މަގުމަތިވުމުގެ ކުރިން ރަށަށް ބަދަލުވެވެން އޮތްނަމަ ބަދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަނެއްކާވެސް ގޮވާލައްވައިފިއެވެ.

މެމްބަރު އީސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަރުދީ ޒިންމާ އަދާކުރައްވައި، ލިބޭ މިންވަރެއް ޔަގީންކުރައްވައި، ހިސާބު ޖެއްސެވުމަށް ފަހު ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.

ފަރުދީ ޒިންމާ އަދާކުރައްވާ. ލިބޭ މިންވަރެއް ޔަގީންކުރައްވައި، އެ ހިސާބު ޖައްސަވައި، ހަރަދު ކުޑަކުރައްވާ. މަގުމަތި ވުމުގެ ކުރިން، ރަށަށް ބަދަލުވެވެން އޮތްނަމަ، ފުރުސަތު ލިބުމުން އެކަން ކުރައްވާ. ދަތި ހާލަތްތަކުން އަރައިގަނެވޭނީ ކުރަން އެންމެ ހިތް ނޭދޭ ބައެއް ކަންކަންވެސް ކޮށްގެން." އީސަ ވިދާޅުވިއެވެ.

މަގުމަތިވުމުން ރަށަށް ބަދަލުވާން އީސަ ގޮވާލެއްވިއިރު މާލެ އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. މާލެ އިން ބޭރަށް ދިއުމުގެ ހުއްދައެއް މިހާރު އެއްވެސް މީހަކަށް ނެތެވެ. ކުރު ދަތުރުތަކުގައި މާލެ އައިސް ތިބި އެތައް ބަޔަކު ވެސް މާލެ ފުރަބަންދު ކުރުމުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަތިއްބެވެ.

މަގުމަތިވެ، ބަނޑަށް ޖެހެންދެން ތިބެގެން ނުވާނެ ކަމަށާ، މިވަގުތު ސަލާމަތުން ތިބެވޭނެ ގޮތްތަކެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެ ރަށަށް ދިއުމަށް އީސަ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވެސް ގޮވާލެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އީސަ އެހެން ގޮވާލެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވިއެވެ.

އެދުވަހު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސަރުކާރުން ކުލި ނުދެއްކޭ އެންމެންނަށް ކުލި ދައްކާ ނުދެވޭނެ ކަމަށާ، ވަޒީފާ ގެއްލޭ އެންމެންނަށް މުސާރަ ދެވޭ ވަރުގެ ތަނަވަސް ދައުލަތެއް ނެތް ކަމަށެވެ.

"ވިސްނާލަން ޖެހޭ ތިމާ މީހާއަށް ލިބޭ އާމްދަނީ އާއި، ތިމާ ކުރަން ޖެހޭ ޚަރަދާއި ނުބައްދަލު ދިރިއުޅުމުގައި ހުރި ކަންކަން ދޫކޮށްލަން އެބަ ޖެހޭ. މިސާލަކަށް ދަންނަވާކަމަށްވަންޏާ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުން. އަޅުގަނޑުމެން މި ދައްކަނީ މާލޭގެ ކުއްޔަށް ދީފައި ހުރި އިމާރާތްތަކުގެ ކުލި ކުޑަކޮށް ނުދީގެން ކުއްޔަށް ތިބި މީހުންނަށް މެނޭޖް ނުކުރެވޭ ވާހަކަ." އޭނާ މަޖިލިސް ޖަލްސާގައި ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ކުލި ނުދެއްކިގެން އެތަނުން ނެެރެންދެން މިއަދު ތިބެގެން ނުވާނެ ކަމަށާ، ހާލަތު ބަދަލުވަންދެން ޒަރޫރީ ބޭނުންތައް ފުއްދޭ ހާލަތުގައި ތިބުން މުހިއްމު ކަމަށެވެ. އެހެންކަމުން މާލެގައި ކުއްޔަށް ތިބި މީހުން، ހާލުގައި ޖެހުމުގެ ކުރިން ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން، މާލޭގައި ކުއްޔަށް ނޫޅެވޭ ނަމަ އަމިއްލަ ފަސްގަނޑަށް ބަދަލުވުމަށް އީސަ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

 1. ލޅ

  މާލޭ މީހުން ބަޑައް ޖޭހެނެ މިފަހަރު.

  171
  26
  • ޙައްގުބަސް

   މާލެ މީހުން ބަނޑަށް ޖެހެން ނޭދެން!! އެކަމަކު މާލެ މީހުންށް އެނގެން އެބަޖެހޭ އަނބި ދަރިންނާ ދުރުގަ ތިބެގެން އަތޮޅުތެރޭ ގިނަ ރައްޔިތުން ކާންބޯން ރެއާދުވާލު އަތުން ފައިން އެކުރާ ބުރަ މަސައްކަތަކީ ކިހާ ވަރެއްގެ ކަމެއްކަން!! މާލެ މީހުނަށް އިހްސާސް ވާން އެބަޖެހޭ!! ތަންތަން ހިތައްއެރި އަގަކަށް ކުއްޔަށް ދީގެން އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް އަޗާތަޅަން މާލޭގެ ގިނަ މީހުން މިއުޅެނީ!! އަޅުގަނޑު ހިތައް މިއަރަނީ މާލޭގައި ދިރިމިއުޅޭ އަތޮޅުތެތޭ ރައްޔިތުންނާ އަދި އަތޮޅުތެރޭ އުޅޭ އެމީހުންގެ އާއިލާތައް މަޑުން މިތިބެނީ ކީއްވެގެންހޭ!! މާލޭ މީހުން ބޮޑުން މާލެއަށް މޮޅުގޮތް ހަދަމުންދާއިރު!! ދިވެހި ކޮންމެ ރައްޔިތަކުވެސް މިހާރު ދައުލަތަށް ޓެކްސް ދައްކާ ! މާލެ މީހުންނަށްވުރެން އަތޮޅުތެރޭ މީހުން ޓެކްސް ފައިސާ ދައްކާލެއް ގިނަ!! އެހެންވީމަ ދައުލަތުގެ މާލިއްޔާއިން ބޮޑު ބައި ހޭދަކޮށްގެން މާލެއާ މާލެ ވަޑައިގެން ތަރައްގީކުރާއިރު އެފައިސާގެ ބޮޑުބައިން ތަރައްގީކުރަންޖެހެނީ އަތޮޅުތެރެ!! ރައްޔިތުން މަޑުން ނުތިބޭ! ބޭނުންހާ އެއްޗެއް ހެދިޔަދީގެންނުވާނެ!! އަމިއްލަ ގައުމުގައި ބިކަވާކަށް ނުވަތަ ދެވަނަ ދަރަޖާގަ އަތޮޅުތެރޭ މީހުން މިމީހުން މިގެންގުޅޭގޮތަށް ގެންގުޅެވިޔަ ދީގެންނުވާނެ!! ޙައްގު ހޯދަން އެންމެން އެކައްޗެއް ކިޔައިގެން ތެދުވެ ބިރުފަހައަނަޅާ ދާންޖެހޭ! ކޮންމެވެސް ބަޔަކުވާ ގުރުބާނީއަކުން އަހަރެމެން އަތޮޅުތެރޭ ރައްޔިތުންނަށް މުސްތަގްބަލް އުޖާލާވާނެ!! މާލެ މީހުނާ އަތޮޅުތެރޭ މީހުން އެއްހަމައަކަށް ގެނެވޭނެ!!

   13
 2. ބިބީ

  ކަލޭ ދޭބަލަ ރަށަށް

  169
  29
 3. އަލްޖިބްރާ

  ބައެއް މީހުން އަދިވެސް ތިވާހަކަ ޤަބޫލެއް ނުކުރާނެ ! ބަސް ޤަބޫލު ނުކުރުމުގެ ހެކި މިދަނީ ފެންނަމުން ! ނުކުރާށޭ ބުނާ ކޮންމެ ކަމެއް ކޮށްލުމަކީ ތިމާގެ މޮޅުކަން ކަމަށް ދެކޭ މީހުން މި މުޖްތަމަޢު ގައި ވަރަށް ގިނަ !

  78
  121
  • ޑަބިޔާ

   ދާނެގޮތެއް އީސަ ހަދާދެން ވެއްޖެއެއްނު. ދާންބޭނުންވާ މީހުންގެ މުދާކޮޅާ އެމީހުންގެ އާއިލާއާ އެކު.

   150
   2
  • ސަތިރޫ

   މޫސަ ކަލޭ ސަރުކާރުގަ އެދިގެންވެސް ވެއްޖެއްނު މީހުންތައް ހޯދާގެން އެމީހުންގެ ރަށައް ކަލޭގެ ހަރަދުގަ ގެންދެވޭނެ ގޮތެއް ހަދަން. ރަށުގެ އުޅެވޭނެ ތަނެއްވެސް އަޅާދީފަ

   132
   8
 4. އިހުސާން

  ރަށަށް ނުދެވިގެން މިތިބީ. ދަތުރުކުރުމުގެ ހުއްދަދީ އަވަހަށް.ރަށަށް ފޮނުވާލެވޭނެ ގޮތްހެދުމަކީ ކަލޭމެންގެ ޒިއްމާއެއް މިހާރު.

  231
  5
  • އަހުސަން

   އޭ ރަށަށް ނާރާތި ވައިރަސް ހިފައިގެން

   76
   16
 5. އީސާ

  ކަލޭގެ އާގު ބޯޓުގަ މަރަށަށް ސަލާމަތުން ގެންގޮސް ދީފާނަނަލްތަ؟

  90
  4
 6. ައާންމުން

  ރަށަކައްވެސް މިހާރު ނުދެވޭ، ޒަރޫރީ ބޭނުންތަކުގަވެސް މާލެ ނާދެވޭ، ދަރިންކޮޅު އެކަނި ތިއްބަސް ކެޔަސް ނުކެޔަސް އިބޫސޯލިހް އަށް ހެޔޮ، ރައީސްއާއި ވަޒީނުން ފިލައިފި މަބުރޫކާ ދޮގުހެދުން ހަވާލުކޮއްފަ

  118
  14
 7. އައިއޭ

  ރަށާ ހަމައަށް ކާ އެތިކޮޅެއް ގެނެސް ދޭނަންތަ ނޫނީ އަހަރުމެއް ބަނޑަށް މަރަށްތަ ރަށަށްދާން ތި ގޮވަނީ ދެއިރު ދެދަޅައަށް

  94
  5
 8. ރަށުބޭބެ

  ކަމުގެ އަސްލަށްބަލާއިރު އީސަގެވާހަކަ ރަނގަޅެވެ. އެކަމަކު އޭގެތެރޭގައި އީސައާއި ޢާއިލާވެސް ހިމަނުއްވަންވާނެއެވެ. އިންސާފުވެރި ވާންވާނެއެވެ. ކުއްޔަކަށް އެއްބަސްވެ، ތަނެއްގައިތިބޭނަމަ، އެއްބަސްވީގޮތަކަށް ކުލިދައްކަންޖެހޭނެއެވެ. ޙާލަތުދިމާކުރިގޮތުން ޢާމްދަނީލިބުމަށް ދަތިކަމެއްއަންނައައުމަކީ ކުލިނުދެއްކުމަށްއޮންނަ ޢުޒުރެއްކަމުގައިވާނީ އެއްބަސްވުމުގައި އެގޮތަށް އެއްބަސްވެފައި ވާނަމައެވެ. ކުލިނުދެއްކޭނަމަ ތަނަދޫކުރަންޖެހޭގޮތަށް އެއްބަސްވެފައިވާނަމަ، އެތަންޖެހޭނީ ދޫކުރާށެވެ. މާލޭގެމީހުން ބަނޑަށްޖެހުމާއި ނުޖެހުމަކީ، މިކަމާއިބެހޭވާހަކައެއްކަމުގައި ނުބެލެވެއެވެ. ލިޔެވި، އިޒުނަލިބިގެންނޫނީ އެއްވެސްއިރެއްގައި، އެއްްވެސްތަނެއްގައި، އެއްވެސްކަމެއްނުވާނެއެވެ. ޔަޤީނެވެ.

  32
  58
  • ޙޯރަ

   އީސަ ތިއުޅެނީ ހާދަ މަތީގައޭ ކަލޭވެސް ތިކަނީ އަރެމެންގެ ލާރި
   އަނގަ ނުތަޅާ ކަލޭ ވިހޭދުވަހު މަހަށްވެއްޓުނު މާލޭގަ ދަތްއަޅައިގެން އޮވޭ
   ތިއީ ހާދަ ގޮތެއް ނެތް މީހެކޭ
   ދެން ނާންނާތި ވޯޓުހޯދަން
   މިހާރު ހުންނާނީ ވާވަރަށް ކަލޭއަށް ކެވިފަ

 9. ޙަބަރުދާރު

  ކޮން ފުރުސަތެއްތޯ ލިބުނީ ؟؟ ފުރަތަމަ މުއައްސަސާތައް ރަށްރަށަށް ބަދަލުކޮށްބަލަ! ޙަބަރުދާރު ކުރީ ޒަމާނުހެން މާލޭ ބޭފުޅުން ސަރުކާރު ހުރިހާ މަޤާމުތަކަށް ލައިގެން މާލޭ ސަރުކާރުން މާ ގޮތް ބޮޑުކުރަންޏާ ބަގާވާތްކޮށް ސަރުކާރު ވައްޓާލާނަން! މާލެއަކަށް ވިހިތިރީސްހާސް ވަޒީފާއެއް ބޭނުމެއްނުވާނެ އެންމެން ފޭބީމަ! ފުރަތަމަ ވަޒީފާތަށް ބަހާލަބަލަ، ނޫނީ ގެއިން މަސައްކަތްކުރެވޭ ގޮތް ހަދާބަލަ! ބޯގަމާރު!

  84
  10
 10. މާލެ ބޭބެ

  މިއީ އީސަ ލައްވާ ރ.ނަޝީދު ކުރުވާކަމެއް. އެންމެ ފުރަތަމަ ދާންޖެހޭނީ ޅ. ހިންނަވަރު ނޫރާނިއާގެ އިބުރާހިމް މުހައްމަދު ސޯލިހު..އެއީ ރައީސް...އަހަރަމެން ވަރަށް އުފާވާނެ ވެރިކަންކުރާ ގަޑުވަރަކީ މާފިލާ ފުށިކަމަށް ހެދުން. އީސާ މާލޭ މީހުން ކާޑު ހޯދަން އެތައް ޒަމާނެއް ވަންދެން އަށްޑޫއަށް ދަތުރުކުރި.
  .އީސާ ކީއްކުރަންތަ 82000 ރ އަށްޑިހަ ދެހާސް ރުފިޔާ މެންބަރަކަށް ދޭންވީ..ތިއީ 2008 ގައި އެންމެ 5000ރ ލިބުނު ބަޔެއް.. ހުރިހާ މެންބަރުން ދާއިރާތަކަށް ބަދަލުވޭ..ރަށުގަ ތިބެގެން ވީޑީއޯގެ ޒަރިއްޔާއިން މީގެ ފަހުން މަޖްލިސް ހިންގާ...

  115
  5
 11. ރަށުކުދިން

  ހެޔޮނުވާނެ
  ރަށަށް ގެންގޮސްދީ
  ބިކަވެ މި ހަލާކު ވަނީ
  ބޭރުގަ ތިބި ބޮޑުންގެ ދަރިންނާ ޢާއިލާތައް ޒަކާތުފަންޑުން ގެނެވުނު އިރު ކޮބާ އަހރުމެން ނިކަމެތިންގެ ބައި
  ރަމަޟާންމަހަށްޓަކައި ވެސް ޒަރޫރީ ބޭނުންތަކަށް މާލެއައސް ނުދެވިފަ މިތިބި މީހުންނަށް ދެވެނެ ގޮތް ހައްްދަވާ ދެއްވާ

  98
  1
 12. ނާސިރު

  ލަދުކުޑަ އީސަ. ކަލޭ ދާއިރާގަ ތިބި ތިފަދަ މީހަކަށް އެހީވެދީބަލަ ތިހެން ނުގޮވިޔަކަސް. މާލެއައިސް ތިބި މީހުން އައީކީ އެމްޑީޕީ މުއްލާއިންނާ ސަރުކާރުން ކުލިދައްކައިދީ ކާންދޭނެ ކަމަކަށް ނޫން. ކަލެޔާ ނަސީދުއާ ތިހެން ނުގޮވިޔަކަސް ނުތިބެވުނީމަ އެމީހުން އައިގޮތަށް ރަށަށް ދާނެ.

  91
  9
 13. އައްޑޫ ލެއި

  ރަށަށް ދަނީ ކިހިނެއްތަ ރިސޯޓް ތަކުން އައިސް މާލޭގަ ތާށި ކޮށްފަ ތިބި މީހުން އަދިވެސް އެގޮތުގަ. ހުރިހާ މުއައްސަސާއެއް އޮތީ ނިދިފަ އެކަމައް. މަގުމަތި ވާނީ ދެން ބަޔަކު އެވަރައް

  65
  3
 14. ތޮރާ

  އީސައެއް ކީސައެއް ނޯންނާނެ އަހަރެމެން ގެފައިސާ ގޮހޮރަށް ފާނައިގެ ންތިބެ ތިގޮވަނީ ރަށަށް ދާށޭ ކިތަންމެ މަގާމް މައްޗަށް ސް ބަލި ވާނެދުވަހެއްއައްނާނެ

  79
  3
 15. ޢައްޕަ

  ޜަށްފުށު މީހުންތައް ރަށްރަށަށް ގެންގޮސްދީބަލަ، ކިޔަވައިދޭމަރުކަޒުތަކާއި ހަސްފަތާލުތައް ޤާއިމްކޮށްދީބަލަ.
  މީހަކު ނޫޅޭ މާލެ ވަަރެއް ނެތިގެނެއް.
  ދައުލަތުގެ ހުރިހާ ފައިސާއެއް ޚަރަދުކުރާ ތަނަށް ކޮންމެ ދިވެއްސެއްވެސް ދާނެ ދޯ.

  81
  2
  • ޏަން

   ޥަރަށް ތާއީދު.... ހަމައެކަނި މާލެ ތަރައްގީ ކުރުމާ އަހަރެން ދެކޮޅު....

   63
   5
 16. އެޑްމުންޑޯ

  މީހަކު ރަގަޅުވާހަކައެއް ބުނުމުން ގޯސްމާނަ ނަގާ ރުޅި އައުމުގެ ބޭނުމެއްނެތް ، މާލޭގެ ކުއްޔަށް އުޅޭ ގިނަ މީހުންނަކީ ސަރުކާރުގެ ވަޒީފާ އާއި ޕްރައިވެޓް ސެކްޓަރ އިން ނުވަތަ އަމިއްލަ މަސައްކަތްކޮއްގެން ލިބޭ ފައިސާ އިން ޚަރަދު ކުރަމުން އައި ބައެއް ، މިއަދު މިއޮތީ އެދޮރުތަށް ބަންދުވެފާ ، ސިއްޙިމާހިރުން ލަފާކުރަނީ އެތަކެއްމަހަށް ދިގުދެމިގެންދާނެކަމަށް ، ދެން މާލޭގެ އުޅެވޭނެ ގޮތެއް އެބައޮތްތޯ ، ރަށުގައި އުޅެވެން ތިބިބަޔަކު ރަަށައްބަދަލުވުމުން ބިޑިއަޅުވާ ގުދަނެއްގެ އިންމީހަކު ދޫކޮއްލުމެކޭ އެއްވަރުގެ އުފާވެރި އިހްސާސްތަކެއްކުރެވޭނެ، ވީމާ ސަރުކާރުން އާދެސް ކޮއްގެންވިއަސް ރަށައްދެވޭނެ މަގުފަހިކުރަންވީ ،

  39
  4
 17. ދަރަނި ދަންތުރަ

  ޢޭޗު ޕީ އޭ އިން ވެސް މާލޭގައި ، މާލޭ ފަޅުތެރޭ ، އެއަރޕޯޓު ފަޅުތެރޭ ތާށިވެފައި ތިބި މީހުން ރޯދަމަސް ފެށުމުގެ ކުރިން އެމީހުން ރަށައް ދެވޭނެ ގޮތެއް ނުވަތަ މާލެ އިން ބޯހިޔާވަހިކަމެއް ، ފެރީދޯނިތަކުގައި ތިބިމީހުންގެ ކެއުން ބުއިމުގެ ކަންތަށް ވަރަށް ދަތި ކޮންމެވެސް ހައްލެއްބޭނުން ، ގުޅަންބުނާ ނަމްބަރުތަކަށް ނުގުޅޭ ބިޒީ ބިޒީ...

  43
 18. ތުރިޕުލްއެލް

  އީސަ ދަންނަވަންތޯ ހަޔާތްކަނޑުވަންނޫޅުއްވާ ރައްޔިތުންނައްޓަކާ ހުރިހާމެންބަރުން މަގުމަށްޗައް ޑެލިވަރީއައް ނުކުމެވަޑައިގަންނަވާ ނަމޫނާ ދައްކަވާ މިހާރުއީސަގެ އަގަމާގަދަވެއްޖޭ މިހާރުވެސް ފެންނަނީ މާލޭ މީހުން ކާނެގޮތެއް ނެތިގެންއުޅޭތަން ކޮންރައްރަށު މީހުންނޭކިޔާކައްތާ މާލޭމީހުންގެ އަތްމަތިހުސްވެގެންނޭ މިހާރުވެސް ތިތެޅެނީ މަގުމަތި ނުކުރެވިގެން

  54
  4
 19. އަސްލު

  ރަށަށްދެވޭގޮތް ކަލޭ ހަދައިދީފަ ތިހެންބުނެބަލަ...

  60
  2
 20. ހުޅުލޭ ބޮޑުމީހާ

  ހެޑްލައިން އަށް އަރާލީތާ އަނެއްކާވެސް. މަޖިލިސް މެންބަރުން ޑެލިވަރީ ކުރަން ނިކުމެބަލަ. ރައްޔިތުންގެ ފައިސާއިން އެންމެހާ ބޮޑު މުސާރަ ނަގައިގެން ރައްޔިތުންގެ މަންދޫބުންނޭ ކިޔާފަ ޓްވީޓް ކޮށްލަކޮށްލާ ތިއްބަކަސް ރައްޔިތުންނަށް ކަމެއް ކޮށްދެވުނީ ކަމަކަށް ނުވާނެ.

  61
 21. މ ... ޕ

  ކަލޭދޭބަލަ ރަށަށް

  39
 22. ޝީޒާ

  މާލޭ މަގުމަތި ވެފަ ތިބި އެންމެގިނަ މީހުންނަކީ އައްޑޫ އަށް ނިސްބައްވާ ރިސޯޓްތަކުގެ ސްޓާފުން

  38
  4
 23. ތަކަންދޫ

  އީސަ ބުނިކަމުގައި ވިއަސް އެއޮތީ ހަމަ ރަނގަޅުވާހަކައެއް،

  9
  41
 24. ޙަސަނާ

  ފުރަތަމަ ކަލޭގެ ދާއިރާމީހުން ގޮވައިގެން ބަދަލުވެބަލަ އެމީހުންގެ ކަންކަން ކޮއްދީބަލަ ....ނިންމާފަހުރި 7000 ފުލެޓުގެ ހައްގުވެރިންނައް އެފުލެޓުތައްދީބަލަ އޭރުން ކުއްޔައްވެސް ހައްލެއް ލިބުނީ ނޫން ރައީސްޔާމިނު އައް މާލެން ތާއީދު ގެއްލުނީ 7000 ފުލެޓު ނިންމާފަ ހައްގުވެރިންނައް ހަވާލުކުރަންއުޅުނީމަ މިހާރުވެސް ތިތިބީ އެކަމާބިރުން ލޯކަލް ކައުންސިލް އިންތިހާބުގަ މާލެ މެޖޯރެޓީ ގެއްލިދާނެތީ ބިރުން ..ޔާމިނު ވެސް އޮތީ ބުނެފަ ގާނޫނަކުން ސަރިކާރަކުން މީހުންގެ އިމާރާތް ތަކުގެ ކުލި ކުޑަކުރުން ރަގަޅު ނޫންކަމައް އެހެންވެ 7000 ފުލެޓުއެޅީ އޭރުން ޑިމާންޑުކުޑަވީމަ ކުލިވެސް ކުޑަވާނެ ރައްޔިތުން ފެލަންވެގެން ބިކަކުރަންވެގެން 7000 ފުލޭޓް ހިފަހައްޓައިގެން ތިތިބީ ކައުންސިލް އިންތިހާބުނިމިގެން ޕާޓީ ކުދިން ނައް އެކަނި ބަހާލަން ވިސްނައިގެން މަކަރު ވެރި ބޮޑު މަކަރު....

  46
 25. ނާޒިރާ

  ފައިސާވެރިވީމާ ދުނިޔެ އޮޅިފައި ހުރި މެންބަރެއް.

  49
  1
 26. މިއަދު.

  ދާއިރާގެ މެމްބަރުން މިތިބީ ބަޑަށް ކާނެ އެއްޗެއްނެތް ތިއިއްޒަތްތެރިން ތިތިއްބެވީ ރައިއްޔަތުންގެފައިސާއިން ބިރިޔާނީ ފަރިއްކުޅުއްވަން 5 އަހަރުފަހުން އަސް ބުނާނެ ރަޢިއްޔަތުން ކޭމަޔޭ ތިމަންނާމެންކާނީ ދެން އައިސްގެން ވޯޓެއްވިއއކާނީ 25000ރ އަށް މިވެރިން 5 އަހަރުވަންދެން ރާވާނެ އެއްޕްލޭނަކީ އެއްދައުރުން އަނެއްދައުރަށް ރަޢިއްޔަތުމީހާއަށް ވިއްކާނެ ދޮގުރޭވުން

  42
  1
 27. އަހުމަދު

  އަޅުގަޑުބުނަންއޮތްވާހަކަޔަކީ ތިއެންންމެބޭފުޅުން
  ރަށުގަބޮޑުގެއާއިއެއްޗެހިދޫކޮށްފަ މާލެތޮއްޖަށްސަން
  ޗާރާކަންމަތީއުޅެން އައިސްގެންދޮގުތަކެންހަދައިމީހުންފެލަނީ ހާދަަާތާހިރެއެރަގަޅުވާނީއަވަހައްރަށައްދިއައްޔާ
  ސަރުކާުންކުރަންވީކަމަކީ ކުލިނުދެއްކޭވަރުގެމީހުން
  އެމީހުންގެރަށައްދެވޭނެގޮތް ހަމަޖައްސަންވީ
  އެހެންމީހުންކައިރީކުލިކުޑަކުރަންގޮވާނެކަމެންނެތް

  17
  6
 28. ކާފަ

  ކުރިންވެސް އީސަ ތިހެން ބުނެގެން ބަޔަކަށް އައްސިފަށެއްއެރި.. ވަޒީފާއަދާކުރާތަން ބަންދުކުރީމަ ކިހިނެއް ފައިސާލިބޭނީ ކުލިދައްކަން.. ރަށަށް އޭރު ދިޔަ ބައެއްމީހުން ވަރަށް ހަމަޖެހިގެން ރަށުގަ އުޅެނީ..

  12
  20
 29. ޭހިސާބް

  ވަރުގަދަ ހިސާބެއް ޖަހަާ މީހެއްދޯ މީ

  29
  1
 30. ފަހީމްބެ

  އީސަ ތިކުރަން އުޅޭ ކަމަކީ ކުއްޔަށް ދިރިއުޅޭ ފަރާތް ތަކާއި އިމާރާތް ކުއްޔަށް ދީފާ ވާފަރާތް ތަކުގެ ދެމެދު އޮތް މަސްލަހަތު ނަގާލާ ޢާދަކާދައިގާ ވާ ގޮތަށް ބައިބައި ވުން އުފެއްދުން ކުއްޔަށް އުޅޭ މީހުން ގެ މަސްލަހަތު ހިމާޔަތް ކުަރަން ބޭނުން ނަމަ ތިހިރަ ފްލެޓް ތަށް ވެސް ހަވާލު ކުރެވުނީސް ކުއްޔަށް އުޅޭމީހުން ނަށް ސަބްސިޑީވެސް ދެވިދާނެ އިމާރާތް ތަށް ހަދާ ކުއްޔަށް ދީފައިވަނީ މާލޭ މީހުން އެކަނި ނޫން ކަން އީސަ އަށް ރަގަޅަށް އެގޭނެ

  32
  1
 31. އަހަރެން

  ކުލިނުދެއްކެންޏާރަށައްދޭ މީހުންލޯނުނަގައިބޮޑުއަގުގަހަދާތަންނުކަލޭމެންަހިލޭބެހެއްޓޭތަ ސަރުކާރުންކުލިކުޑަކުރަންގޮވާއި މާހިރުވާނެ
  އެމީހުންރަށައްފޮނުވައިދިނިެްޔާއޯކޭ

  7
  2
 32. Anonymous

  މިކަމުގަ ގޮތެއް ރޭވިގެން ކުރުން ވަރަށް މުހިއްމު، 14 ދުވަސް ބަލާފަ، ރައްކާތެރި ރައްތަކުގެ ކައުންސިލާ ގުޅިގެން ކަރަންޓީނު ވެވޭނެ ގޮތްތަކެއް ހަމަޖައްސާފަ، ދާން ބޭނުންވާ މީހުންގެ ރަޖިސްޓްރީއެއް ހަދާފަ ވަކި ތާވަލަކައް ޑިސްއިންފެކްޓް ކޮއްގެން އުޅަނދުތައް ތައްޔާރު ކޮށްފަ، މާސްކް އަޅައިގެން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން މީހުން ފޮނުވުން. މިކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުން ކުޑަވެ ދުޅަހެޔޮކަން ލިބިދާނެ.ާ އެކަމަކު 14 ދުވަސް ފަހުން މިކަން ކުރަންވާނީ ސޭފް ރައްތައް ބަލައިގެން.

  6
  1
 33. މުޙައްމަދު

  ޢީސާގެ ވާހަކަ ރަގަޅު ! އެޗް.ޕީ.އޭ ގެ ވާހަކަވެސް ރަގަޅު ! ވިސްނަންވީ މި ދަނޑިވަޅުގައި އަޅަން އޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ ކޮބާތޯ!
  އެފަހަރެއްގައި ކަންކުރާނީ އެފަހަރެއްގެ ޙާލަތަށް ބަލާފައި! ކާމިޔާބުވާނީ އޭރުން ! މިވަގުތަކީ އަޅުގަޑުމެން އެންމެން ކިޔަމަންވެ އެއްބާރުލުން ދޭންވި ވަގުތު ! ކެތްތެރިވެ އެއް މުސްލިމް އަނެއް މުސްލިމް އަޙާ އަށް އެހީ ވާންވި ވަގުތު! މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަޑުމެންނަށް ކުރިމަތި ކުރުވި ބޮޑު އިމްތިޙާނެއް! ވީމާ މީގެން ފާސް ވޭތޯ މަސައްކަތް ކުރަމާ!

  10
  5
 34. ގައުމީދޫ

  މާލޭގައި ކުއްޔަށް ދިރިއުޅޭ ގިނަމީހުން ރަށަށް ދިޔަޔަސް ވަންނާނެތަނެއް ނެތި މަގުމަތިވާނީ. ވަޒީފާއެއް ، ކުރާނެ މަސައްކަތެއްނެތި އާމްދަނީއެއް ނުލިބި އިތުރަށް ބިކަވާނީ! މަކުނެއްގެ ސިކުނޑިން ، ހަގީގަތަށް ރިއާޔަށް ނުކޮށް ކޮންމެ އެޗެކޭވެސް ކިއިދާނެ! ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ދަތިވަނީ މަޖްލީހަށް ނާގާބަލް މީހުން ހޮވުމުގެ ސަބަބުން ކަން ޔަގީން. ރައްޔިތުންގެ ދިރިއުޅުމަށް، މިބަލިމަޑުކަމުން ކުރާ އަސަރު ކުޑަކުރުމަށް ދިނިޔޭގެ ގައުމުތަކުގެ ޕާރަލަމެންޓްތަކުން އެކުރާ މަސަައްކަތާއި ރައްޔިތުންނަށް ހޯދައިދެމުން އެދާ ލުއިތައް ފެންނަމުންދާއިރު، އެފަދަ އެއްވެސް ކަމެއް ނުކޮށް ތިބެ މިގައުމުގެ މަޖްލިސް މެމްބަރުން ބޭކާރު އަނގަތަޅަން ލަދެއް ވެސް ނުގަނޭބާއޭ ހިތަށް އަރާ!

  9
  1
 35. ކޮސް

  އެއްވެސް ރަށެއްގެ އެއްވެސް ތަނެއްގައި ގެދޮރު ނެތި މާލޭގައި ކުއްޔައް އުޅޭ މީހުންނަކީ ވަރައްގިނަ އަދަދެއްހެ ބައެއްކަން ނޭގޭ މީހުން މިޒާތުގެވާހަކަ ދައްކާތީ ބުނަން އޮތް އެތި މާބޮޑު ވ ސަލާމް

  12
  1
 36. ކައުންސެލަރު

  މިކަލޭގެމީ ދުނިޔެއިން މޮޔަވެފަހުރި ބުރާންޗެއްތައަޅެ¿

  16
 37. ޜޮބަޓް

  އީސަ އެދައްކަނީ ރަނގަޅު ވާހަކައެއް. އަދި މީހަކު ބުނާ އެއްޗަކަށް ތެޅި ނުގަނެ އެމީހަކާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ ނުހަދާ އާއިލާ މީހުންނާއި މަޝްވަރާކޮށް ތިމާއަށް ފެންނަ އެއްމެ ރަނގަޅުގޮތަކަށް އަމަލުކުރުން ބުއްދިވެރީ. އީސަވެސް އަދި އެހެން މީހަކުވެސް އެކަމަކަށް މަޖުބޫރު ކުރާތަނެއް ނުފެނޭ. އީސަ އެހުށަހަޅަނީ އީސަ ދެކޭގޮތް.

  4
  5
 38. Anonymous

  އެއީ ރަނގަޅު ވާހަކައެއް. ކުލިދައްކައިގެން އުޅެވެން ނެތްނަމަ އަބަދު ދަރަނިވެރިވުމަށް ވުރެ އެކަންކުރުން މާ އައުލާކަން ބޮޑެވެ. ނަމަވެސް ލޮކުޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ދަތުރުކުރުމަކީ ކުރެވެން ނެތްކަމެއް ކަމަށް ވާތީ ގޭގެ ވެރިން އިޙްސާންތެރިކަން އިސްކުރުމަކީ

  9
  2
 39. ސަނޮ

  ކުލި ނުދެއްކުނީއޭކިޔާފަ މި ނުރައްކާތެރި ދަނޑިވަޅުގައި މަގުމަތި ކޮއްލުމަކީ ވ ދެރަކަމެއް. އިންސާނިޔަތުކަން އިސްކޮއްބަލަ ﷲ އަށްޓަކާ...

  10
 40. ރާއްހެ

  ދިވެހިން ދިވެހިންގެ ގޮތްމަތީ، ދެން އޮތީ ގޮތް ދޫނުކުރުމުގެ ނޫނީ މަނޫނީ ހެޔޮނުވިސްނޭ މީހަކު ނެތްކަމަށް ގަބޫލު ނުކުރުމުގެ ނަތީޖާއާ ކުރިމަތިލުން ދިވެހިންނަށް. މީ ދިވެހިންނަށް ބުނާ ބަދު ބަހެއްނޫނެވެ. ތައުބާވެ އަމަލުތައް އިސްލާހުކުރުން ހުރި.

  وَضَرَبَ ٱللَّهُ مَثَلٗا قَرۡيَةٗ كَانَتۡ ءَامِنَةٗ مُّطۡمَئِنَّةٗ يَأۡتِيهَا رِزۡقُهَا رَغَدٗا مِّن كُلِّ مَكَانٖ فَكَفَرَتۡ بِأَنۡعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلۡجُوعِ وَٱلۡخَوۡفِ بِمَا كَانُواْ يَصۡنَعُونَ

  އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ مثال ން، اللَّه مثال އެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް رزق އާދެތެވެ. ދެން اللَّه ގެ نعمة ތަކަށް އެ ރަށުގެ މީހުން كافر ވޫއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް اللَّه ދެއްކެވިއެވެ. "ޢައްނަޙުލް 112"

  10
  1
 41. ހޭކެނޑޭ

  ޙަޤީގަތުގައިވެސް މި ދަނޑިވަލުގައި މާލޭގައި ކުއްޔަށް ހިފައިގެން ތިބި ތަންތަނުގެ މީހުން ރަށައް ބަދަލު ވުމުން މާލޭއޭ ކިޔާ ބަޔަކަށް އެއްޗެއް ވިސްނޭނެ އޭރުން. ހިތައް އަރާހައި ބޮޑެތި ކުލިތައް މިވެރިން ކިޔާލަނީ. ހިޔަކަށް ނާރާ އަހަރުމެން ގުދު ބިންދައިގެން ހޯދާ ހުރިހާ ފައިސާ މިވެރިންނަށް ދޭއިރުގަވެސް ކުލިން ކުޑަ ތަންކޮލެއް އުނި ކޮއްލަންވެސް. ހުރިހާ މީހުންވެސް ރަށައް ބަދަލުވާންވީ.

  14
 42. ބާރީ

  ކުލިން ކައިގެން ބޮއެގެން އުޅޭ މީހުން މަރަން ތިގޮވަނީ....

  13
 43. ދިވެހިން

  ރާއްޖެތެރޭމީހުން ރަށަށް، ބަންގާލިން ސަރުކާރުގެ ހަރަދުގަ ހުޅުމާލެއަށް

  16
 44. ާާާޢަލީ

  ކަލޭ ދޭބަލަ ރަށަށް..ލަދުހަޔާތް ކުޑައީދޯ!؟؟ ރާއްޖެތެރެ ރާއްޖެތެރެ ކިޔަނީ...ވޯޓުހޯދަންވީމަ މުޒާހަރާ ކުރަންވީ މަ ރާއްޖެތެރޭ މީހާގެ ފައިބުޑަށް ވެއްޓި އެ މީހުންގެ ރަށަށް ގޮސް ނުކުޅަދާނަވާނެ..މީރާއްޖެތެރޭ މީހުން ގެނައިޙާލަތެއް ނޫނޭ މީ ކީ..މާތަﷲ އިންސާނުންނަށް ކަންތައްތައް މެދުވެރި ކުރައްވަނީ އި މްތިހާނު ކުރައްވަން...ކަލޭ މެނަށް މިންވަރަށް އީ މާން ވުންވެސް ނޭގެދޯ...ހާދަދެރައޭ...

  13
 45. ސަލީމް

  ޢީސައަކީ ގަމާރެއްތަ؟މުޅި މާލެ ބަންދުކޮށްފައި އޮތްކަން މިބީތާއަކަށް ނޭގޭތަ؟

  19
 46. .ހަލާކު

  .މިފަދަރަހުމު ކުޑަމީހުން އެކަލާންގެ ބައްލަވާ ވޮޑިގެންވާ ކަން ހަދާން ވޭބާ.

  18
 47. މައްލާ

  އެބުނަނި ހަގީގަތް އެކަމަކު ބަޔެއް ފަހަރު ހަގީގަތް ވެސް ވަކިބަޔަކު ބުނަން ޖެހޭގޮތެއް ހުރޭ. ޖަލިސްމެންމބަރުން ނަށްތިބުނެވެނީ ހަޑިކޮށް އޭގެބަދަލުގަ ތިމާމެން ތިމަގާމުތަކަށް ހޮވައިދިން މީހުން ތިހާލު ޖެހިދާނެ ކަން އެނގޭއިރު އެކަމާ ކުރިންވެސް މިހާރުވެސްކަމެ ކޮށްދެން ސަރުކާރު ތެރެއިން ކަމެއް ކުރަމުން ދާނަމަ އެބުނަނި ހަމަ ތިވާހަކަ އެެކަމަކު އެހެން ގޮތަކަށް.ސަރުކަރުން ލޯނުދޭއިރު ކުލިނުދެއްކޭމީންނަށްވެސް ސަރުކާރުގެ ގެރެންޓީއަކާ އެކު އެތަންތަނުގެ ތިބެވޭނެ ގޮތް ހެދޭތޯ އުޅެ ބަލަ.އާރުލާކަމެއްކުރެވޭތޯބަލާނަމަ. ހަގީގަތަށް ބަލާއިރު ގިނަބަޔަކު އުޅޭނީ ކުށްޔައް އެކަމަކު އެމީހާއަށް ކުލިދައްކާފަ ބާކީވެސް ވާ މީހުން އަނެއް ބަޔަކާ ދިމާލަށް ބަސް ތަށް ބުނަނީ.

 48. ވަގުތުފާއިތު

  ކުރިން އައިނަމަ. މިހާރު ބިރުގަނޭ ރަށަށްއަރުވަން

 49. ބަލާމީހާ

  ދައުލަރުގެ ވެރިޔާ އަރިހުގަ އެދެން މީނަގެ ބަސްމަގު ހުއްޓުވާ ދެއްވާށޭ!

 50. މުރާދުބޭ

  އީސަގެ ހިތަކަށް އެއްގޮތަކަށްވެސް ނާރާ އެންމެފަހަރަކު ބުނެފާނަމޭ ދިވެހިރައްޔިތުންގެ ދައުލަތުގެ ޚަޒާނާއިން ތިމާމީހާގެ ޤާބިލްކަމާއި އެކަށީގެން ނުވާމިންވަރަށް ފައިސާލިބޭނެ ގޮތް މިންވަރު ކުރެއްވީ ތިޔަނިކަމެތިވީ ރައްޔިތުން 5އަހަރުދުވަހަށް ތިމަޤާމަށް އިންތިޚާބުކޮށްގެންކަން. މިއަދުވެސް މިއިވެނީ ދައުލަތުގެ މާލީވަޒީރު ވިދާޅުވާއަޑު ޤައުމު ހިންގަން މަހެއްގެ މައްޗަށް 4.2 ބިލިއަނެއްހާ ރުފިޔާބޭނުންވާނެ ވާހަކަ. ނިކަންބުނެބަލަ ބިކަވެ ލޮކްޑައުންގައި ތިބި ވަޒީފާ ގެއްލިފައި ތިބިމީހުންގެ ހާލަތަށް ތިމާމީހާޔަށް ދިވެހިރައްޔިތުންގެ މާލިއްޔާއިންދޭ 120000 ރުފިޔާއިން މިކޮވިޑް 19ގައި ނިކަމެތިވާމީހުންނަށް ޓަކައި ތިމަންނާ 80000 ރުފިޔާ ދޫކޮށްލައިފީމޭ! ނޭއްގާނިކަމުން ރައްޔިތުންނަށް މަލާމާތް ކުރަން ސޯޝަލް މީޑިއާއަށް ނިކުމެ ބިޒީވެލައިގެން އުޅުމަށް ވުރެން މާރަގަޅުވާނެ. އީސާތިއީ ގަރަހިއްޗެއްނޫންނަމަ މިވަރު އިޙްސާސް ކުރެވެންޖެހޭ! ދައުލަތުން އެބޮގޮވާ ސިވިލްސާރވިސް މީހުން ނިކުމެ ވަޑައިގެން މިވަގުތު އާންމު ރައްޔިތުންނާއި އެކިރޮގުން އަޅާލުމަށް! މަނިކުފާނު މިވައިރަހާއެކު ނިކުމެވަޑައިގެން މާލޭގައި ބޮޑުކުލި ދީގެން ދިރިއުޅެ ރައްޖެތެރޭގެ ރައްޔިތުންނަށް ފުރައްސާރަ ކުރުން ނޫންކަމެއް ކުރާކަށް އެނގިވަޑައިނުގަތްކަމީ ހިތާމަކުރާ ކަމެއް. މަނިކުފާނުތިއީ ކޮންތާކުމީހެއްތޯ؟ މަނިކުފާނު ވިސްނަވާ! މާލޭގެ 80 އިންސައްތަ 10 ބުރި 8ބުރީ ޢިމާރާތްތަކުގެ 250،000 ރުފިޔާއާއި 200،000 ރުފިޔާއާއި ދެމެދު މަހަކަށް ބޭންކަށް ދައްކަންވާލޯނު ދައްކަނީ އެތަންތާގައި ކުއްޔަށް ތިބޭ ރާއްޖެތެރޭމީހުން ދޭކުލިން. ހިތާމަޔަކީ މަނިކުފާނު ބީތާވެ ހުންނަވައިގެން ބޭންކުތަކުން 6 މަސްދުވަހަށް ލޯނު ދެއްކުން މަޑުޖައްސުވާލީ ކީއްވެކަންވެސް ނޭގުނުކަން. ވަރަށް ބޮޑަށް ޝުކުރިއްޔާ

 51. ހަސަން ތަކުރުފާނު

  އަޅޭ އީސާފުޅާ! ނިކަން ތިޔަ ވަރޗްއަލް ވަލުދޮރާށީން ނިންމާ ޤަރާރެއް ފާސްކޮށްބަލަ ސަރުކާރުން ބޮޑު ފްލައިޓުން މީހުން ރަށްރަށަށް ގެންދިއުމަށް އުޖޫރަޔަކާނުލާ! އެއިރަށް ރާއްޖެތެރޭ މީހުން ހިގައިދާނެ. ތިތާތިބެ ފޮލާކެއްކިޔަކަސް ނިމުނީ! އީސާޅަށް ނޭގޭތަ ޓޫރިޒަމް ބަންދުވެފައި އޮތީމާ މިޤައުމުގެ ސަރުކާރު މުއައްޒަފުންގެ މުސާރަ ތިރިވާންޖެހޭނީ 1980 ގައި އެސްޓީއޯކޮންޓްރޯލް ރޭޓުން ދޭ 175/15 ރ. މަހު މުސާރަ. އެއިރު ހުރީ 18 ރިސޯޓް. ޓެކްސް ނެގީ ބޮލަކަށް ރެއަކު 3 ޑޮލަރު. އެއަޕޯރޓް ޓެކްސް ނެގީ 7 ޑޮލަރު. ޑޮލަރުގެ އަގަކީ 7.50ރ. މިއީ އަދި 34 ރިސޯޓްވެސް އެއްކޮށް އޮތީ. ފަރުތައް ފެންފުށި މާމިގިލީމީހުން ލައްވާ ތަޅާލައިގެން ހަދަމުން ދިޔަ 19 ރިސޯޓެއް. މިހާރުވާ އެބައޮތް ތިޔަކަރަންޓީން ފެސިލިޓީގަތް އޮތް ވިލިވަރުވެސް ލައިގެން 118 ރިސޯޓް އޮޕަރޭޝަނުގަ އަދި ހަދަމުންދާކަމަށް ބުނާ 20 ކަށްހަ ރަށަކާއެކު. އެކަމަކު ގެސްޓަކު އަރާފާނެ ދުވަހެއް އަންދާސާ ކުރާކަށްވެސް ނޭނގޭ! ދެން ތިޔަ މުސާރަހޯދޭނެތަ ހޭކުޑަވެ އީސާ ތިއުޅެނީ. ވަރަށް ސަލާމް

 52. ރަށްވެހިމީހަ

  ރަށަށް ދާށޭ ޢީސަގޮވާއިރު ޢީސައަށް އެނގެއިތަ ތަޢުލީމާ، ސިއްހީ ޚިދުމަތާ، ގެދޮރާ މުދަލާ ތަކެތި ހަމައެކަނި ސަރުކާރުން ރައްޔިތުންގެ ފައިސާގައި ތަރައްޤީކޮށްފައިވަނީ މި މާލޭގައި ޚޮދު ޢީސަވެސް ނިސްބަތްކޮށް މިބުނަނީ ތިޔަވަރަށް ރަށްރަށުމީހުން ދެރަކުރާކަށް ނުވާނެ

 53. ރަންބުއްދި

  މިރާއްޖޭގަ ފްރޮންޓްލައިންގަމަސައްކަތްކުރާ ނަރުހަކަށް އިތުރުގަޑި ލައިގެން ގެއަށް ގެންދަންލިބެނީ އެވްރެޖް 15،000 ހާސްވަރު.އެނަރުހަށް ލިބިފަހުރި ފްލެޓްގެ މަހުއިންސްޓޯލްމަންޓަށް 11،000.އެކަނިވެރިމައެއްނަމަ ކަރަންޓާ ފެނުބިލަށް ކަނޑާފަ ކައިބޮއިހަދަން ލިބެނީ -/3000 .ކޮބާތޯ ދަރިންގެ ޓިއުޝަން،އެހެނިހެން ހަރަދު.މިޢީ ނަރުހުންގެ އެކަނިވާހަކައެއްނޫން.މިގައުމުގަ ސިވިލްސާވީސް އަދާކުރާ %70 މީހުންގެ ވާހަކަ.ދިރިއޫލޫމުގެ ހަރަދުތައް ހަމަޖައްސަން ދަރިންކޮޅުގޮވައިގެން އެއްކޮޓަރީގަ ތޮއްޖެހިގެން ރައްޔިތުން އުޅެނީ އަނގަޔާއަތާދިމާނުވާތީވެ.މާލޭގަދިރިއޫލޭ އާއިލާތައް އިތުރު އާމްދަނީހޯދަން ދަނޑުބިމެއް،ފަޅެއް،މަހެއް ނެތް.އަދިވެސް މާލޭމީހުން ނަށް އިތުރަށް ތުރާކުރަން ނޫއުޅެ ތިޔަމެމްބަރުން މަހަކު -/25000 ނެގިއަސް ދަތިހާލުގަ އުޅޭފަރާތްތަކަށް އެހީވާނެ ދަންޑެއްހެދޭނެ.ނުވަތަ ރާއޖޭގެހާލުގަ ޖެހިފަވާ ރއްޔިތުންގެ އެކައުންޓަށް މަހަކު -/7000 ޖަމާކޮށްދޭން ސަންސެޓްގާނުނެއްހަދަންގޮވާލަބަ.އީޔޫގަވެސް ސްޕާރިޗް ޓެކްސްނަގާ ބިލްއެކުލަވާލައިފި ހާލުގަ ޖެހޭމިހުންނަށް ހަރަދުކުރާނެ ފައިސާހޯދަން

 54. Anonymous

  މިހިރަ އީސައޭ ކިޔާ ޖާހިލާ. ރަށުގަ ގުއި ކައިގެން ވައްކަންކޮށްގެން މާލެއަށް އައިސް ފޭރިގެން އުޅެބޮޑުވުމުން ޕާޓީ ހަރުގެއިން ކައިގެން ނިދައިގެން އުޅެފަ ޕާޓީ ގުންޑާއިންނަށް ބާރުލިބުނީމަ ކަނޑިކަ ބުރިއަށް ހަނދާންނެތި ތިޔަ ފެލެނީ މާދަމާވެސް ﷲ އިރާދަފުޅުން ތިޔަ ބާރުވެރިކަން ވެއްޓޭއިރަށް ތި ގައްދާ ވެސް ޖެހޭނީ ރަށަށްދާން.

 55. އައްޑޫ ލެއި

  ބަލަ ގަމާރު ވިޔަސް ތަންކޮޅެއް ބޮޑުވަރު. މި ބުރާތިތަކަށް ނޭގޭ އީސަ އޭކިޔާފަ ހެއްދެވި ނެހެއްދެވި އަށް ގޮވާއިރު މިމީހުންނައް ރަނގަޅައް ކަން އީސަ ވާހަކަ ދަށްކަނީ. އީސަ އެވަރު ކުރާކަންވެސް ރަނގަޅެއް ނޫން. ދެންތިބިމީހުން އެތިބީ ކަހާތަން ހިރުވާވެސް ނުލާާ. ކަލޭމެންގެ ތެރެއިން ބަޔަކު މީހުން ރަށަށް ދާން ބޭނުން ނުވިޔަސް އަހަރުމެން ރިސޯޓްތަކުން އައިސް ނުކައި ނުބޮއި މަގުމަތި ވެފަ ތިބި މީހުން ބޭނުން ވީހާވެސް އަވަހަކަށް ރަށަށް ދެވޭނެ ގޮތެއް

 56. ޝީޒާ

  އީސަ ނޫނީ ކަލޭމެން ރަށްފުށު މީހުންނާއިދޭތެރޭ ވިސްނާ މީހަކު އެބައުޅޭތަ

 57. ރަދީފް ހުސެން

  ވަގުން ޖީބު ފުރިޔަސް އަހަރުމެން ދެންވެސް އުޅޭނީ ހަލާލު ލާރިގަ. ނުވީމަ ރަށަ އްވެސް ދާނަން. ވޯޓު ހޯދަން ރަށަ އް އަންނާތި. އެދުވަހެ އްގެ އިންތިޒާރުގަ މަ އެބަހުރިން.

 58. ބޭޗާރާ

  ކުއްޔަށް ތިބީ މީހުން ނުކުމެ މި ނުލަފާ ކަލޭގެ މިރަށުން ބާލާކަށް ނުވޭތަ! މާލޭގެ ގެދޮރުވެރިންވެސް ގޮތެއް ފޮތެއް ނެތް މި ނުބައި ކަލޭގެ މިރަށުން ބާލަން ނުކުންނަން ވެއްޖެ.

  2
  1
 59. އާދަނު1

  އީސަ މާލޭގައި ތަނެއް ކުއްޔަށް ދީގެން އުޅޭނީބާ އަނެއްކާ؟ މިނޫން ވާހަކަ ވެސް އެބަހުރި ދައްކަން އެކަމު މިވާހަކަ އަބަދު ދައްކާތީ

  3
  1
 60. ާއެޖެންޑާ19

  މައިތިރިވާންވީނުން.ތިމާޔަށް ލިބޭ ލާރިގަނޑު ޖީބަށްލައިގެން އުޅެބަލަ. ރަށްފުށު މީހުން ނުކުމެ ކަލޭ ރަށަށް ފޮނުވާލަން ޖެހިދާނެ.މީ ވަރަށްވާހަކަ

 61. Anonymous

  ހާދަގޮތެއްނެތް މީހެކޭދޯ ތަންކޮޅެއް މައިތިރިވާންއުޅޭ

 62. އިންމަ

  ހާދަގޮތެއްނެތް މީހެކޭދޯ ތަންކޮޅެއް މައިތިރިވާންއުޅޭ

 63. ރަށުމީހާ

  މާލޭން ނާދެވިފަތިބި ރާއްޖެ ތެ ރޭ މީހުންނަށް ރަށަށް އާދެވޭނެ ގޮތެއް ސަ ރުކާ ރުން ހައްދަވާ ދެއްވުން އެދެން

 64. މިސާލަކަށް

  ހުރިހާ ބިދޭސީންނަށް ރެފިއުޖީންނަށްދޭފަދަ ރަނގަޅު ޓެންޓުތަކެއް ނުވަތަ ވަގުތީ ހިޔާތަކެއް އަދި، މަގުމަތިވާ ކުއްޔަށް އުޅޭ އާއިލާތަކަށް ހުޅުމާލޭގައި ވަގުތީ ހިޔާތަކެއް 30 ދުވަހުން ހެދުމަށް ގޮވާލަން. ސުނާމީގައިވެސް ސްކޫލުތަކާއި ވަގުތީ ހިޔާ ބޭނުންކުރި. ތަންތަނުގައި އަލިފާން ރޯވީމާވެސް. ނަމަވެސް މިކަން ހަމަޖައްސަވާނީ 6 މަސްދުވަހު ފްރީކޮށް، 10 މަސްވަންދެން ކުޑަ ފީއެއް ނަގާގޮތަށް. އަދި އޭގެފަހުން ދާއިމީ ތަންތަނަށް ބަދަލުވާންޖެހޭގޮތަށް. މިވެސް ޚިޔާލެއް. ވަގުތީ ހިޔާ ހެދުމަށް ވޮލަންޓިއަރުންނާއި ސިފައިން ލިބޭނެހެން ހީވޭ.