ކުލި ނުދެއްކޭނަމަ މާލޭގައި ދިރިއުޅޭ މީހުން ރަށަށްދިއުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ގޮވާލެއްވުމުން އޭނާ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީސަ ވިދާޅުވީ ކުލި ނުދެއްކިގެން އެތަނުން ނެެރެންދެން މިއަދު ތިބެގެން ނުވާނެ ކަމަށާ، މާލެގައި ކުއްޔަށް ތިބި މީހުން، ހާލުގައި ޖެހުމުގެ ކުރިން ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން، މާލޭގައި ކުއްޔަށް ނޫޅެވޭ ނަމަ އަމިއްލަ ފަސްގަނޑަށް ބަދަލުވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުލިދެއްކޭނެ ގޮތެއް ނެތްކަމަށް، އަޅުގަނޑުމެން ފަރުދީގޮތުން ޖަހާ ހިސާބުން ދައްކާ ކަމަށް ވާނަަމަ އަޅުގަނޑުމެން މިއަދު އެބަ ޖެހޭ އަނބިދަރިންނާއި އެއްކޮށް ކިތަންމެ ނުރުހުނު ކަމުގައި ވިއަސްވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއެގެން މިކަމުން ދުނިޔެ އަދި އަޅުގަނޑުމެން ސަލާމަތް ވަންދެން ކައިގެން ބޮއެގެން އުޅެވޭނެ ހާލަތުގައި އަޅުގަނޑުމެން ތިބެން. ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދޭ ހާލަތުގައި ތިބެން." އޭނާ ވިދާޅުވިއެވެ.
އީސަގެ ވާހަކަތަކާއި ގުޅިގެން ބައެއް މީހުން ވަނީ އީސަގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.
ގިނަ މީހުން ބުނެފައި ވަނީ އީސަގެ ވާހަކަފުޅަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލަން ދެއްކި ވާހަކައެއް ކަމަށާއި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ.
އީސައަށް ފާޑުވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސަ ދެއްކެވީ "ކަނޑުކޮސް ވާހަކައެއް" ކަމަށެވެ.
އީސައަށް ފާޑުކިޔައި ޚިޔާލުފާޅުކުރި މީހަކު ބުނީ "އަދިވެސް ނިކަމެތި ވަމުންދާ އާއިލާ ތަކަށް އުންމީދީ ވާހަކަ އެއް ނުދެއްކުނުތާ މަލާމާތުގެ ރާގައް ތިޔަ ވާހަކަ ދައްކަނީ. ފަނަރަ، ވިހި އަހަރު އެއް ގެއިން އަނެތް ގެޔައް ގަނަތެޅުނީ ހަމަ ކުލި ދައްކައިގެން. މިހާލަތު ދިމާވެ ކުލި ނުދެއްކިދާނެ ހެން ހީވާއިރައް އެމީހުންނަށް ހައްލެއް ނުހޯދައިދެވުނުތާ، ދިރިއުޅުން ވިއްސި ވިހާލި ކޮށްލާށޭތޯ ތިޔަ ވިދާޅުވަނީ. އެމީހުންނަށް ބޯހިޔާވެހިކަން ނުދެވުމަކީ ދައުލަތުން ލަދުވެތިވާން ޖެހޭ ކަމެއް. އެއީ އެމީހުންގެ މައްސަލައެއްނޫން. ދައުލަތުގެ މައްސަލައެއް." ކަމަށެވެ.
އެހެންމީހަކު ބުނީ އީސަ އަކީ "ބުރާންޗެއް" ކަމަށެވެ. "ރީތިގޮތަކަށް ތިބުނީ ރާއްޖެތެރޭ މީހުން ރަށަށް ދާން. ކަލޭ ހީކުރީ މާލޭ މީހުންގެ އިމާރާތްތަކަށް ފައިސާ ދައްކަން އައިސް ތިބޭކަމަށްތަ. އެއްބަޔަކު ތިބީ ދަރިންނަަށް ކިޔަވައިދޭން. އަނެއްބަޔަކު ދާއިމީ ބައްޔަށް ރަށުން ބޭސްނުކުރެވޭތީ. އަނެއްބަޔަކު ވަޒީފާއަށް. ތީ ހަމަ ބުރާއްޗެއް." ކަމަށެވެ.
މިވަގުތު ދިވެހި ރައްޔިތުންނަށް އުޅޭނެ ހިޔާވަހިކަމެއް ނުދީ އަދި ކާނެ އެއްޗެއް ނުދީ މަޖިލިސް މެންބަރުންނަށް މުސާރަ ހަލާލެއް ނުވާނެ ކަމަށް ވެސް މީހަކު ބުނެފައި ވެއެވެ.
އީސަ އިޚްލާސްތެރިވާން ފަށާނީ ވޯޓްކައިރިވާން ފެށީމަ ކަމަށް ވެސް މީހަކު ބުނެފައި ވެއެވެ. "އޭރު އަބަދު އުޅޭނީ ރައްޔިތުންނަށް މާ ހެޔޮއެދޭ މީހަކަށް ވެގެން. ރައްޔިތުންނަށް ތިޔަ ގޮނޑި ދީފައި ރަށަށްދޭ." އޭނާ ބުންޏެވެ.
ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން އީސަ އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އީސަ އަށް ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ސަރުކާރު މެދުވެރިވެގެން ބޭންކުތަކަށް ލުއި ހޯދައިދީ، ބޭންކުތަކުން ދޫކޮށްފައިވާ ހައުސިންގ ލޯނުތައް ދެއްކުން 6 މަސްދުވަހަށް މެދު ކަނޑާލާނަމަ، އެއާ އެކަށީގެންވާ، އެންމެ ކުޑަވެގެން 30 އިންސައްތައިގެ ލުޔެއް ކުއްޔަށް އުޅޭ ފަރާތްކަށް ދޭންވާނެ ކަމަށާއި އެކަމަށް ސަރުކާރުން ޝަރުތުކުރަންވާނެ ކަމަށް އީސަ ވިދާޅުވުމުން އޭނާ އަށް ގިނަ ބަޔަކު ތައުރީފް ކުރިތާ ހަފްތާއެއް ވެސް ނުވަނީސްކަން ފާހަގަކޮށްލެވެއެވެ.
އީސަ ރަގަޅޭ ހަމަ.. ކުލި ނުދެއްކެންޏާ ކޮންމެމީހަކުވެސް ދާންވީ ކުލި ނުދީ އުޅެވޭނޭ ތަނަކަށް.... ރަށަށް ދާށޭ މިލަފުޒު ގެނައިމަ ގޯހީދޯ.... އާނ ދެން އެހެންނާފަހެ!!! ސަރުކާރުންވީ މާލޭގަ ދިރިއުޅޭ އެންމެނަށް ކުލިވެސް ދައްކަދޭން ކިހާ ދެރަކަމެއް މިއީ... ކޮރޯނާއަކީ ސަރުކާރުން ފަތުރައިގެން އުޅޭ އެއްޗެއް ވިއްޔަ.. މިރާއްޖެތެރޭ މީހުން ހީވާނީ އެހެންފަދަ ކަމެއް ހެން....
ސަޓޯ. އައް ކަލެއައްވެސް އަދި އެހެން ރައްޔިޔުންނައްވެސް ހުރިހާ ހިދުމަތެއް ލިބޭނެ ތަނަކުން ގޯތިއަދި ދިރި އުޅެވޭނެ ތަން ހޯދައި ދިނުމަކީ ސަރުކާރުގެ ޒިންމާ. ސަރުކާރޭމިކިޔަނީ ކެސ ބާލންތަ ރަށައްދާކައް ނުޖެހޭ އެތަނުގައި ފުރިހަމަ ސިއްހީނިޒާމް އަދި ތައުލީމް ލިބޭނަމަ މަ އެއްވެސް މީހަކަު މާލެ އައް ނާންނާނެ. ސަޓޯ ކަލޭ އައް އެނެގޭތަ މާލެ މީހުން ބަނޑައް މަރުވާނެ ރާއްޖެ ތެރޭ މީހުން މިތާނެއް ނަމަ މި އަދު މީ މާލެ ޟިހުންގެ ފެންވަރު. ޢީސަ ވެސް ހީކުރަނީ މާލެމީހުން ނޫނިއްޔާ ރައްޔިތަކައް ނުވާނެކަމައް. ހީނުކުރަތި ރާއްޖެ ރެތޭ ކިޔަސް އަހަރުމެން ކަރަކައް ކަލޭމެންނައް އަތް ނުފޯރާނެ ދުވަހަކުވެސް. ޅަކަލަލަލަލަަަަ
ބަނޑަށް މަރުވާނެ ނަމަ ކުތިން ވެސް ވީސް އެނގޭ... ކަލެއަށްދޯ އެނގެނީ އިރާދައިގަ ހުރި ގޮތެއް... ހީވަނީ މިރާއްޖެއަކީ ރާއްޖެތެރޭ މީހުން އެކަނި ތަރައްގީ ކުރިތަނެއް ހެން... ސާބާސް.. ރާއްޖެތެރޭ މީހުން މާލެ ނާނަމަ އެހެން ގޮތްތައްވެސް ހޯދާނެ... ރަށުގަތިބެގެން ރަށްތަރައްގީ ކުރިނަމަ !!!
ތި މީހުން ކުލި ނުދައްކައިގެން ބަނޑަށް މަރުވާނެ ނަމަ މާލޭ މީހުން ނުގޮވާނެދޯ ރަށަށް ދާކަށް
ސަރު ކާރަކަށް ވެސް މި ވަގުތަކު ހުރިހާ ރައްޔިތުން އުޅޭނެ ތަނެއް ހޯދައި ނުދެވޭނެ ކަން ވިސްނެން ޖެހޭނެ
ލަދެއްވެސް ނުގަނޭދޯ އަދި ވާހަކަ ދައްކަން. ތިމާމީހާއަށް ކައިބޮއެތިއުޅެވެނީ ރަށްރަށުގެ މީހުން ކުއްޔަށްދޭ އެެއްޗަކުން ނޫންބާ؟ އިނދަޖެހުމުގެ ކުރިން ހަމަބިމަށް ފައިބާ. ތިއުޅެވެނީ މާމަތީގަ ފެންވަރުއޮޅިގެން.
ވާނުވާ ނުބަލާ ހޭރޭ ވާންޗޯއެއް މިވެސް.. މާލޭގަ މާލޭ މީހުންވެސް އެބަ އުޅޭ ކުއްޔަށް.. ކުއްޔަށް އުޅޭ އެންމެންގެ ރަށެއްވެސް ނޯވޭ ރަށެއް ހުއްޓަސް ރަށުގަ ގެއެއް ނެތް އެތަށް ބަޔަކު އުޅޭ..ވަރަށް ފެންމަތިބެ ސައިޒު އޮޅި ފަހަރަކު ޅަކުއްޖަކާ އިންނަމުން ދުވާ ޝައިތޯނެއް..
Kaley bunegen viyya aharun male ga mi ulhenee male mee kae ah varu aa ah liuvaafa in falhu rashetha. Vaanuvaa neygi gen thi ulhenee. Dhera kamakee thikahala buraathin ves thithanuga thibey theeve.
އީސަ ބަރާބަރު.. ކޮންމެ ރާއްޖެ ތެރޭ މީހެއްގެ ރަށުގަ އޮންނާނެ 5 ވަރަކަށް ގެ.. އަހަރެމެން މާލެމީހުނަށް ދިރިއުޅޭނެ ތަންކޮޅެއްވެސް ނިލިބުނު.. ވިލިގިލި ހުޅުމާލެ ވެސް ރާއްޖެތެރޭ މީހުނަށް ދިނީ... ނުވިތާކަށް މުސަޅު ވިހާލާ ހެން އެވަރަށް ދަރިން ހޯދާނެ.. ބޮޑު ކަމެއް
މާލެ މީހާ ފުދިގެން އުޅެބަ. ކަލޭމެން އެކަނި ވިއްޔާ ވިހަންޖެހެނީ. ތީ ތިކަހަލަ ޖާހިލުން ދުނިޔެއަށް ގެންނަ މީހުންނަށްވެސް ހުރި ބޮޑު ލަދެއް.
މީ ހަދަ ގޮތެއް ފޮތެއްނެތް އާދަމްދެ ދަރިއެކޭ ބަލަ އީސަ އަށް -/82000ރުލިޔާ މަހު މުސާރައަށް ދެއްވަނީ އީސަގެ މައިން ބަފައިންތޯ ނުވަތަ އިދެގެނެ އުޅޭ އަބިކަބަލުންތޯ ނުވަތަ މި ރާއްޖޭގެ ރައްޔަތުންގެ ފައިސާއިންތޯ މި ކަން ރައްޔަތުންނަންސާފު ކޮށްދެއްވާ ރައްޔަތުން ހާލުގައި ޖެހުނީމަ މިފަދަ ނިކަމެތި ވާހަކަ ދެއްކުމުގެ ބަދަލުގާ އީސަގެ ދާއިރާގެ ރައްޔަތުންގެ ތެރެއިން މާލޭގައި ކުލި ނުދެއްކި ތިބީ ކޮންބައެއްތޯ އޮޅުންފިލުވާ އެބާމީހުނަން ކުލިދެއްކުމުގެ ހުރިހާ ކަމެއްކޮންދެއްވާ އިންތިހާބުގައި ވޯޓް ހޯދަން އެމީހުން ތިބިތަނަކުން ހޯދާ އުސޫލުން މި ކަންވެސް ކުރެވޭނެ އީސައަށް
ބައެއް ބޭފުޅުން ވާހަކަ ދެއްކެވުމަށްވުރެ އެ ބޭފުޅަކަށް ރަނގަޅުވާނީ ވާހަކަ ދެއްކެވުމުން އެއްކިބާ ވިއްޔާ! ބުނާ ކޮންމެ ބަހަކުން އެހެން މީހުންގެ ނުރުހުމާ މަލާމާތް ތަހައްމަލު ކުރަންޖެހުމަކީ ފަސޭހަ ކަމެއްނޫން.
Mee dhen kaakutha alhe. Kae ah tha aharun dhaan v thanakaa kuran v kameh kae ah tha ingenee. Bolhu rodhi kedin gen raaraa gudi eh hen thi ulhenee machaa.
ފާއިތުވި 30 އަހަރުގަ ރަށުގަ ހުރި މައިންބަފައިންގެ ގޯތިތެރޭ އަޅަން އުޅުނު 2 ކޮޓަރިގެ ގެ އަދިވެސް ނުނިމެ، ލިބޭ އެއްޗަކުން މާލޭގަ އުޅެން ޖެހެނީ ވަޒީފާ މިތާ ހުރެފަ ކުދިންގެ ކިޔެވުންވެސް އޮތީމަ . ދެން މިއަދު ރަށައްދާށޭބުނީމަ ގޮސް ވަންނާނެ ތަނެއްނެތް! އަހަރުމެންނަކީ ރެފިއުޖީން!
މަގޭ އަންހެނުންނަކީ 2 ކިޑްނީ ފެއިލް ވުމުގެ ސަބަބުބް ހަފްތާއަކު 3 ދުވަހު ޑަޔަލިސިސް ހަދަން ޖެހޭ މީހެއް މިހާރުވެސް ރަށުން މިކަން ކުރެވޭނަމަ ދާން މިތިބީ ތައްޔާރަށް
އީސަ ވަރައް ސަޅިވާނެ އީސަ އެކަނި ދުނިޔޭގަ އުޅެންވީ މާލެ އަކީ އީސަގެ އެކަނި ތަނެއްކަން ނޭގެ. ކޮންމެ މީހަކު މާކަ މާލެވެގެން މި އުޅެނީ މާލެއަކީ ވަކިމީހަކު ހެދިތަނެއްތަ ތިމީހުން ދުނިޔެއަށް އައިރު މާލެ ހިފައިގެންތަ އައީ އަބަދު މާލެއަކާ ވެގެން ތިތެޅެނީ.
ބައެއް މީހުން ވާހަކަ ދަހކާއިރު އަނގަތެރެ ކުނިވެފަ .
އެފަދަ މީހުންނަށް ރިވެތި ބަހެއް ބުނަން ނޭނގޭނެ.
ރީތިގޮތަކަށް ތިބުނީ ރާއްޖެތެރޭ މީހުން ރަށަށް ދާން. ކަލޭ ހީކުރީ މާލޭ މީހުންގެ އިމާރާތްތަކަށް ފައިސާ ދައްކަން އައިސް ތިބޭކަމަށްތަ. އެއްބަޔަކު ތިބީ ދަރިންނަަށް ކިޔަވައިދޭން. އަނެއްބަޔަކު ދާއިމީ ބައްޔަށް ރަށުން ބޭސްނުކުރެވޭތީ. އަނެއްބަޔަކު ވަޒީފާއަށް. ތީ ހަމަ ބުރާއްޗެއް
މީނާ މީ މަޖްލީހުން ބޭރުކުރަންޖެހޭ މީހެއް! ރާއްޖެތެރެއިން މަޖްލީހަށް ހޮވުމުގެ ބަދަލުގައި މާލޭގެ ކޮންމެވެސް ދާއިރާއަކުން ހޮވިގެން ހުރެތިވާހަކަދައްކާ! މީނައަކީވެސް މާލެގެ ކުލިދައްކަންޖެހޭމީހެއް. ނަމަވެސް މީނާ އެކަން އޮޅުނީ ސަރުކާރުން އެކަން ކޮށްދޭތީކަންނޭނގޭ! މިހާރުވެސް ލިބޭ 80 ހާހުން ދައްކާ ގޮތަށް ހަދާބަލަ ދެންމީނާވެސް ދާންޖެހޭނީ ރަށަށް ނޫންތޯބަލަން!
އޭބަލަ ޢީސާ ކަލެއައް އިގޭތަ އަހުން އުޅެނީ ހުޅުމާލެގަ ކުއްޔައް،ރަޖިސްޓިރީ އޮތީމާލޭގަ ގޯތިއޮތީ ބަފާނަމުގަ، އެތަންކޮޅު ހުރީ ބަފޯ ކުއްޔައްދިން ބަޔަކައް ދީފަ،އަހުން ނަން އެތަނުން އިސްތައްޓެއްވެސް ނުލިބޭ، ދެން ކުލިނުދެއްކުނީމަ މާލެއަރާފަ އަހުން އާސަހަރާގަ އަހުން އަމިއްލައައް ވަޅެއް ކޮނެގެން އޮއްނަން ވީއޭތަ ތިވީދެނީ. ބުރާންތިވިއަސް ބޮޑުވަރު ކިއޭނުކިއޭއެއް ނޭގެ، ފުލެޓް ދެވުނީކިނޫން.. އަލަތު ކައިވެނި ފުލެޓު ޗޮކުން،އަލަތުކައިވެނި ދަރިއަކު ބަލާއަމަޔަކު ހުރެފަވެސް ފުލެޓުޗޮކުން. ތިވަރު ތަގެ ތިތާ އެމްޕީ އެކޭކިއަގެން ނުހުރެ އަމިއްލައަތައް ކުޅުޖަގަން ޓުރެކް ސަރަހައްދުގަ ހުއްޓަސްމާތާހިރުވާނެ.
ކޮބާހޭމާލޭ ރަޖިސްޓުރީއޮއް މައުން ބަފައިންގެ އުދަގުލާގެދި ބޯހިޔާ ވަހިޔާވަހިކަމެއް ނެއް މީހުންގެ ފުލެޓު.. ހަމަ ބޮޑު ކުލި ދައްކައިގެން އުޅެން އޯކޭދޯ.. ދެން ތަގެ ރަސައް ދާސޭނުގޮވަޗޭ ތިހުރީ އަހުންރަސުގަ .. އެއްޗއެް ވިސްނުނުކަމައް އުްމީދު ކުރަން.
ށަޓޯތީ ރީދޫ ގައި ޖެހިފައި ހުރި މީހެން ހެންވަރަށް އެބަ ހީވޭ މިކަހަލަ މީހުން ވޯޓް ހޯދަން ނާނާތި
މާލޭ މީހުންނަ ކަ ނެއް ރާއްޖެ ތެރޭމީހުންނާ ނުލާ އުޅެވޭކަަށް. އެމީހުން ކުރާމަައްސައް ތުން މާލޭމީހުންނަ މާލޭ ގާވެސް ތިބެވެނީ.ހެހެ
އިންސާނާގެ ދުލަކީ ދެކޮޅަށް ދެބަސް ބޭރުވާއެއްޗެއް! މިކަންތައް ގުޅިފައިވަނީ ހިޕޮކްރަސީއާއެކު. އެއްދުވަހު ވިސްނީ ލުޔަކަށް އެދި އަދި ބަހުސްކުރީ ލުއިހޯދުމަށް. އެހެންނަމަވެސް ޕާޓީގެ ވިޕްލައިނުގެ ނިއްމުމާ ޚިލާފަށް ބުނެވުނު ބަސްތައް އަނބުރައި ގެންދަން އެންގުމުން ލުއިގޮތަކަށް އީސާތައްކާނަށް ބުނެވުނީ ކުލި ނުދެއްކޭ މީހުން ރަށަށް ފުރައިގެންދާށޭ. ބަސްއެތުރުމުގައި ބުނެވުނު ކުށެއް. އެކަމަކު ކުށްބުނެވުނީ ރައްޔިތުން ރަތައްއަރާ ގޮތަށް. ޕާޓީ ގެ ލީޑަރު އުފާވާ ގޮތަށް.
ތިޔަ އީސަ ވެސް ތިޔައީ ހަމަ ރާއްޖެތެރޭ ސޮރެއް. ކަނޑިކިބުރި މަތިން ހަނދާން ނެތިގެން އުޅޭ ސޮރެއް.
ރައްޔިތުން ނިކުމެ މީނާ ރަށައް ފޮނުވަން އެބަޖެހޭ.. މެމްބަރަކައްވެހުރެ ތިޔަ ދެކެވުނުނވާހަކަ އެބަ އިނގޭތަ ބޮލުރޮއްޖާ..؟
އަހަރެން އީސަ ދެއްކި ވާހަކަ އާއި ދެކޮޅެއް ނޫނެވެ.. ކުލި ނުދެއްކޭ ބަޔަކު ބަދަލު ވާންވީ ރަށަށެވެ.. މާލޭ މީހުނަށް ވާނޭ ގޮތާއިމެދު ހިތާމަ ކުރަމެވެ.. ރަށުގައި އަހަރެންގެ 7 ހާސް އަކަފޫޓުގެ ބިމަކާއި 5 އަކަ ފޫޓު ބިމަކާއި 4 ހާސް އަކަފޫޓުގެ 2 ބިން އެބަ އޮތެވެ.. ނަމަވެސް މާލެގައި މި އުޅެނީ ކުއްޔަށެވެ.. މާތްﷲ އިރާދަ ކުރެއްވިޔާ އެ ބިން ތަކުގައި ހުރި ރުއްތަކުން ލިބޭ ކާށިންވެސް އަހަރެން ބަނޑުފުރާނަ މުއްތިކުރާނަމަވެ. މާލޭ މީހުންނަށް ވާނީ ކިހިނެއް ހެއްޔެވެ. އަހަރުމެން ރާއްޖެތެރޭ މީހުނަށް ގޮތް ހުސްނުވެއެވެ.. ސިޔާސަތު ބަދަލު ކޮށްފި ނަމަ އަހަރުމެން މާލެ އަކަށް ނައަންނާނަމެވެ..
ތިދައްކަނީ އަމިއްލަ ފުދުންތެރިކަން ހުރީމަ. ރަށްރަށުގަ ގޯތި ނެތް މީހުންވެސް އެބައުޅޭ. ޢެމީހުންނަށް ތިގޮތަށް އުޅެވޭނެބާ. ބަސް ނެރުމުގެ ކުރިން ބުއްދީގެ ބޭނުންކުރޭ.
ރާއްޖެ ތެރޭމީހުން މާލެ ތަރައްގީ ކުރީ ޔޯލަ... ރާއްޖެ ތަރައްގީ ކުރީ ޔޯލަ... އެވެރިން ކުރިހާވެސް ކަމަކީ ދަރިންފަތި ގެނެސް މާލެ މަގުމައްޗަށް ދޫކޮއްލީ... ފޭރުމާ ވައްކަމާ ހަކުރު ބުއިން ނޫން ކަމެއް ނުކުރޭ... މިހާރުވެސް މިމާލެ ތެރޭ ޕާރޓޭ ގޭންގު ހަދައިގެން އުޅެނީ ކޮންބައެއްތޯ ބަލާބަލަ... %99 އަކީ ރާއްޖެތެރޭ މީހުން.. އަދި ހުވަދު އަތޮޅު މީހުންގެ ދަރިންފަތި މީ އަރާތިބި ބައެއް. މާ ގޭންގުވެގެން.. ބިޑު މުސީބާތެއް އެއީ.. ރަށަށް ގޮސް ގޭންގު ހަދައިގެން ރަށުގަ އުޅެބަލަ...
ސޮއްބެ.ދަރިން ދެއްވަނީالله.ތިބާޔަށް ނުވިސްނޭކަން
ތިބާަޔަށް ހެޔޮ ވިސްނުން ދެއްވާށި.
މިކަލޭގެ ރިސޯޓުމުއައްޒިފުންގެ ބޯކާލައިގެން ސިޔާސީ ހައިބަތުހޯދާފަ މިއަދު އެބައިމީހުންއަވެސްކުރަނީ ފުރައްސާރަ މިމީހުންނައްހީވާކަހަލަ 65 މެމްބަރުން މިތިބީއޭ އެހެންވީމަ މިހާރު ތިމަންމެން މީ މާމަތީބައެކޭ ތިޔަޖަހާސަކަރަތާ ނަގަމުންދާ ނާޖައިޒުފައިދާ ރައްޔިތުންބަލަންތިބީ ސޯސަލްމީޑިއާގަ ޕާޓީކުދިންލައްވާ ދަޅަދައްކަންއުޅުނަސް ވަރައްއަވަހައް ރާކަނިމަސްކާން ޖައްސާނެ ތިބައިގަޑައް...ދީނައްފުރައްސާރަކުރުމާ ދީނައްއުޅުމައްވެސް ތިދަނީ އުދަގޫކުރަމުން ..ދެންވެސް ދޫގޮނިކޮއްފަ މަވެގެން އަގަނުތަޅާހުރޭ މަރުމޯލާ...
ދެންބުނެ އަހަރެންދެއްކިވާހަކަ މާނައޮޅޭގޮތައް ފަހުމުވި ހުރިހާމީހުންގެފަރާތުން މަޢާފުއެދެމޭ ދުވަހަކުވެސް މިމީހުންނަކައް ގޯސްވާހަކައެއް ނުދެއްކޭނެ އެވާހަކަތައް އަޑުއަނހާ ކިޔާމީހުން ގޯސްވާނީ
މިކަހަލަ ގޮތެއްފޮތެއް އަދަބެއް ސަދަބެއް ދީނެއް މަޒުހަބެސްނުދަންނަ ޤަމާރުން މަޖިލީހަށް ވައްދައިގެން އަމާ މަހާނައޭ ވީދެނީ ރިސޯޓު ބޯއީއަކަށް އުޅެފަ ރައްޔިތުންނަށް މާ ހެޔޮއެދޭ މީހެއްކަމަށް ދައްކައިގެން ރައްޔިތުންގެ ޙައްޤޭ ފޭއްޔޭ ގޮވައިގެން 05 އަހަުވަންދެން ބޮޑުމުސާރަޔާ އިނާޔަތް ކައިގެން މަޖިލީހުގެ ގޮޑީގަ އިނދެ ރައްޔިތުންގެ ޙައްޤުގަ ކޮށްދެވުނުކަމެއް ހރާމުން ހަރާން ރައްޔިތުންނަށް ކުރަނީ ފުރައްސާރަ ކުރަނީޖެއްސުން އަނެއްކާ ދެވަނަ ފަހަރަށް އެމްޑީޕީ ލާދީނީ މީހުން ވޯޓުދީގެ މަޖިލީހަށް ވެދެ އިނދެ ރައްޔިތުން ނިކަމެތިވީ ދަނޑިވަޅުގަ ހެޔޮ ބަހެއްވިޔަސް ބުނުމުގެ ބަދަލުގަ ރައްޔިތުންނަށްމަލާމާތްކޮސް ފުރައްސާރަކުރަން މީދެންކާކު؟ ރައްޔިތުންގެ ޙައްޤޭ ފޭއްޔޭ ކިޔާފަ އެމްޑިޕީން ބޭއްވި ފޯރަމުގަ އަންހެނަކުއަރާ ރަތްމަހަށް ނުބަވާވަރަށް ބަވާލީމަ އިން އަނގަ ހާވައިގެން އަދިވެސް އެވަރުންނުވެގެން ތިޔަ ތެޅި ފޮޅެނީ ނިކަމެތި ރައްޔިތުންގެ އަތުން ނަގާޓެކްސް ފައިސާ ޖީބަށް އަޅައިގެން ފޮށިތަކާ ތިޖޫރިތައް ފުރައިގެން އިނދެ ރައްޔިޔުންނަށް މަލާމާތްކުރާކަށް ލަދެއް ހަޔާތެއްނެތެއްނު ތިޔައީ ހަމަ ބުރާންޗެއް ތިޔަ ޖައްބާރު މަޖިލީހައް ވެއްދުމަށް ވޯޓުދިން އެންމެން މިހާރުން މިހާރަށް ތިޔަ މީހާ މަޖިލީހުގެ ގޮނޑިން ބޭލުމަށް ވޯޓުދިން ރައްޔިތުންނަށް ގޮވާލަން
މީނާގެ ހުރި ހަޔާތްކުޑަކަން ދެކިބަލަ. ފެންވަރެއްނެތި ކަޑާލީމަ ލޭ އަންނަ ޒާތުގެ މީހަކަށް 80000ރ ގެ މުސާރައެއްލިބުނީމަ ފެންވަރު އޮޅިގެން. އަންނިއާ މާލޭގެ މަދު ބޭފުޅޔ އާއިލާގެ މީހުން ރާއްޖެތެރޭ މީހުނަށް ކުރާ ނަފްރަތު އެމީހުންގެ ދުލުން އިއްވުމުގެ ބަދަލުގައި ރާއްޖެތެރޭ ހަގީގީ ފަސްކުޅަދު މަދު މެންބަރެއް ލައްވާ އެ އިއްވީ.
ބަލަ އަހަރެމެން ކުލި ދައްކައިގެން ތިބޒިމަ މި މާލެ މާލެއަކަށްވީ.
އީސަ ބުނެ އިއްވީ އައްނި ގެ ބަސް، އެއީ މަ ކަރު ވެރި ހިޔަޅެއް،
މި މީހާ ދޯ ބުނީ ފްލެޓް ދޭނީ އެމްދީޕީ މީހުންނަށް ދީގެން ބާކީ ހުރި އެއްޗެކޭ ދޯ؟ ފަހުން ވީ ކިހިެއް؟ ﷲގެ ބަދަލަށް ބިރުވެތިވޭ. މީހުންގެ ވެސް ހައްގުތައް ހުރޭ އެމީހުންގެ ދުއާ އިޖާބަވެސް ކުރާނެ
ތިޔަ އީސަ ވެސް ތިޔައީ ހަމަ ރާއްޖެތެރޭ ސޮރެއް މިހާރު ހަރަދުކުރަން ޖެހޭތީ ހުސްކޮއް ކަމައްވަނީ ހުރީވެސް ކާރިވާކުޖަކު މީނަގެ މިވާހަކަތަކައް ވިސްނާތި
މާލެެެެެ އޮތީ ރާއްޖެއިން ބޭރުގައިތަ؟ މޮޔަ މީހާ
ބީޓާ ޓެސްޓް ކުރަން އެބަ ޖެހޭ
ސަރުކަރުން ޖެހޭނެ ކުލިދައްކައިދޭން ރައްއިތުން ސަރުކާރައް ޓެކްސް ދައްކައިގެން މިއުޅެނީ އެހެންވީމާ، ސަރުކާރަކައް ނުވަތަ އެހެން މީހަކައް ވެސް ނުބުނެވޭނެ ، މިކަން ނުކޮއްދެވޭކަމައް ވަނީނަމަ ސަރުކާރައް ޓެކްސް ދެއްކުން ރައްއިތުން ހުއްޓާލާނެ ކަމައް ފެނޭ
އީސަ އެދައްކަނީ ރަގަޅު ވާހަކަ އެކޭ އަހަ ރު މެނައް އަދި ވިސްނޭނެ އޭ ރުން އޮންނާނީ ވަގުތު ފާއިތުވެފަ ބޮޑެތި ބަލިތަކަށް ބޭސްކު ރުން ފަދަ ގޮތެއް ނެތް މީހުން ތިބެފަ ކި ރިޔާވެސް ރަށުގަ އުޅެވޭނެ ގޮތް އޮތް މީހުން ދާންވި ކުލިދައްކައިގެން ހު ރުމުގެ ބޭނުމެއް ނެތް
ތެދެއްވާނީ ތެދަކައް އީޝާ ނޫން ކޮންމެމީހަކު ބުނިކަމުގައިވިއަސް... ކޮންރުޅިއެއް އަންނާކައް..
އަޅިގަނޑަށްފެންނަނީ ރއްޔިތުން އެމީހުންނަށް ޢިއްޒަތް ދީފައިތިބި ޢައްޒަތްތެރި މިންބަރުންެެ އެމީހުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ރައްޔިތުންނައްޓަކައި އުނިކޮށް އެބައި ރައްޔިތުންނަށް ޞަދަގާތް ކުރުން. އެމީހުން މާޔޫސް ކުރުމަށްވުރެ މިގޮތް ހެޔޮކަން ބޮޑުވާނެކަން ޔަގީން
ބަލަ އީސާ!ކަލެއަށް އެނގޭތަ މިދުނިޔޭގެ ހަޔާތަކީ އިމްތިހާނުގެ ގޮވެއްޗެއް ކަން. .މާދަމާ ކަލެއަށް ވެސް ދަތި ވެ ، ފަޤީރު ވެދާނެ. ދެން އެދުވަހަކުން ކަލޭވެސް ޖެހޭނީ ، ތި ކިޔާ ރާއްޖެތެރެއަށް ދާން. ރާއްޖެތެރޭ މީހުންގެ ވޯޓުން ހޮވިގެން ކޮސް ނުގަވަބަލަ.އަވަހަށް ތަވްބާވެ ﷲ ގެ މަގަށް ރުޖޫޢުވޭ.
އީސަ ބުންޏަސް ރަނގަޅު ވާހަކައެއް ވިއްޔާ ރަނގަޅު. ކުލި ނުދެއްކެއްޔާ ނުދައްކާ އުޅެވޭނެ ގޮތެއް ހޯދަންވާނެ
އަހަންނަކީ އެމްޑީޕީ މީހެ އަހަރެން ގޮވާލަން ތިކަލޭގެ އެމްޑީޕީން ބޭރުކުރޭ!!!!
މާލޭގައި ދިރިއުޅޭ މީހުން ރަށަށްދިއުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ދެއްކެވި ވާހަކައަށް އެތައް ބަޔަކު ފާޑު ކިޔަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީސަގެ ވާހަކަ މަޖިލީހުގެ ރައީސް އެ ވާހަކަތައް ދިފާއު ކުރައްވައިފިއެވެ.
ކަލެއަކީވެސް ރާއްޖެތެރޭ މީހެއް. އަހަރެމެން މުސާރަ ދިނީމާ މާލޭގައި ތިޔަ އުޅެވެނީ ތަންތަން ގަނެގެން ހަދައިގެން. ކަލޭގެސް ކަލޭގެ ގެޔަށް އަހަރެމެން ހަވާލުކުރި ވަޒީފާ ދޫކޮށްފައި ގެޔަށްދޭ. ކަލޭ ކަހަލަ ގޮތެއްފޮތެއް އަދަބެއް ސަދަބެއް އަޚުލާޤެއް ހަމްދަރުދީއެއް ހިތެއް ނެތް އިންސާނަކު އަހަރެމެން ބޭނުމެއް ނޫން.
ސަރު ކާރަކަށް ވެސް މި ވަގުތަކު ހުރިހާ ރައްޔިތުން އުޅޭނެ ތަނެއް ހޯދައި ނުދެވޭނެ ކަން ވިސްނެން ޖެހޭނެ
އީސަ ބުންޏަސް އެެއީ ތެދު. ކުލި ނުދެއް ކެންޏާ ރަށަށް ދާންވީނުން. ކޮންމެހެން ކުދިންނަށް ކިޔަވައިދޭށޭ ކިޔާފަ ގޮސް މާލޭގަ އުޅޭ އެންމެން ނަ ކީ ކުދިންނަށް ކިޔަވައި ދޭން ގޮސް އުޅޭ ބައެއްނޫން. މި ރަށުގައިވެސް އޯލެވެލް ގައި ނޭޝަނަލް ޓޮޕްޓެން ގަ ހިމެނިފަ އެބަ ތިބި ކުދިން އެ ކަމަ ކު ކިޔަވަން ގޮސް މާލޭގަ ތިބި މީހުންގެ ކުދިން އެއަށްވުރެ ދަށް. ރާއްޖެ ތެރޭ ރަށް ރަށުގައިވެސް ރަށުގައި ތިބެގެން ކިޔެވެން އޮވޭ. ބައެއް މީހުންނަށް މާލެ ނޫނީ ކަމު ނުދަނީ. އެ ހެޔޮ ދަރިން މަގުމަށްޗަށް ދޫ ކޮށްލާފަ ދެމަފިރިން ވަޒީފާގަ އުޅެގެން ދަރިން ނުބެލުނަސް ކިޔަވައިދޭން ދަރިން މޮޅު ކުރަން ނަމުގަ. އެ ކަމަ ކު ދަރިން ހަލާ ކުވެ އަތު ނުޖެހޭހިސާބަށް ގޮސް ގިނަފަހަރު.
ޢީސާއާ ކޮންބެހޭ ކަމެއް.މެންބރެއް ވެއްޖެއްޔާ ހުރިހަ ތަނަކަށް އަގަ ބާނަން ޖެހޭނެ.
އީސަ ބަރާބަރު، އެއްވެސް މައްސަލައެެއްނެތް، ކޮބާ މީނަ ހޮވާ ތިތަނަށް ވެއްދި މީހުން އެ އީ އެ މީހުން ބޭނުންވެގެން އެ މީހުންގެ ހައްޤުގަ ދެއްކި ވާހަކަ އެއް ދެން ކޮބާތަ މައްސަލައެއް؟ ނޫންތަ!
ސަރުކ ކާރުން އެބަޖެހޭ ދިރާސާއެއް ކުކުކުކުކުރަން، ބޮޑެތި ބަލިތަކކއް ތަޙައްމަލް ކުރާ މީހުން ދެނެގަންނަން އެއަށްފަހު މިޙާރުން މިހާރަށްވެސް ކޮން އެހީތެރި ކަ މެއްތޯ ފޯރުކ ކޮށްދެވޭނީ، އަދި އެކ ކަމަށް އިސްކކ ަން ދީގެން އެފަރާތްތަ ކަށް ލުޔެއް ހޯދައިދޭން ކުލީގެ ގޮތުންވެސް އަދި އެހެނިހެން ކަންތައްތަ ކު ގައިވެސް އެހެންނޫނީ ގޯހުންގޯހަށް ގޮސްދާނެ ކަމަށް.ބަލަންޖެހޭ