ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ހިންގާ ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ހެރެތެރެ ކަރަންޓީނު ފެސިލިޓީން މިއަދު ފަސް މީހަކު ފިލާފައިވާ ކަމަށެވެ.

މި އެންމެންނަކީ ވެސް ދިވެހިން ފިރިހެނުން ކަމަށާއި، އެމީހުން ހެރެތެރެ ކަރަންޓީނު ފެސިލިޓީން ފިލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސުނުއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ފިލި ފަސް މީހުންގެ ތެރެއިން މިހާތަނަށް އެކަކު އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކަރަންޓީނުކޮށްފައި ތިބި ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ކޮން ސަބަބަކާއި ގުޅިގެން ކަރަންޓީނު ކޮށްފައި ތިބި ބައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ނަމަވެސް ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް އެ އަމުރާއި ޚިލާފުވި ބައެއް މީހުން ކުރިން ހައްޔަރުކޮށްފައި ވެއެވެ. މީގެ އިތުރުން ކަރަންޓީނު ފެސިލިޓީއަށް ދާން ދެކޮޅު ހަދާފައިވާ މީހުންވެސް މީގެ ކުރިން ހައްޔަރުކޮށްފައި ވެއެވެ.

ކަރަންޓީނު ފެސިލިޓީތަކަށް ގެންދާ މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ކޮވިޑް-19 ގެ ބަލި މީހުންނާއި ކޮންޓެކްޓު ވެފައިވާ މީހުން ހިމެނެއެވެ. މީގެ އިތުރުން މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރަން ބޭނުންވާ މީހުންވެސް ކަރަންޓީނުގެ މުއްދަތު ހަމަކުރަން ޖެހޭ އުސޫލެއް ވަނީ އެކުލަވާލާފައެވެ. ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދަނީ، މުޖުތަމަޢު ތެރެއަށް ފޮނުވާލުމުގެ ކުރީން ބަލީގެ އަސަރު އެބަޔަކަށް ކޮށްފައި ނެތްކަން ޔަޤީން ކުރުމުގެ ގޮތުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވިފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ޖުމްލަ 1790 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 555 މީހުން ތިބި ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 618 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މި ބަލިން އަދި ރަނގަޅުވީ 20 މީހެކެވެ. އަދި ބަލީގައި ރާއްޖެއިން އުމުރުން ދުވަސްވީ ދިވެހި އަންހެނަކާއި ބިދޭސީއަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަބްރޫކް ދަ މެޖިޝަން

    ތިޔަ މީހުން މިހާރުން މިހާރަށް ވީއެންމެ އަވަސް މުއްދަތެއްގައި ހޯދުމަށްފަހު އެކަށީގެންވާ ބޮޑު އަދަބެއްދޭން ގޮވާލަމެވެ. މަދުވެގެން 1 އަހަރު ޖަލަށް ލާންވެސް ރަނގަޅު ސަބަބަކީ މިނުރައްކާތެރި ވަބާއިން އެހެންމީހުންގެ ފުރާނައަށް ގެއްލުން ލިބިދާނެ ފަދަ އަމަލެއް ކޮށްފައިވާ ކަމުގެ ކުށުގެ.

    102
    2
    • ޙުއްތު

      1 އަހަރު މަދު ފިސާރި ބޮޑު އަދަބެއް ދޭން ފެނޭ

      28
      1
  2. މަރީ

    އިންޑިޔާ

    32
    3
  3. މޫސުން

    ޖަލަށް ހަމަ!

    53
    1
  4. އައްޑޫ ލެއި

    ތި ހުރިހާމީހުން ހޯދާ ހައްޔަރު ކުރުމަށް ކަމާބެހޭ ފަރާއްތަކަށް ގޮވާލަން.

    26
  5. އަބްދުއްލަޠީފު

    މި އެންމެންނަކީ ވެސް ދިވެހިން ފިރިހެނުން ކަމަށާއި، އެމީހުން ހެރެތެރެ ކަރަންޓީނު ފެސިލިޓީން ފިލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސުނުއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. ކެނެރީގޭ ބުއްޅަބެއާ ސޯބެ ނުވެގެން އުޅުނުކަންތައްވެނިމުނީ އެވެ. މިދެމީހުން އައްޑުއަށް މިބަލި އެތެރެނުކުރެވިގެން ހަމަ ތެޅިބާލަނީއެވެ. އައްޑޫ ރައްޔިތުން ނިކުމެ ކަރަންޓީނު ފެސިލިޓީ އެއްކަހަލަ ޖަލު ފުޑާލަންދެން މި ޖެއްސުން ކުރުންތައް ކުރިޔަށްދާނެކަން ގައިމެވެ. ނޫނީ ބުއްޅަބެއަކަށް ހަމަ ނިދި ނުލިބޭނެކަން ޔަގީނެވެ.

    22
    6
  6. އަމަލުކުރާގޮތެއް ބަލަން

    އެމީހުންނަށް އެކަނިތޯ ހައްގު ލިބެންވީ،
    މިހާރު ކަރަންޓީނު ފެސިލިޓީ ތަކުގައިތިބި މީހުންތިބީ މިކަމުގައި ސަރުކާރުން އަމަލުކުރާގޮތެއް ބަލަން. ފިލިމީހުންނާއި މެދުގައި މާބޮޑު ފިޔަވަޅެއް ނާޅައިފިނަމަ، ގިނަބަޔަކު ފިލުމަކީ އެކަށީގެންވާ ކަމެއް.

    28
  7. ބިލެއްލަ

    ތިމީހުން ދިގު މުއްދަތައް ޖަލަށް ނުލިއްޔާ އެތައް ބަޔަކު ތިހެން ހަދާނެ ކަންނޭނގެ.

    24
    1
  8. ?

    ހޯދުނީމަ އިންޝާﷲ އަވަހައް ކޮވިޑް ޓެސްޓް ހަދާފަ ހެޔޮ ނަސޭހަތް އަދި އިންޒާރުވެސްދީ ދެން ކަރަންޓީން ނޫނީ އައިސޮލޭޓ

    12
    8
  9. ޕޯރޯ

    ޑރ. ޢަފްޒަލްގެ ލެޕްޓޮޕު ވ. ކިއުޓް މަށަށް. ޙަމަ ބުނެލީ

    2
    3
  10. މައުލޫމާތު

    ފިލީ ސ. ހުޅުދޫ މީހަކާއި ސ. ހިތަދޫ މީހެއްގެ އިތުރުން ފުވައްމުލަކު ތިން މީހުން. ފިލި މީހުންގެ ވަނަވަރު ހުރި މީދޫ ކޮވިޑް-19 އަޕްޑޭޓްސް ވައިބާ ގުރޫޕުގައި.

  11. މުހުންމަދު

    ތިމީހުން ހޯދާފައި އުލުބައިންދަންވީ