އެޕޯލޯ ހޯލްޑިންގސް ކުންފުނީގެ އޮފީހުގެ ތިޖޫރިތައް ފަޅާލައި، 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ.
އެޕޯލޯގެ އޮފިޝަލަކު "ވަގުތު"އަށް މައުލޫމާތުދެމުން ވިދާޅުވީ، މާފަންނުގައި ހުންނަ އެ ކުންފުނީގެ ހާޑްވެއާ ސެންޓަރު ވައްކަން ކޮށްފައި ވަނީ ރޭ 11:45 ހާއިރުކަން އެ އޮފީހުގެ ސީސީޓީވީ ފޫޓޭޖްތަކުން އިނގޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ކެމެރާ ފޫޓޭޖް ފެނިފައި އިން ގަޑިއަކަށް މި ވަނީ 11:45 ހާއިރު، އެގޭގައި ދިރިއުޅޭ ފަރާތްތަކުން އެބަ ބުނޭ ފަތިސް ނަމާދަށް 4:30 ހާއިރު ތަޅާ އަޑު އިވޭކަމަށް. އެހެންވީމަ އެގަޑީގައި އުޅުނު"އޮފިޝަލް ވިދާޅުވިއެވެ.
އެ އޮފީހަށް ވަދެފައި ވަނީ ތަޅު ހަލާކުކޮށްލައިގެންނެވެ.
"މިއަދު ހެނދުނު އޮފީސް ހުޅުވާލަން 7:45 ހާއިރު ހުޅުވާލަން ދިޔަ މީހާ ދިޔައިރު، ބޭރުގެ ދޮރާށި އެއްކޮށް ވަނީ ދުއްވާލަފައި. އަޅުވާފައި ހުރި ހުރިހާ ތަޅުތަކެއްވެސް ހަލާކުކޮށްލާފައި" އޮފިޝަލް ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ އޮފީހުގެ ފަސް ތިޖޫރިއެއް ފަޅާލައި ފައިސާތައް ވަގަަށް ގެންގޮސްފައި ވަނީ އެ އޮފީސް ތެރޭގައި ހަރުކޮށްފައި ހުރި ކެމެރާތަކުގައި ޑަކްޓް ޓޭޕް އެޅުމަށްފަހުއެވެ.
އެ އެތަނުން ވަގަށް ގެންދިޔަ ފައިސާތަކުގެ އަދަދު 1.5 މިލިއަނަށްވުރެ މައްޗަށް އަރާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
އެކަން މިއަދު ހެނދުނު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.
"ފުލުހުން އައިސް ފިންގާ ޕްރިންޓާއި އެއްޗެހި ނަގައި، އެތަން ވަރަށް ބޮޑަށް ބަލާފައި މިއަދު ހަވީރު އެ ދިޔައީ". އޮފިޝަލް ވިދާޅުވިއެވެ.
ފިންގާ ފްރިންޓު ނެގިޔަސް ކަލޭމެންނަކަށް ނުހޯދޭނެ. ޕްލޭން އޮފްދަ ޕޮރޮފެސަރ ވޯންޓް ބީ ފެއިލްޑު.
މަނީ ހައިސް މާގިނައިން ދިވެހިން ބަލާކަން ފާހަގަކުރެވޭ
ތަނެއް ހަލާކުކޮށްލައިގެން ވަދެގެން ކެމަރާގަ ޓޭޕު އަޅާ ހިސާބަށް ދާނީ އެވަރަށް ފައިސާ އެތާގަ ހުރިކަން ވަރަށް ޔަގީން ވީމަ .. ސޯ ތިންކް އަބައުޓް އިޓް