދައްކާ!!!

  15. ސަޓޯ

    އޭ ކޮން މަޖުލީގުގެ އިދާރާއެކޭ ވީދޭކަށެއްތަ ؟ މަޖުލިސް އިދާރާއަކީ އަންނިގެ އައްޕަގެ ތަނެއްތަ.. އަންނިގެ އެޔޮއް ބޮޑު އަނގަ ކުޑައީ ؟؟

  16. ހަސަން ކޮއި

    ނޫސްތަކަށް ނާރައިގެން މީނާ ދެރެވީ ދޯ..
    މިހާދުވަހު ކޮރޯނާގެ ބިރުވެރިކަން ބޮޑުވާހެން ހީވާތީ ފިލާފަ އޮތީ.. ހަމަ ކުޑަކޮށްވެސް ބަލިފެތުރުން ކޮންޓްރޯލް ވީހެން ހީވާއިރަށް ހޮރުން ނިކުމެ.. މިއުޅެނީ ނޫސްތަކުގެ ހެޑްލައިން ހޯދަަން..
    އައްދޭ ކަމަކުނުދާނެ ޝަހީމު މާވަރުގަދަ އެބަކުރޭ.. އޭނާޔާ ދިމާކޮލްލީމަ ހެޑްލައިން މިފަހަރު ލިބޭނީ.. މީ މީނާގެ ފޭކްސްޓްރެޓަޖީއަކީ..
    އެނޫންނަމަ ކޮންބަޢަވާތަކޭ.. ތީ އެއްޗޭ ކިޔާކަށް.. އަމިއްލަ ގާބިލުކަން ނެތިގެން ދޯކޮށް ލީ..
    އެކަން މި ފަހަރުވެސް ސާބިތުވެއްޖެ.. ކަމެއް ޖެހުނީމަ އިބޫ ބޮލަށް ކަނޑާފަ ފިލީ.. ހަމަ ނިމޭއިރަށް ހޮރުން ބޯދިއްކޮށް އަޑުގަދަ ކުރަނީ..!

  17. ކަލޭފާނު

    މި ކަލޭގެ ޓެސްޓްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކަމަށްވާތީބާ، އެގޮތަށް ބުނަން މަޖިލީހުގެ އިދާރާއަށް ޖެހުނީ؟

    6
    1
  18. ތިރިބެ

    މިވެސް މީހުން ރުޅިގަދަވެގެއް ކޮމެއްޓް ކުރާވަރު ކަމެއްތަ އެކަކު އަނެއްކަކައް ހިއްސާފުކޮއް ދުއާކޮއްދޭންވީ ވަގުތު (ހަސަދަ ހުއްޓާލަބަލަ)

  19. ޗައިވާލޭ

    ބަލި ހުއްޓަސް ޕޮޒިޓިވް އެއް ނުވާނެ. އެހެންނަމަ މެދުބަދައިގެ މައްސަލަ ހުރިކަމައް ލިއުން ދިން ޑަކްޓަރުގެ ސެޓްފިކެޓު ކެންސަލް ވެފަ އޮންނަން ވާނީ.