ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ އެކި ކަރަންޓީން ފެސިލީޓަކުގައި ތިބި ބައެއް މީހުން މިއަދު ރޯދަ ވީއްލަން ދިނީ ބަތާއި މުގުރިހަ ކަމަށް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުން ބުނެފިއެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް މީހުން "ވަގުތު" އާއި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕާރުސަލެއްގައި ބަތާއި މުގުރިހަ އަދި ބައެއް ފެސިލިޓީތަކުގައި ކުކުޅުމަސް ކޮޅެއް ރޯދަ ވީއްލުމަށް ދީފައި ވެއެވެ. އޭގެ އިތުރުން ދެން ދިނީ ޖޫސް އަޅާފައިވާ ކޮތަޅެކެވެ.

ވިލިވަރުގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ރޭ އެރަށުގައި ހާރުކާން ވެސް ގެނައީ މުގުރިހަ އާއި ބަތް ކަމަށާއި އަދި މިއަދު ރޯދަ ވީއްލަން ވެސް ގެނައީ މުގުރިހަ އާއި ބަތް ކަމަށެވެ.

"އަޅުގަނޑުމެން ނުބުނަން ބޭނުން އެއްޗެއް ކާން ދޭން ޖެހޭނެއެކޭ. ނަމަވެސް އާއްމުކޮށް ދިވެހިންނަކީ ރޯދަ ވީއްލާ ވަގުތު ބަތާއި މުގުރިހަ ކައިގެން އުޅޭ ބައެއް ނޫން. އެހެންކަމުން ކޮންމެވެސް ވަރަކަށް ދިވެހިން އާއްމު ދިރިއުޅުމުގައި ކައި އުޅޭ އެއްޗެހި ދިނުން އެއީ އަޅުގަނޑުމެންގެ އެދުމަކީ." އޭނާ ބުންޏެވެ.

އިރުފުށި ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ވެސް ބުނީ ހާރުކާންށާއި ރޯދަ ވީއްލަން ގެނައީ މުގުރިހަ އާއި ބަތް ކަމަށެވެ. "މައުލޫމާތު ލިބިފައިވާ ގޮތުގައި މިރަށުގައި ގިނައިން ތިބީ ބަންގްލަދޭޝް މީހުން ކަރަންޓީން ކޮށްފައި. އެހެންވެ ބަންގްލަދޭޝް މީހުންގެ ކެއުން މިގެންނަނީ ދިވެހިންނަށް ވެސް." އޭނާ ބުންޏެވެ.

އިރުފުށީގައި ތަރާވީހަށް ސޭންޑްވިޗަކާއި، ހެދިކާއެއްގެ އިތުރުން މާރީ ބިސްކޯދު ދީފައި ވެއެވެ. ނަމަވެސް ޖޫސް ފަދަ ބޯން ބޭނުން ކުރާނެ އެއްޗެއް ދީފައެއް ނުވެއެވެ.

ކަނޑިންމަ ރިސޯޓްގައި ތިބި މީހުން ރޯދަ ވީއްލަން ދިނީ ވެސް ބަތް ކަމަށް މައުލޫމަތު ލިބެއެވެ. ނަމަވެސް ރޯޔަލް އާއި މަޑިވަރުގެ ރޯދަ ވީއްލުން ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

74 ކޮމެންޓް

  1. އެލެކްސް

    ތީ ހަމަ ރަގަޅު ދިވެހީންގެ ކާނާ.. ދެން ކޮބައިތޯ މައްސަލަޔަކީ؟ އަޅުގަނޑުމެންގޭގަވެސް މުގު ރިހަ ހަދާ..

    ދެން ކަންބޮޑުކުރަން ނަހައްދަވާ، މިހާރު ދައުލަތުގައި ހުރި އެސެޓްވެސް މިހިރީ ހިލޭދިފައެއް ނު

    ތިބެނީ ހިލޭ، ކަނީ ހިލޭ.. ބޭސް ހިލޭ.. ކޮންމެވެސް ވަރަކަށް ބަލަންވާނެ ދޯ އަހަރުމެން ނަށްވެސް ކުރެވޭނީ ވަކި ވަރަކަށް..

    މީ އީ މިއަދުގެ ހާލަތު ކެއްކޮށްލާ

    148
    16
  2. މީހާ

    އެއްޗެއް ނުދީ ބެހެއްޓިނަމަ ކީކޭބާ ކީއާނީ

    101
    5
  3. ޙެޔޮ

    ދަރިންނޭ ދެން އިހަށް ކެތްތެރިވެބަލަ ، މިވަގުތު ޤައުމުގައި މިހާ ހަލުވިކަމާއިއެކު ބަލި ފެތުރެމުންދާތީ ކަމާއިބެހޭ ފަރާތްތައްވެސް އެތިބީ ހަމަ ބިޒީވެފައި ، ކެއްތެރިވާން ދަސްކުރަންވާނެ، ސަރުކާރުން ރައްޔިތުންނަށް ކިހާ އާދޭހެއްކުރި ، މަގުމައްޗަށް ނުނިކުއްނާށެކިޔާ ، ކިހާބަޔަކަށް އަޑުއިވުނީ ، ހުރިހާ ކޮޅަކުންވެސް ސަރުކާރަށްދޯ ބުރަ އުފުލަންޖެހުނީ ، ވިސްނާބަލަ

    122
    5
  4. އިބްރާހީމް

    ކޮންމެ އެއްޗެއް ލިބުނަސް ޝުކުރު ކުރަން ވާނެ

    134
    • މީރާ

      ގޭގައި ބުނާ ބަސް އަހައިގެން ތިބިނަމަ ނުވީސްދޯ ތިހެނެއް. ތީގަ ނެތް ގޯހެއް. ކޮރޯނާވެސް ހައިރާންވޭ ދިވެހީން ކައިރިއަށް އާދެވުނީމަ!

      30
      1
  5. އަލިފު

    ކިހާ ދެ ރަކަމެއް ކަ ރާކޮޅެއް ހާވަ ރުވެސް ނެތް

    15
    87
  6. އަބޫ

    ލިބޭ މަންވަރަށް ޝުކުރުކޮށްބަލަ.. ރޯދަ ވީއްލަން ތިވަރުވެސް ނުލިބޭ މީހުން މިރާއްޖޭގަ މިއަދު އެބަތިބި...

    138
    2
  7. މޮޔަސޮރު

    އެއީ ކާންނުވާވަރުގެ އެއްޗަކަށްވެގެންދޯ ނޫސްތަކަށް އެރުވީ ލިބުނުއެއްޗަކަށް ޝުކުރު ނުކުރާބައެއް މީ

    103
    4
  8. ޢަހަދު

    ހާދަ ދެރައޭ

    7
    72
  9. ދިޔާނާ

    މާތްﷲ އަށް ޓަކައި ހެޔޮނުވާނެ...ކާއެއްޗެއް ލިބޭ ކަމަށްޓަކައި ވެސް ޝުކުރުކޮށްބަލަ،އަޅެ މި ފަހުން ކާއެއްޗެއް ނުލިބި ހުރެ ޕާކިސްތާނުން މީހަކު މަރުވެފައިވެސްވޭ...އަހަރުމެންނަށް ވާ ބަރާބަރަށް ކާން އެބަލިބޭ..ކިތަން މީހުން އާއިލާއާއި ދުރުގަ އަނބި ދަރިންނާއި ދުރުގަ ބިކަވެފަ ލޮކްޑައުންގަ ތިތިބީ..ވަގުތު މީހުންވެސް ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެކަންނޭންގެ . މި ފަދަ ދަނޑި ވަޅުގަވެސް ތަންކޮލެއް ޒިންމާދާރު ވާން ވެއްޖެ ކަންނޭންގެ

    112
    2
  10. ޙަނާ

    ޢެމްއެންޑީއެފް ކުދިން އަދި އުޅެނީ މާ ހާލުގަ

    96
    4
  11. މުގު

    ޙާލަތަށް ޝުކުރުކޮށްގެން ތިބެން ދަސްކޮށްބަލަ

    86
    1
  12. ފަގީރު މީހާ

    ﷲއަށް ބިިރުވެތިވެ ޝުކުރުކޮށްބަލަ

    81
    1
  13. ހަމީލަމީ

    Hamdhu kobbala . Kaan nulibi kithah meehun eba ulhey mi thaa

    70
  14. ކުނބު

    ދެން ކަލޯ ސުކުރުކޮށްލާ އެޔޮށްބޮޑު އިންޑިއާ ލޮކްޑައުންގަ ހާލުގަޖެހިގެން ކާނެ އެކައްޗެއްވެސް ނެތި އެތައް ބަޔަކު

    65
  15. ބާރީ

    ތީގެ ޖަވާބަކީ ...ބިސްމި ކިޔާފަ ކާން ފެށުން ... ނިމިގެން އަލްހަމްދު ކިޔާ ޝުކު ރު ކުރުން....ނޮޓް ވަޓް ޔޫ އީޓް...

    101
  16. ޔًމٍނު

    ޝުކުރު ކޮއްބަލަ. ޝުކުރު.

    63
  17. ޛ

    ރޭޓަށް ފައްތާލީ ކަމަށް ވާނި
    750ރ ބޮލަކަށް ފުލްބޯޑު

    16
    56
  18. ސަމި

    ސާބަސް ހަމަ ބަލަ ކޮބާ ތަ މައްސަލަ އަކީ.
    ތިވަރު ނުލިބޭ މީހުން މިހާރު ދިވެހިންގެ ތެރޭވެސް އެބި. ބޮޑާ ވިޔަސް ތީ ފުކެއް ބޮޑުވަރު

    69
    2
  19. އާދޭސް

    ޝުކުރު ކޮއްބަލަ މިއަދުގެ ހާލަތު ހިތައް އަރުވާލާފަ. ތިކަހަލަ އެއްޗެހި ޝެއަރ ނުކޮއް

    56
    2
  20. ނަބުރު

    ރަސޫލާ صلى الله عليه وسلم ރޯދަ ވީއްލެވީ ކަދުރުކޮޅަކުން. ތިވަރު ލިބުނު ކަމަށްވެސް ޝުކުރުކުރޭ!

    83
  21. ޙނ

    ދެއްވި ނިއުމަތަށް ޝުކުރު ކުރަމާ.

    59
  22. އަލިބެ

    ކޮބާތަ މައްސަލަ އަކީ. ސަރުކާރުން ހުރިހާ ކަމެއް ނުބެލޭނެ ދޯ. ކޮންމެސް ކަހަލަ އިޚްލާސްތެރި ކަމެއްވެސް އަދި ކެއްތެރި ކަމެއްވެސް ހުންނަން ޖެހޭނެ ކަންނޭގެ.

    59
    1
  23. ޛދ

    މިލިބުނު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްޗަަކައް ސުކު ރު ކޮލައިގެން ތިބެންވި ވަގުތު

    47
  24. ކާފަ

    ޓިވަރުވެސް ނުލިބޭ އެތައްބަޔަކު މިދުނިޔޭގައިބއެބައުޅޭ....

    51
  25. އފ

    މި ދުވަސްވަ ރު ބޭނުން ހުރިހާ ވައްތަ ރެއްގެ ކެއުން ނުލިބިދާނެ.ﷲ އަށް ސުކު ރު ކޮށްލައިގެން ކެތްތެ ރި ވެގެން ހުންނަން ދަސްކޮށްލުން މުހިއްމު

    45
  26. ޖާބިރު

    ރޯދަ ވީއްލަން ދޭންވީ ކަދުރާ ފެނާ.
    ކާން ދޭންވީ އާފަލާ އޮރެންޖާ.
    ދިފާއީ ނިޒާމު ވަރުގަދަވާ ކަހަލަ އެއްޗެހި.
    ކުރީގަ ކެއިހާ އެއްޗެއް މިހާރަކު ނުލިބޭނެ.
    ދެއިރު ހަމައަށް ކާންނުލިބި އުޅޭ އެތައް މިލިއަނުން މީހުން.

    41
    1
  27. Anonymous

    އޮތީ ކެއްތެރިވުން

    38
  28. ދާމޫ

    ޝުކުރު ކުރަން ދަސްކޮށްބަލަ ދެފައި ދަމައިގެން ނިދަން އޮއްވާ ތިވެސް ލިބޭކަން ރަނގަޅެއްނު!

    41
    1
  29. މަންމަ

    ދެން ކިހާ ދެރަ ކަމެއްދޯ.. ލިބޭ މިންވަރައް ސުކުރު ކޮށްްބަަލަ..

    38
  30. ކޮންމެހެން

    ކޮބާ މައްސަލައަކީ؟ އަހަރުމެން މިއަދު ކެއީ ބަތާއި ރިހާކުރު. މިތިބީ މާލޭގަ. ކޮންމެހެން މާ ފޮނިވާނެ ކަމެއްނެތް.

    45
  31. ކަލޯ ހިތް މޮޅޭ ދޯ

    ކަލޭމެނަކަށް ރަނގަޅެއް ނުވާނެ އެއް ގޮތެއް ވެސް. ހިތް މޮޅީ ވަކިވަރަކަށް ނޫން.

    36
    1
  32. އޭ.އޭ

    ޝުކުރު ކުރަން ވާނެއެވެ.

    28
  33. ކަމަނަ

    ޢެއްވެސް މީހަކު ކާ އެއްޗެއް ނުލިބި ތިބިތަ.

    31
  34. ކުޅުދުއްފުށީ މޭންއެއް

    ތަރާވިސް ގަޑީގައި ބޯލާނެ އެއްޗެއް ދޭން ޖެހޭނެ ، ރޭގަނޑު ދިޔާއެއްޗެހި ބޯން ނުލިބެންޏާ ދުވާލު ކަރު ހިއްކާނެ ، އެކަަމަކު މުގުރިހަޔާ ބަތާ ދިނުމުގެ މައްސަލައެއް ނޭނގެ ދެން ބަނގްލަދޭޝް މީހުންނަށް ވެސް ދޭންޖެހޭނީ ދިވެހިންނަށް ވެސް ދޭ އެއްޗެއް .

    26
    4
  35. Anonymous

    އޯގާތެރި ސަރުކާރު

    8
    33
  36. ދަރަނި ދަންތުރަ

    ކިތަށްމެހާ ވެސްދެރަ މީބަޔަކުއޮޅުވާލުމާ މަކަރުގެ ތެރެއިން ވެރިކަމަށް އައުމުގެ ހިތި ނަތީޖާ ނޫންބާ ؟

    10
    53
  37. މޯޑް

    މި ހާލަތުގައި ތިޔަ ވަރުގެ ހިދުމަތެއް ލިބިލެއްވި ކަމަށްޓަކައި ޝުކުރު ކުރުން ކީއްތޯ. އެންމެ ފުރިހަމަ ހިދުމަތް ނުވަތަ ފަސްތަރީގެ ހިދުމަތް މި ހާލަތުގައި ދެވޭ ވަރަށް ވުރެ އިގްތިސާދު ކުރުމަކީ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް. ރޯދަ ވީއްލަން ކާނެ އެއްޗެއް ނުލިބޭ ކިތައް މީހުން އުޅޭނެބާ؟ ވުމާއިއެކު ﷲ އަށް ޙަމްދުކޮށް ލިބޭ މިންވަރަށް ޝުކުރުކޮށް އަހަރެމެންގެ އީމާންތެރިކަން ވަރުގަދަ ކުރެވޭތޯ ބެލުން ކީއްތޯ.

    45
    2
  38. މަ

    ޝުކުރު ކުރޭ..

    30
    1
  39. އޯކޭ

    އޯކޭއެއް ނޫންތަ! މިހެންވީމައޭ މިބުނަނީ ކުށްވެރިންގެ ހައްގަކީ އެންމެ މަތިވެރި ހައްގޭ. ޖަލުގައި ހުންނާނީ ކަލިިޔާ ބިރިންޖިއާއި ރޫސިހާ ބަތާއި ތެލުލި ކުކުޅު. ދޮންކޭލާއި އޮރެންޖާއި އާފަލު.

    14
    1
  40. އަހުމަދު

    ރަސޫލާ ރޯދަ ވީއްލައި ކާންބޯން ގިނަފަހަރު ހުންނަނީ ހަމަ އެކަނި ކަދުރާ، ޖަމަލު ކިރު ތައްޓެއްކަން ކިޔައި އުޅުނިން، މިއޮތް ފަދަ ރޯދަމަހުގައި ދުނިޔޭގެ ބައެެއް މުސްލިމުން ކާނެ އެއްޗެއް ނެއްއިރު ވެސް ދިވެންގެ ލަދެއްގެ ކަންފުޅެއްވެސް ނުހުރޭތާ

    41
  41. Anonymous

    ޢެެއީމައްސަލައެއްނޫން

    24
  42. ޝ.ކ

    މީ ބިރިޔާނި ކާންވީ ވަގުތުތަ. ބަތްކޮޅެއް ނުލިބޭ މީހުންވެސް އެބަތިބި. ލިބޭ މިންވަރަށް ޝުކުރު ކޮށްލައިގެން ކައިލިއްޔާ ކަމެއް ވާނެބާ. ޢެހެން ޤައުމުތަކުގަ ފަޤީރުން ރޯދަ ވިއްލާތަން ފެނުމުން ދެލޮލުން ކަރުނަ އޮހޮރޭ. ހިތަށް ވަރަށް އަސަރުކުރޭ. ޢަމިއްލަ ކާއެތިކޮޅުވެސް ކާހިތްނުވޭ.
    ﷲ އަށް ޝުކުރު އަދާކޮށްލާފަ ކައިލައިގެން މިބަލިން ސަލާމަތް ވޭތޯ ދުއާކުރޭ.

    37
    1
  43. ޙަނާ

    ޢަހަރެމެންވެސް ރޯދަ ވީއްލީ ކަޅު ސަޔާއި ރޮށްޓާ ކިރުގަރުދިޔަކޮޅަކުން. ފަންޏެއް ވެސް ނަހަދަން. މިހާރު އެކިޔަނީ ޑެލިވަރީންނޭ ދެން ބޮޑަށް ބަލިފެތުރޭނީ. ކަރަންޓީނުގައި ތިއްބަސް ނެތަސް ދިވެހިން މި ހާލަތުގައި ހުރި އެއްޗެއް ކައިގެން ލިބޭ މިންވަރަށް ޝުކުރުކޮށް ކެތްތެރިވާންވީ.

    37
  44. ޢުއްކޮ

    އެއީ މައްސަލައެއްނޫން. ލިބޭ މިންވަރަށް ޝުކުރު ކުރަންވާނެ. ސަރުކާރުން ކަރަންޓީނު ފެސިލިޓީތަކަށްވެސް ވަރަށް ޚަރަދުކޮށްގެން މީހުން ބައިތިއްބާފަ ތިބީވެސް. އެހެންވީމަ އެކަމަށްވެސް ޝުކުރު ހައްޤު

    28
  45. ނިކަމެތި

    މަ މިއަދު ރޯދަ ވީއްލން ގެއިން ލިބުނީ ކަޅު ސައިތައްޓަކާ 4ކުރިމްކޭކަރު ބިސްކޯދު. ހާރުކާންވެސް ހުޜީ ހަމަ އެފަދަ.. ﷲޥަކީލުކުރަން މިއަދައް އެވަރު ލިބުނީތީވެސް.... މިހާލުގަވެސް އެއްބަޔަކު މި މާލޭގެ ދިރިއުޅޭކަން ބައެއް އިންސާނުންނަން ހަމަ ނޭނގެނީބާ! މިކަހަލަ ޙަބަރުކިޔާފަ ގިސްލެވޭ..

    37
  46. ފާތިމާ

    އެކި މީހުނަށް ރޯދަވިއްލަން ކަމުދާނީ އެކިކަހަލަ އެއްޗެހި. މިވަގުތަކީ ދެއިރު އެކައްޗެއް ކާންޖެހިގެން ނުވަތަ ބޭނުންނުވާ އެއްޗެއް ކާންޖެހިގެން ބޮޑާހާކަންވީ ވަގުތެއްނޫނެވެ.
    މިކަހަލަ ޚަބަރުތައް އިވުނީމަ ހަމަ ހިތަށްއަރަނީ ބައެއް ދިވެހިންނަކީ ހާދަހާ ޝުކުރުކުރަން ނުދަންނަ ބައެކޭ. ދުނިޔޭގަ ތިބިއްޔާ ބޭނުންވާ މީރު އެއްޗެހި ކާންލިބޭނެ އަދި އިރާދަކުރެއްވިއްޔާ.
    މިދަތި ދަނޑިވަޅުގައި ރޯދަވިއްލަން އެއްޗެއް ލިބޭކަމަށްޓަކައިވެސް ޝުކުރުވެރިވާން ދަންނަ ބަޔަކުކަމުގައި އަޅަމެން ލައްވަވާނދޭވެ.

    28
  47. އަހްމަދުﷲ ޖަމީލް

    ކޮބާ މައްސަލަ އަކީ. މަ ވެރިކަމުގަ ހުރި ނަމަ ދޭނީ ބަތާ ހަކުރާ

    23
    2
  48. ތިކުރީތު

    ދިވެހި ރާއްޖޭގަ މިވަގުތު ހުރި ފައިސާއިން ތިންމަސް މުސާރަ ދީ ކާޑު ވާވަރުވެސްނެތް ދެއްއެއްމެން ފިނިފެންމަލުގެ ދާނުގަ ގެއްގުޅެވޭތަ އެއްމެ މުއްސަދި ގައުމުތަކައް ވުރެއްވެސް މިގައުމުގަ ތިކަންރަގަޅު

    25
  49. އަންތަރީސް

    ކަ ރަންޓީނު ފެސިލިޓީ ބަދަލުކު ރޭ ކަ ރަންޓީނު ރެސްޓޯ ރަންޓްއަށް

    16
  50. ޢަޒުލް

    ގިނަ މީހުން ތިބޭތަނެއްގަ ހެދިކާ ފަދަ އެއްޗިހި ދިނުމަކީ ވަރަށް ދަތި ކަމެއް...ބައިވަރު މީހުނަށް ހެދިކާ ހަދަން ވަރަށް ވަގުތު ނަގާނެ..ބުރަ މަސައްކަތެއް..ބޭރު ބަޔަކު ކައްކަންޔާ ދިވެހި ހެދިކާ ބޭރު ގިނަމީހުނަށް ހަދާކަށް ނޭންގޭނެ..ރޮށިފިހަން ނޭންގުމަކީވެސް އެކަށީ ގެންވާ ކަމެއް...އެކަމުވެސް ކެވޭކަހަލަ ކޮންމެސް އެއްޗެއް ހަދާފަ ހުންނަން ވާނީ..ސޭންޑވިޗް، ހޮޓްޑޯގް ފަދަ ފަސޭހައިން ހެދޭ ކާއެއްޗިހި...ރޮށިވެސް...އާއްމުކޮށް ދިވެހިންނަކީ ރޯދަ ވީއްލާ ގަޑީ ބަތްކާބައެއް ނޫން.

    16
    5
  51. ދިވެހިން

    މުޒާހަރާކުރަންފަށާ.

    5
    14
  52. ޢީސަބޭ

    ކީއްތަވީ. ދަތިވަގުތު ކެއްކުރޭ.

    27
  53. ކާރުހާނާ

    ސަރުކާރުން ހާލުގަތިބޭ ރައްޔިތުން މިންކުރާފެންވަރު މިއެނގެނީ.

    5
    30
  54. ޜަންނަމާރި

    މިންވަ ރަށް ޝުކު ރު ކު ރޭ

    24
  55. ސެކު

    ތިކަހަލަ މިންވަރަށް އީމާންވާން ނޭނގޭ ބަޔަކަށް ތީތިކޮޅުވެސް ދޭނެކަމެއްނެތް. ތި ބަނޑަށްޖެހިފަ ތިބި ބަޔަކަށް ހަދިޔާ ކުރިޔަސް މާ ރަނގަޅުވާނެ

    28
    2
  56. ށުކުރު

    ﷲއަށް ބިިރުވެތިވެ ޝުކުރުކޮށްބަލަ

    15
  57. އަބްދުﷲ

    މިވަގުތުގެ ހާލަތުން ލިބުނު އެއްޗަކުން ފުއްދާލުން އެދެން. ސަރުކާރުން އަޅާ ހުރިހާ ފިޔަވަޅެއް ރަނގަޅެއް ނޫން. ނަމަވެސް މިވަގުތަށް އޮތީ ކެތްތެރިވުން.

    11
    1
  58. ނެތް

    ތިމާގެ މީހެއްގެ އާއިލާ ބޭފުޅަކަށް އެހެން ކާން ދޭން ގަބޫލު ވާނަންތޯ؟
    2 އަހަރުގެ ކުއްޖަކަށް މި ރިހަ އާއި އެއްޗެހި ކާން ތިބޭ ފުޅާ ދޭނަން ތޯ؟

    2
    16
  59. ނެތް

    ތިމާގެ މީހެއްގެ އާއިލާ ބޭފުޅަކަށް އެހެން ކާން ދޭން ގަބޫލު ވާނަންތޯ؟
    2 އަހަރުގެ ކުއްޖަކަށް މި ރިހަ އާއި އެއްޗެހި ކާން ތިބޭ ފުޅާ ދޭނަން ތޯ؟
    ސާބަސް މި ކޮމެންޓު ކުރާ މީހުންނަށް ?
    އެތާ އެބަތިބި އެކި އުމުރުގެ މީހުން އަދި ކުދިން.
    މިއަދު ތިބޭފުޅުން ގޭގަ ތިއްބަސް
    އަޅުގަނޑު ގެ ދުޢާ އަކީ ތީގެން އެވެސް ބެފުޅަކަށް އަދި އާއިލާ ބޭފުޅަކަ މިކަހަލަ
    ކަމެއް ތަހަމަލް ކުރަން ނުޖެހި އާއިލާ އެކު އުޅުން.

    3
    10
    • ލޮލް

      ކޯޗެ ނުކެވިގެން ތިއުޅެނީ؟؟؟
      ޢަހަރެންސެ ކުޑަ ދަރިންކޮޅުވެސް ބަތާ މުގުރިޙަ މީރުވެގެން ކާ .މިކިޔަނީ 4 ޢަހާރުގެ ކުދިން
      ތިކަހަލަ ހިތް މޯޅު މީހުން ދަރިންް ހަލާކު ކޮށްލަނީ

      1
      1
  60. ނަސީދު

    މައްސަލައަކީ މުގުރިހަ އެއްނޫން މައްސަލައަކީ އެވަރައް ދައުލަތުން ލާރިނަގާފައި ކަޓްވާލާތީވެ ބޮލަކައް ދުވާލަކު
    750 ރ ޜޭޓުން ނަގާއިރު ތަންފުކެއް ބޮނޑުވަރު ކަންނޭގެ

    8
    6
  61. ސާޔާ

    ސަރުކާރު ކިހާ ދަރަންޏެއް އެވަނީ ރައްޔިތުންނަށްޓަކައި. ބިދޭސީން ބަލަމުން، ކުލި ދައްކަމުން، ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތް ދެމުން، ބޯހިޔާވަހިކަން ދެމުން މީ އަދި އަހަރެމެންނަށް އެނގި ކޮށްދޭ ކަންތައްތައް އަދި ނޭނގި ކިތައްކަމެއް ކޮށްދޭނެ. ރައްޔިތުންނަށްޓަކައި ބޭރުގަ މަސައްކަތް ކޮށްދޭން ނުކުމެ އެތިބީ ފުރާނަ އަތްމައްޗަށް ނަގައިގެން. ދިވެހިންނަކީ ހަކުރާ ބަތާ ކަޅުސައި ބޮއިގެން އުޅުނު ބައެއް އެވަރު ދަނެގެން ތި ކައިގެން ހަމްދު ކޮށްބަލަ.

    12
  62. މާޔާ

    ހާދަ ހިތްމޮޅޭ ދޯ. ނުކަންޏާ ގެނޭ މަށަށް ތި ކައިގެން މަ މަރެއް ނުވާނެ އިރާދަކުރެއްވިއްޔާ. ކާން ލިބުނީތީ ޝުކުރުކޮށް ހަމްދުކޮށް މި ބަލިމަޑުކަމުން އަރައިގަނެވޭތޯ ދުޢާ ކުރަންވީ ވަޤުތު މީ

    11
  63. އއއއިބްރާހީމް

    ހާދަ ހިތް މޮޅޭދޯ.
    މިހާލަތުގަ ކާނެ އެއްޗެއް މިންވަރު ކޮށްދެއްވި ކަމައްތަކާވެސް ޝުކުރުވެރިވާކަށްވެސް ނޭނގޭ ބައެއްތަ ދިވެހިންނަކީ؟
    އަހަރެންވެސް މިހުރީ ހަމަ ކަރަންޓިން ފެސިލިޓީއެއްގަ.
    ހަމަ ހުރިހާ އިރަކުވެސ ލިބެނީ ބަތާ މުގުރިހަ.
    ކާނެ އެތިކޮޅެއް ލިބޭތީ ﷲއަށް ޝުކުރުވެރިވަން.
    މަށަކީވެސް ހަމަ ދިވެއްސެއް.
    އަހަރެނގެ އެއްވެސް ޝަކުވާއެއް ނެތް.
    ބަތްކޮޅެއް އެކަނި ދިނަސް ޝުކުރުވެރިވާނަން.

    7
    1
  64. މުހައްމަދު

    މަށަކީވެސް ދިވެއްސެއް ފެންވަރުގައި ކައިބޮއި އުޅުނު މީހެއް އަހަންނަކީވެސް ކަރަންޓީސް ފެސިލިޓީއެއްގައި މަސައްކަތް ކުރާ މީހެއް މަވެސް ރޯދަ ވިއްލީ ހަމަ ތީތިން ހާރުކެއީވެސް ބަތާ ރިހައާ އަހަރެން އެއްގޮތަކަށްވެސް ކާއެއްޗެއް ނޫން އެއީ މިއޮތީ ހާލަތު ބަދަލުވެަފައި އެހާލަތަށް އުޅެން ދަސް ކުރޭ މީޑިއާވެސް ހާލަތށް އުޅެން ދަސް ކުރަން ވީ

    6
    1
  65. ޙރ ަ

    ސުކުރު ކުރަން ދަސްވާނެބާ؟

    4
    1
  66. ނަައީމް

    އެޖެންޑާ19 އަށް ޕޮޒިޓިވް ވުމަކީ ކުއްވެރިވެގެން ހައްޔަރުކުރުންތޯ . ވީމާ ޕޮސިޓީމާ ވަކިއެއްޗެއްކާންލިބިފަ ޕޮޒިޓިވް ނުވާމީހުނަށް ބޭނުން އެއްޗެއް ތި ދެނީ ކޮން އުސޫލަކުން ކީއްކުރާނީ ހަމަ ތަފާތުބޮޑީ ރައްޔިތުންވޭ ވިސްނާކަށްނުވޭތަ މިވެރިން އެތަނުން ބޭލުމާމެދު...

    2
    5
  67. ޔާނު

    އެއް މިލިއަން ޑޮލަރު ވަގަށް ނެގި މީހާއަށް ވެސް ޖަލުން ދޭނެ ތިއަށްވުރެ މާ މޮޅު ކެއުން.
    ކަރަންޓީން ކުރީމަ ކުށްވެރީންނަށްވުރެ ދަށަށް ވެއްޓެނީތަ.

    1
    5
  68. ޕޮޓް

    އަލްހަމްދުލިއްﷲ

  69. Anonymous

    ތީކީ ހަބަރުގަ ޖަހައިގެން ހޭބަލިވާންވީ ވަރު ކަމެށް ނޫން. ރަން އިލޮށިން ކަދުރު ނުލިބުނަސް އެއްޗެއް ލިބުނު ކަމާ މެދަށް ޝުކުރު ކުރަންޖެހޭނެ! ކެއްތެރިކަން އިސްކުރޭ!

    6
    1
  70. އަލީ

    އަޅުގަނޑަކީ ކޮރަންޓީން ފެސިލިޓީއެއް މެނޭޖު ކުރުމުގައި އުޅޭ މީހެއް. ﷲ އަށްޓަކައި ހުވާކޮށްފައި މިބުނަނީ މީހުން އެބަ އަހާ ނެތްހޭ ޖަކޫޒީ ހުރި ރޫމަކަށް ބަދަލު ކޮށްދެވެން، މީހުން އެބަބުނޭ ފުރުޓަކަށް ކެވޭނީ ގްރޭޕް، ފަޅޯ، މެންޑެރިންގ އޮރެންޖް ކަހަލަ އެއްޗިއްސޭ. ހަމަ ދިވެހިން. އަންތަރީސްވެފައި މިތިބެނީ.

  71. އަހުނަފް

    އާންމު ގޮތެއްގައިވެސް ރޯދަވީއްލަން ހަދާ އެއްޗެއް މުގުރިހަ އަކީ. ދިވެހިން ކާއެއްޗެއް. އެވަރުވެސް ލިބޭ ކަމައް ސހުކުރުވެރިވުން މުހިއްމު. މިއީ އާދަޔާ ޙިލާފު ދހުވަސްކޮޅެއް. ރޯދަ މަހުގެ ބޭނުން ތިޔަ ގެއްލެނީ. މިއީ ކާން އެތިކޮޅެއް ނުލިބޭ މީހުން މަތިން ވިސްނާ ލިބޭ މިންވަރަށް ށުކުރުވެރިވާންވީ ވަގުތު. މުގުރިހަ ނުކާން ބަހަނާ ދައްކަން ވީ ވަގުތެއް ނޫން.

  72. ޙަަަަަައްގު ބަސް

    ސަރުކާަރުން ހުރިހާ ތާކަށް އެއްވަރަށް ހޭދަކުރާ އިރު މިހެންވުމަކީ ވ.ދެރަކަމެއް. ރޯދަވީއްލަން މުގުރިހަ އާއި ބަތާ ކައި އުޅޭ ބައެއްނޫން ދިވެހިންނަކީ.މިހާލަތުގަވެސް ސުފުރާ މަތި ކަށި ތުނޑެއް ޖައްސާ ނުލެވޭ ގޭގެ ގިނަވާނީ. ވައްތަރު ގިނަކަމުން. މީ ރިޒޯޓް ތަކުގެ ތަފާތު.ކުޑަމިނުން ޖޫސް ފޮދެއް ދޭންވާނެ ދޯ.އެމީހުންވެސް ނުބުނެޔެއްނު މާ ބޮޑުވަރު ކޮށްދޭށެކޭ އެއް.